މިއަދުން ފެށިގެން ކޮންމެ ދުވަހަކު މަންޓާ އެއާގެ ދަތުރުތައް ހޯރަފުއްޓަށް

Loading

Facebook
Twitter
WhatsApp

މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް މަންޓާ އެއާގެ ޓާޗަރު ދަތުރުތައް ހއ ހޯރަފުށީ އެއާޕޯޓަށް އޮންނާނެ ކަމަށް އެ އެއާ ލައިނުން ބުނެފިއެވެ.

މަންޓާ އެއަރއިން ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް އެ އެއާލައިންގެ ޓާޗަރު ދަތުރުތައް ހޯރަފުށީ އެއަރޕޯޓަށް ކުރާނެކަމަށާ މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ އެންމެ ފަހުން އެ ކުންފުނިން ގެނައި ބީޗް ކްރާފްޓްގެ ބޯޓްތައް ކަމަށެވެ.

ހޯރަފުށި އެއާޕޯޓަށް ދަތުރު ފެށުމަށް އިއްޔެ ޓެސްޓް ފްލައިޓެއް އެ އެއާޕޯޓަށް ޖައްސާފައިވާއިރު ހޯރަފުށީ އެއަރޕޯޓާއި ރީޖަނަލް އެއަރޕޯޓްސްއިންވަނީ ޓެސްޓް ފްލައިޓަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހޯރަފުށްޓާ ދެމެދު މަންޓާ އިން ދަތުރުތައް ފަށާފައި މިވަނީ އެރަށާ މާދުރު ނޫން ހިސާބެއްގައި އޮންނަ ޖޭއޭ މަނަފަރު ރިސޯޓާ އަދި ހޯރަފުށި އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސްއާ އެކު ސޮއި ކުރެވުނު އެއްބަސްވުމެއްގެ ތެރެއިންނެވެ.

މަންޓާއިން ދެ ދަތުރު ކުރަން ނިންމާފައިވާއިރު މި ދަތުރުތަކުގެ ސަބަބުން އެ ސަރަހައްދައް ފތުރުވެރިން އަދި ދިވެހިންނަށް ދަތުރު ކުރުމަށް އިތުރު ލުއިތަކެއް ލިބޭނެ ކަމަށް މަންޓާއިން ބުނެއެވެ. މަންޓާއިން ބުނީ ޑިމާންޑަށް ބަލާފަ ފްލައިޓްތައް އިތުރުކުރުމުގެ ވިސްނުންވެސް ގެންގުޅޭ ކަމަށެވެ.

މަންޓާ އެއާ އިން ހޯރަފުއްޓަށް ދަތުރުތައް ފަށާފައިވާއިރު އެ އެއާލައިނުން މިހާރު ދަތުރުތައް ކުރަމުންދަނީ ބ. ދަރަވަންދޫއާއި، ދ. ކުޑަހުވަދޫގެ އިތުރުން އައްޑޫ ސިޓީގެ ގަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް