އެތެރޭގެ ދަތުރުތަކަށް "ނޯ"، ހުޅުލެ  ނުވަތަ ހުޅުމާލެ ނަމަ ހޭވައްލާ ތައްޔާރު!

Loading

Facebook
Twitter
WhatsApp

މާލެއަކީ ފުރި ބާރުވެފައިވާ ކާރޫބާރޫ ބޮޑު ސިޓީއެކެވެ. މި ސިޓީގެ  މަގުތައް އޮތީވެހިކަލްތަކުން ތޮއްޖެހިފައެވެ. ވެހިކަލް ކެރީން  ކެޕޭސިޓީއެއް ކަނޑަ ނޭޅި، އެކަށީގެންވާވަރަށް ވުރެ ގިނައިން  ވެހިކަލްތައް މިވަނީ މާލެއަށް ގިނަވެފައެވެ.

އުމުރުން ދޮށީ ވެހިކަލްތައް ނައްތާލެވޭނެ އުސޫލެއްވެސް ނެތެވެ. ބައެއް މަގުތަކުގައި ޕާކުކޮށްފައި ހުންނަތާ 15-20 އަހަރުވީ ވެހިކަލްތައްވެސް  އެބަހުއްޓެވެ. ބާދަނގަނޑަށްވާއިރުވެސް އެ ވެހިކަލްތައް އެތަނުން ނުނަގައެވެ.  ދަމަކުން ބަޑިއެއްޖަހާހެން ބައެއް ފަހަރު ފުލުހުން އެ ވެހިކަލްތައް ޓޯކުރެއެވެ. ނުގަވާޢިދުން ޕާކް ކޮށްފާ ނުންނަ ސައިކަލް ކާރުތަކުގައި ސްޓީކާޖަހާފޯރީގެ 5%ގައިވެސް އެގޮތަށް މަގުމަށްޗަށް އެއްލާލެވިފައި ހުންނަ އަޅާނުލާ ވެހިކަލްތަކަށް އެޓެންޑެއް ނުކުރެއެވެ. ބައެއް މަގުތަކުގެ ދެފަރާތުގައިވެސް ކާރުތައް ޕާކްކޮށްފާ އެތަކެއް މަހެއްވަންދެން ހުށްޓާ އެބަފެނެއެވެ. 

މާލެއަކީ އެކިއެކި ސަބަބުތަކާހުރެ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ  އެއްބައި އުޅޭ މައިސިޓީއެވެ. އެމްޓީސީސީން މި ފަހުން  ތައާރަފްކުރި މިނީ ބަހުގެހިދުމަތްފެށެންދެންވެސް މާލޭގެ އެތެރޭގެ މަގުތަކުގައި އާއްމު ދަތުރުފަތުރުގެ ނިޒާމެއް (ޕަބްލިކްޓްރާންސްޕޯޓެއް) ނެތެވެ. ފުރިހަމަ އާއްމު ދަތުރުފަތުރުގެ ނިޒާމެއް އޮތުމަކީތަރައްގީވެފައިވާ ގައުމުތައް  ތަރައްގީވި ސަބަބެއްވެސް މެއެވެ.

މިނީ ބަހުގެ ކުރިން މާލޭގެ އެތެރޭގެ ދަތުރުފަތުރުތައް  ކޮންޓްރޯލްކުރަނީ، ޓެކްސީޑްރައިވަރުންނެވެ. އެތައް  ސަތޭކަ ޓެކްސީ ޑްރައިވަރުންނެއް މާލޭގައި ޙަރަކާތްތެރިވާއިރު، އާއްމު ރައްޔިތު މީހާއަށް އެކަށީގެންވާ ރަނގަޅު ޚިދުމަތެއް ނުލިބެއެވެ.  ޓެކްސީއެއް ހޯދުމުގެ  އިތުބާރު ހިފޭ ނިޒާމެއް ނެތެވެ. ބައެއް އެޕްލިކޭޝަންތައްހުއްޓަސް އޭގެންވެސް އެއްވެސް ޔަގީންކަމެއް  ނޯވެއެވެ. އޮންނަނީ ޓެކްސީޑްރައިވަރުން ހިތަށް އެރުމެވެ.

ކުރީގެ ރައީސް އަބްދުއްލާ ޔާމީންގެ ދައުރުގައި، ގާދޫކޮލު ހިއްކައި  ފެނުން މައްޗަށްއުފުލައިލި ބޮޑު ބިޔަ ބުރިޖާއެކު އެއްގަމު މަގުން  މާލެއާއި ހުޅުމާލެ އަދި ހުޅުލެގުޅުންވެގެން ދިޔައީ ޓެކްސީ  ޑްރައިވަރުންނަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. މާލެއާއި  ހުޅުމާލެއާ ނުވަތަ ހުޅުލެއާ ދެމެދު ދަތުރު ކޮށްލައިގެން އެތެރޭގެދަތުރުތަކަށްވުރެ ޑަބަލް އަގު ލިބިއެވެ. 

އެހެންވެ، ޓެކްސީ ޑްރައިވަރުން މާލޭގެ އެތެރޭގެ ދަތުރުތައް  ނަގަން ބޭނުން ނުވެއެވެ. ޓެކްސީއެއް ހުއްޓުވިޔަސް  ފުރަތަމަ  އަހާނީ މާލެ އެތެރެއަށްތޯއެވެ. އެތެރެޔަށް  ނަމަޓެކްސީ ”ބިޒީ“  ކޮއްލައެވެ. އެއީ ޓެކްސީ ހުސްކޮށް  އޮތަސްވެހެވެ. ހުޅުމާލެ ނުވަތަހުޅުލެ ދަތުރެއް  ނަމަ  ޓެކްސީގައި އެހެން ޕަސިންޖަރުން ތިބި ނަމަވެސް  ދޭތެރެއަކަށްއެމީހަކު ކޮއްޕައިލާނެއެވެ. ”ނޯ“ ޖަހަން ޓެކްސީ ޑްރައިވަރުން  ބޭނުން ނުވެއެވެ. އަދި ދެމީބައިމީހުންގެ އަތުންވެސް އަގުނަގައެވެ.

މާލޭގެ އެތެރޭގެ ދަތުރަކަށް ޓެކްސީއެއް ހޯދުމަކީ،  އުނދަގޫ ކަމަކަށް ވާއިރު، މިކަމަށްހައްލެއް  ލިބޭނީ ޓެކްސީ ޑްރައިވަރުންވެސް ފަރުދީ ޒިންމާ  އަދާކޮށްގެންނެވެ. އަމިއްލައަންބޮޑި ބޮޑުކުރުމުގެ  ވިސްނުން ދޫކޮށް، އިޚުލާސްތެރިކަން އިސްކޮށްގެންނެވެ. 

ބައެއް ޓެކްސީ ޑްރައިވަރުންގެ ފަރާތަކުން މިފަދަ  ނޭދެވޭ އަމަލުތައް ފެންނައިރު،އިޙުލާސްތެރި ކަމާއެކު  ޓެކްސީ ކުރާ މީހުންވެސް އެބައުޅެއެވެ. އެފަދަ ފަރާތްތަކަކީ  ގިނަބައެއްގެ ލޯބިވެސް ލިބިފައިވާ ފަރާތްތަކެވެ. އާއްމު ރައްޔިތު  މީހާއަށް ފޯރުކޮށްދޭޚިދުމަތެއްނަމަ ފޯރުކޮށް ދޭންވާނީ  ހިތްހެޔޮކަމާއެކު، އެންމެންގެ މަސްލަޙަތަށްވިސްނުމަށް  ފަހުއެވެ. ޓެކްސީ ރެގިއުލޭޓްކުރެވޭނެ ބޮޑީއެއް އޮވެ ޓެކްސީ ސަރވިސްދޭ ތަންތަނާއި ވާހަކަދެކެވި މިކަމުގައި އަވަސް ހައްލެއް ހޯދުންވަނީ ބޮޑުތަނުން ލަސްވެފައެވެ.

Loading

2 Responses

  1. ތިޔަނޫސްތަކަކީސަރުކާރުންފަންޑުދީގެންހިންގާނޫސްތަށް ބޭނުންކޮންމެވާހަކައެއްވެސްިޔެވިދާނެ މިއަހަރު ވެސް ސަރުކާރުން އެމްޓީސީސީއަށް ޕަބުލިކު ޓުރާސްޕޯޓުހިންގަން ސަބުސިޓީގެގޮތުގައި138މިިޔަންރުފިޔާދީ ޓެކުސީގެޚިދުމަތް ކުރިއަރުވަން ސަރުކާރުންދުވަހަކުވެސްއެވެސްކަމެއްކޮންދިންތޯއެވެ ކުރިހާވެސްކަމަކީ ޓެކުސީތަކަށް އުދަގޫކުރުމާއިޖެސްސުންކުން

  2. ފަރުޒީ ޒިންމާ އަހަރެމެންގެ ތެރޭގައި ނެތިދިޔުމުގެ ނަތީޖާ މިފެންނަނީ. އެހެންތާވާނީވެސް ރައްޔަތުމީހާ އަނގަޔާ އަތާ ދިމަނުވަންޏާއި އެމީހަކު ކުރާ މަސައްކަތަކުން ލިބެންއޮތް މަންފާއެއް ނަގައިގެން އޭނާގެ އެންމެހާ ްއެދުމެއް ފުއްދާނެ ތާއެވެ. ބޮދުން ޙަލާލު ޙަރާމެއް ނުބަލާ ޓެކްސްތައް ބޮޑުކޮށްގެން ބޭނުންވަރަކަސް ޚަރަދުކުރާތަން ރައްޔަތުމީހާއަށްވެސް އެބަ ފެނެވިއްޔާއެވެ. އެހެނަސް އެއީ ރަނގަޅުގޮތެއްނޫނެވެ. މަ މަގުމަރީ ބޮއިގެން ދެމުނަކަށް ތިބާ އެގޮތަށް އުޅެގެން ނުވާނެއެވެ. އެހެނަސް ދެރައީ މަވެސް އެކަމެއް ހަނދާނެއް ނުހުރެއެވެ.

Leave a Reply to ޚާލިދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް