ރާއްޖެ މިނިވަންވިފަހުން ފުރަތަމަ ޕާސްޕޯޓް ލިބިވަޑައިގަތް ހުސެން މަނިކު އަވަހާރަވެއްޖެ

Loading

Facebook
Twitter
WhatsApp

ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން ފުރަތަމަ ދިވެހި ޕާސްޕޯޓް ހެއްދުމުގެ ޝަރަފް ލިބިވަޑައިގެންނެވި، ދިޔަމިގިލީގެ ކުރީގެ ބޮޑުކަތީބު، ވައިޖެހޭގެ ހުސައިން ހަސަން މަނިކު މިއަދު އަވަހާރަވެއްޖެ އެވެ.

ރާއްޖެ މިނިވަންވިތާ ހަތަރު މަސް ފަހުން، ފުރަތަމަ ޕާސްޕޯޓް ދޫކޮށްފައި ވަނީ 12 ޑިސެމްބަރު 1965 ގައެވެ.

ހުސައިން މަނިކު އަވަހާރަވީ ދިޔަމިގިލީ ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނު އަވަހާރަވިއިރު އުމުރުފުޅުން 84 އަހަރެވެ. ހުސައިން މަނިކު އުފަންވެވަޑައިގަތީ 3 މާޗު 1938 ގައެވެ.

ހުސައިން މަނިކު، ފުރަތަމަ ޕާސްޕޯޓް ހެއްދެވީ ލަންކާގެ ކޮލަމްބޯގެ ސޯސަންވިލާގައި މަސައްކަތް ކުރެއްވުމަށް އެ ގައުމަށް ވަޑައިގަތުމަށެވެ.
ހުސައިން މަނިކަށް ހެއްދި ޕާސްޕޯޓް ނަންބަރަކީ އޭ-0001 އެވެ. އެ ޕާސްޕޯޓްގައި ލަންކާއަށް ވަޑައިގަތީ، ”އަދަރަންފަރު“ ބޯޓުގަ އެވެ.

އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުން ރާއްޖެ މިނިވަންވުމުގެ ކުރިންވެސް ޕާސްޕޯޓް ހައްދަވާފައިވެ އެވެ. މިނިވަންވުމުގެ ކުރިން އެންމެ ފުރަތަމަ ޕާސްޕޯޓް ލިބިވަޑައިގެންނެވި ބޭފުޅަކީ ނ.ތ ހަސަން ދީދީ އެވެ. އެއީ 12 އޭޕްރީލް 1964 ވަނަ އަހަރުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް