ދިވެހި ރުފިޔާގެ އާ ނޫޓްތަކެއް ޗާޕް ކޮށްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ ޗާޕްކޮށްފައިވަނީ ރަންދިހަ ފަހެއް ފައިސާ ނޫޓު ސީރީޒްގައި ހިމެނޭ 50 ރުފިޔާގެ ނޫޓް ކަމަށެވެ. އަދި މި ނޫޓު ޗާޕްކުރަން ޖެހުނީ ސްޓޮކް މަދުވުމުގެ ސަބަބުން ކަމަށް ވެސް އެމްއެމްއޭއިން ހާމަކުރެއެވެ. ނަމަވެސް އެއީ ކިހާ ފައިސާ އެއްކަމަށް އެމްއެމްއޭ އިން ހާމައެއް ނުކުރެއެވެ.
އެމްއެމްއޭއިން ބުނީ އަލަށް، ޗާޕުކޮށްގެން ގެނައި ނޫޓުތައް ރާއްޖެގަނައި އިއްޔެ ކަމަށާ އެ ފައިސާތައް މިހާރު ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައިވާ ކަމަށެވެ.
”ރަންދިހަ ފަހެއް“ގެ ނަމުގައި އާ ނޫޓު ސީރީޒް ބޭނުންކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި ނޫޓްތައް ރަސްމީކޮށް ވިޔަފާރީގައި ބޭނުންކުރަން ފެށީ 2017، ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.
ރަންދިހަ ފަހެއް ނޫޓްތައް ފަރުމާކޮށްފައިވަނީ ކުރިން ރާއްޖޭގައި ބޭނުންކުރަމުންދިޔަ ފައިސާގެ ނޫޓްތަކާ ހިލާފަށް ޒަމާނާ ގުޅޭގޮތަށް ޕޮލިމަރގައި ޗާޕްކޮށްގެންނެވެ. މި ނޫޓްތަކަކީ ކުރިން ބޭނުންކުރަމުންދިޔަ ނޫޓްތަކަށްވުރެ ރައްކާތެރި ސާފްތާހިރު އަދި ގިނަ ދުވަހަށް ބޭނުންކުރެވޭ އަދި ގެންގުޅެން ފަސޭހަގޮތަށް ފަރުމާކޮށްފައިވާ ފައިސާގެ ނޫޓްތަކެކެވެ.
One Response
migothah chaapukuran ok viyyaa mashahves dhaulaiy hingidhaane. Rayyathun dharaa vikkuvaafai ma term nimuneemaa filaanee. Rayyathun ok viyyaa thigoiy ves ok