އަހަރެމެން އެމެރިކާއަށް އިތުބާރެއް ނުކުރަން : ފަލަސްތީނު

Loading

October 15, 2022
profile
Facebook
Twitter
WhatsApp

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ރަޝިޔާގެ ރައީސް ޕޫޓިންއާއި ބައްދަލު ކުރައްވައިފިއެވެ. ބައްދަލު ކުރެއްވުމުގެ ބޭނުންފުޅަކަށްވީ ފަލަސްތީނާއި އިޒްރޭލްގެ މައްސަލައަށް ޙައްލެއްހޯދުމަށް ރަޝީޔާގެ ސަޕޯޓް ހޯއްދެވުމެވެ.

ބައްދަލުވުމުގައި ދެއްކެވި ވާހަކަ ފުޅުގައި ފަލަސްތީނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ހަމަނުޖެހުން އެމެރިކާ މެދުވެރިވެގެން ޙައްލު ކޮށްދޭނެ ކަމަށް މިހާރު އިތުބާރު ނުކުރައްވާކަމަށް ތަކުރާރު ކުރައްވައި ވިދާޅުވެއްޖެއެވެ.

އެހެންނަމަވެސް ރަޝިޔާއިން ކުޅެމުންގެންދާ ރޯލާ މެދު ވަރަށް ހިތްހަމަޖެހިވަޑައި ގަންނަވާކަމަށް ވިދާޅުވިއެވެ. ވިދާޅުވީ، ފަލަސްތީނުގެމައްސަލާގައި ރަޝިޔާއިން އަޅަމުންގެންދާ ފިޔަވަޅުތައް އަހަރެމެން ހިތްހަމަޖެހުމާއެކު ބަލައިގަންނަމެވެ. ބައިނަލް އަގްވާމީ ނިންމުންތައް އެއީ އިންސާފު ކަމުގައި ރަޝިޔާއިން ދުށުން އެއީ އަހަރެމެން އުފާކުރާ ކަމެކެވެ. އަދި އެއީ ރަޝިޔާ ގަބޫލުކުރާގޮތް ކަންވެސް އަހަރެމެންނަށް އެނގެއެވެ.                                                                

އައްބާސް ވިދާޅުވީ ފަލަސްތީނު-އިސްރާއީލުގެ މައްސަލަ ޙައްލުކުރަން ރަޝިޔާއާއި އެމެރިކާ އަދި ޔުނައިޓެޑް ނޭޝަންސް އާއި ޔޫރަޕިއަން ޔުނިއަން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ބައިނަލް އަގުވާމީގޮތުން މެދުވެރިއެއްގެ ބައިކުޅޭ ކޯޓަޓް އަށް ތާއީދުކުރައްވާ ކަމަށާއި އެހެންނަމަވެސް އެމެރިކާއިން އެކަނި އެއްވެސް ކަމެއް ކޮށް ދީފާނެކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ.                                               

އަހަރެމެންގެ މައްސަލަ އެމެރިކާއިން ޙައްލުކޮށް ދޭނެކަމަށް އަހަރެމެން އިތުބާރެއް މިހާރަކު ނުކުރަމެވެ. އެމެރިކާއިން އެކަން ކޮށްދީފާނެއެކޭ ހިތަށްވެސް ނާރައެވެ. އަދި އެއްވެސް ޙާލެއްގައި އަހަރެމެންގެ މައްސަލަ ޙައްލުކޮށްދޭން އެމެރިކާއިން އިސްނަގައިގެން އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށް ނުދޭނެކަންވެސް އެނގިއްޖެއެވެ. 

އައްބާސްގެ މި ޝުޢޫރުތައް ފާޅުކުރެއްވީ ކަޒަކިސްތާނުގައި އޭޝިއާގެ ގައުމުތަކުގެ މެދުގައި އިތުބާރު އުފެއްދުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމުން ތެރެއިންނެވެ. އެމެރިކާއަކީ އެމީހުން ބޭނުންވާ ކަންކަމަށް ބޭނުންވާގޮތަކަށް މަގުފަހި ކުރުމުގެ ބާރު ލިބިފައިއޮތް ގައުމެއްކަން އެނގެއެވެ. އެކަމަކު އެމެރިކާއިން އެކަނި އަހަރެމެންގެ މައްސަލައަށް ރަނގަޅު ޙައްލެއް ގެނެސްދީފާނ ެކަމަށް ދުވަހަކުވެސް ގަބޫލެއް ނުކުރާނަމެވެ. ކޯޓެޓް ގުޅިގެން އެކަން ކޮށްދެވިދާނެ ކަމަށް އެއްބަސްވެވެއެވެ.                         

އުމުރުފުޅުން 87 އަހަރުގެ ރައީސް މަހްމޫދު އައްބާސްގެ ހިތްޕުޅުގައި އެތައްޒަމާނެއް ވަންދެން އުފެދިފައިއޮތް ޝައްކުގެ އިޙުސާސްތައް ރައީސް ޕޫޓިންއަށް މި ބަންޑުން ކޮށްލެއްވީ ޔޫކްރެއިންގެ ހަނގުރާމައިގާ ރަޝިޔާ އެކަހެރިކޮށްލަން ރައީސް ބައިޑަން ވަރަށްބޮޑަށް މަސައްކަތް ކުރައްވަމުންގެންދަވާ ދަނޑިވަޅެއްގައިކަން ފާހަގަ ކުރެވެއެވެ. ފެންނަމުންދާ ޙަގީގަތަކީ ރަޝީޔާގެ ސިޔާސަތައް ގިނަ ޢަރަބި ގައުމުތަކުންވެސް ގަބޫލުކޮށް އެމެރިކާގެ ކޭމްޕުން ފޭވަމުންދާ ދިއުމެވެ.                                            

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް