ދުނިޔޭގައި ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔާ ލިއޯނެލް މެސީ

Loading

Facebook
Twitter
WhatsApp

ގަތަރުގައި ރޭ ނިމިގެން ދިޔަ ދުނިޔޭގެ ފުޓްބޯޅަ މުބާރާތަކީ އެހެން އެއްވެސް ކުޅުންތެރިއަކަށް ވުރެން ބޮޑަށް ލިއޯނެލް މެސީއަށް ޚާއްސަ މުބާރާތެކޭ ބުނެވޭނެވިދާނެއެވެ. ފުޓްބޯޅައިގައި އާރޖެންޓީނާގެ މެސީ ފާހަގަވެގެން ދަނީ އަދި މުޅިން އެހެން ލެވެލެއްގައެވެ. އާދެ! ދެވަނައެއް ނެތް އެންމެ މަތީ ފެންވަރުގައެވެ. 

ނަމަވެސް މިފަހަރު އާރޖެންޓީނާއިން ކުޅުނު ފުރަތަމަ މެޗްގައި ސަޢޫދީ އެރޭބިޔާއަތުން ބަލިވުން އެއީ  މެސީއަށް ބަލާގަނެވުނު ކަމަކަށް ނުވިއެވެ. އޭގެ ނަތީޖާއަކީ ދެން ކުޅެވުނު މެޗްތަށް ކާމިޔާބު ކޮށް އެންމެފަހުން މުބާރާތުގެ ތަށި ކާމިޔާބު ކުރުމެވެ. މަންޒިލް މަގްސޫދަށް ދާން ބޭނުންނަމަ ފަހަތަށް ބެލުމުގެ ބަދަލުގައި އަބަދުވެސް ކުރިމަގަށް ވިސްނުން އަމާޒުކުރުމުގެ މުހިންމުކަން ދަސްކޮށްދިން އިތުރު ފިލާވަޅެއްކަށް މަސީގެ މި ޙިތްވަރާއި ފަންވަރު ގަބޫލުކޮށް ބަލައިގަންނަން ޖެހެއެވެ.                                                          

ލިއޯނެލް މެސީ އަކީ ކާކު ހެއްޔެވެ؟ އޭނާގެ އާދަކާދައާއި ޝަވްގުވެރިކަން ހުންނަނީ ކޮން ކަންތަކަކަށް ހެއްޔެވެ؟ 

ލިއޯނެލް މެސީ އަކީ މިވަގުތު ދުނިޔޭގައިހުރި އެންމެ އަގުބޮޑު އެތުލެޓް ކަމުގައިބުނުމުން އޭނާގެ އިތުރު ތައާރުފަކަށް ބޭނުމެއްވެސް ނުވެއެވެ. އެހެންނަމަވެސް އެމަގާމުގައި އޭނާއަށް ލިބޭ އެއްޗަކާއި ޚަރަދުކުރާގޮތްވެސް އެނގިލުމަކީ ނެތްކަމެއް ނޫނެވެ. އޭނާއަކީ ވޯލްޑް ސްޓާރ ކަމާއިމެދު ދެބަސްވެވޭކަށް ނެތެވެ.                                                          

ލިއޯނެލް މެސީ އަކީ އާދަޔާޚިލާފަށް އަގުބޮޑު ކާރަށް ލޯބިކުރާމީހެކެވެ. އޭނާ ގެންގުޅޭ ކާރުތަކުގެ ތެރޭގައި 2 މިލިއަންޑޮލަރުގެ އަގުބޮޑު ޕެގާނީ ޒޮންޑާ ޓްރައިކަލަރ އަދި ފެރާރީ 430 އެފް މަރުކާގެ ކާރުވެސް ހިމެނެއެވެ. އަދި ދުނިޔޭގެ އެއްރަށުން އަނެއްރަށަށް ދަތުރުކުރުމަށްޓަކައި 15 މިލިއަންޑޮލަރުގެ ޕްރައިވެޓް ޖެޓެއްވެސް އޭނާގެ މިލްކުގައި ހިމެނެއެވެ. އޭގެ އިތުރުން އަގުބޮޑު ގެތަކާއި މުދާތައް ހޯދުމަކީ ގިނަ ފައިސާވެރީން ފަދައިން މެސީ ވެސް ކުރާހިތްވާ ކަމެކެވެ.                                                   

މުސާރައިގެގޮތުގައި އެކަނިވެސް ހަފްތާއަކު ހަތްލައްކަ އަށްވުރެން ގިނަ އެމެރިކާޑޮލަރު ލިބޭއިރު އެ ފައިސާ ޚަރަދުކުރާނެ ގޮތެއްވެސް އޮންނަން ޖެހޭނެތާއެވެ. މީޑިއާއިން ހާމަކުރާ ގޮތުގައި އޭނާގެ މުސާރައަކީ ދުވާލުގެ 24 ގަޑިއިރަށް އެއްލައްކަ ފަސްހާސްއެމެރިކާ ޑޮލަރެވެ. 

އެކިއެކި އިޝްތިހާރު ތަކާއި އެންޓަރޓެއިންމެންޓުގެ ދާއިރާއިންނާއި އަދި އެހެނިހެން ގޮތްގޮތުން ލިބޭ ޢާމްދަނީ މީގެތެރޭގައި ނުހިމެނެއެވެ.                  

ގިނަ ފައިސާވެރިންނެކޭ އެއްފަދައިން މެސީއަކީވެސް އޭނާގެ ތަނަވަސްކަމާއި އެއްވަރަށް ދީލަތި މީހެއް ކަމުގައި މީޑިއާއިން ފާހަގަކުރެއެވެ. ސީރިޔާގައި ޔަތީމްވެފައިވާ 1600 ކުޑަކުދިންނަށްޓަކައި ވަރަށްފަހުން ކްލާސްރޫމް ތަކެއް އަޅާދިނުމާއި އެފްރިކާގެ ގައުމުތަކުގައި ބަނޑުހައިކަން ކުރިމަތިވެފައިވާ މީހުންތައް ކާބޯތަކެތި ފޯރުކޮށްދެމުން ގެންދާކަން ޔުނިސެފުންވެސް މެސީގެ ދީލަތި އެނހީތައް ފާހަގަކޮށްފައިވެއެވެ. 

އަދި 2007 ވަނައަހަރު އޭނާ އުފެއްދި ލިއޯނެލް މެސީ ފައުންޑޭޝަނުން ޔުނިސެފް އާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދެމެން ގެންދާކަން ފާހަގަކުރެވެއެވެ. 

މިކަމުގައި މެސީގެ ވިސްނުން ހާމަކުރަމުން ބުނިކަމަށްވަނީ ކުޑަކުދިން އުފަލުންތިބޭ މަންޒަރު ފެނުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެކުދިންގެ ހިނިތުން ފެނުމުން އެކަން ދެމެހެއްޓުމަށްޓަކައި އާދަޔާޚިލާފް ފޯރިއެއްވެސް އިޙުސާސްކުރެވޭ ކަމަށެވެ. 

ރޭގައި ފްރާންސްއާއި އާޖެންޓީނާ ކުޅުނު ވަރުގަދަ މެޗްގެ އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމުގެ ހީރޯ އަކީ މެސީކަމާއިމެދު ދެބަސްވެވޭކަށް ނޯންނާނެއެވެ.                        


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް