ރާއްޖޭގައި ކުށްކުރުން ގިނަވެ، ގާނޫނު ތަންފީޒުކުރަން ދަތިވާ މައްސަލަ މަޖިލީހަށް

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ކުށްކުރުން ގިނަވެ ގާނޫނު ތަންފީޒު ނުކުރެވޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ އެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވާ ގޮތުގައި މީހުން މެރުމާއި މަސްތުވާތަކެއްޗާއި ވައްކަމާއި މާރާމާރީއާ ގުޅިގެން މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދެމުންދާ ކަމަށެވެ. އަދި ކުށްކުރާ މީހުން މުޖުތަމައުގެ ތެރޭގައި މިނވަންކަަމާއެކު އުޅެމުންދާ ކަމަށާއި ބައެއް ސިޓީތަކާއި ރަށްތައް ހަލާކުގެ ތެރެއަށް ވެއްޓެމުންދާ ކަމަށް ބުނެފައިވެއެވެ.

އެގޮތުން އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ މައްސަލައާއި އެކަމާގުޅިގެން ހިންގާ މާރާމާރީއާއި ވައްކަން އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުން ގޮތްހުސްވެފައިވާއިރުވެސް އެކަމަށް އެކަށޭނެ ހައްލެއް ހޯދައިދެވިފައިނުވާ ކަމަށް ބުނެފައިވެއެވެ.

”ކުށްކުރާ މީހުންނަށް އަދަބު ނުދިނުމާއި އެފަދަ މީހުންގެ މައްޗަށް ގާނޫނު ނުހިނގުމާއި ރައްޔިތުންގެ އާންމު މަސްލަހަތާ ގުޅުން ހުންނަ ކަންކަމުގައި ވަގުތުން އަޅަން ޖެހޭ ފިޔަވަޅު ނޭޅުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ކެތްތެެރިކަން ކޮޅުންލައި ކުށްކުރާ ފަރާތްތަކަށް އާންމު ފަރާތްތަކުން އަނިޔާކޮށް ގަން ހިންގުމުގެ ކަންކަން މުޖުތަމައުގައި އާންމުވަމުންދާއިރު ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަން ދަނީ އިތުރުވަމުން.“ އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރުގައިވެއެވެ.

އެ ގަރާރުގައި އިތުރަށް ބުނެފައިވަނީ، މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ގާނޫނުތައް ތަންފީޒުކުރުން ހަރުދަނާކުރުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް