ކަޝްމީރުގައި މުޙައްރަމް މަސް ފާހަގަކުރި މުސްލިމުންތަކެއްހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

އާޝޫރާ ދުވަހުގެ ދެ ދުވަސް ކުރިން މުޙައްރަމް މަސް ފާހަގަކުރުމުގައި ބައިވެރިވުމަށްޓަކއި އިންޑިއާގެ ބާރުގެދަށުގައި އޮންނަ ކަޝްމީރުގެ މަގުތަކަށް ނިކުތް ގިނަ އަދަދެއްގެ ޝިޔާއީ މުސްލިމުންގެ ތެރެއިން ބަޔަކު ހައްޔަރުކޮށް ފިއެވެ. 

ސަލާމަތީ ގޮތުން ސްރީނަގަރުގައި އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާލެއް ނުބަހައްޓާ ދީނީ ޝިޢާރުތައް ފާޅުކުރަމުން ވަރަށްގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނިކުތް ކަމުގައި ވެއެވެ. ސްރީނަގަރުގައި ޝިޔާއީންގެ ދީނީ އެއްވުންތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. 

މި އެއްވުންތައް ރޫޅާލުމަށްޓަކައި ފުލުހުން ވަނީ ކަރުނަގޭހާއި ޝޮޓްގަން ބޭނުން ކޮށްފައެވެ. އަދި އެތައްބަޔަކު ޒަޚަމްވެފައި ވެއެވެ.                                                         

1989 ގައި ހިނގި ވަކިވެގަތުކުގެ ހާދިސާއަށްފަހު އިންޑިއާގެ ބާރުގެދަށުގައި އޮންނަ ކަޝްމީރުގައި މުޙައްރަމް މަހުގެ ބައެއް މުހިންމު އެއްވުންތައް އޮންނަނީ މަނާ ކޮށްފައެވެ. ވަކިވެގަތުމަށް ހަނގުރާމަކުރާ ޖަމާއަތްތަކުން ބޭނުންވަނީ ކަޝްމީރު އިންޑިއާގެ ބާރުގެ ދަށުން ވަކިވެ ޕާކިސްތާނާއި ގުޅުމަށެވެ. 1989 ގެ ހާދިސާގައި ވަރަށް ގިނަ ޢާންމުންނާއި އަދި ސިފައިންގެތެރޭން ބަޔަކުވެސް މަރުވެގެން ދިޔައެވެ.                         

ޝިޔާއީ މަޒުހަބުގައި މުޙައްރަމް މަހަކީ އަހަރުތެރޭގައި ފާހަގަކުރެވޭ ވަރަށް މާތް މައްސަރެކެވެ. މި އުންމަތުގެ މާތް ނަބިއްޔާގެ ކާފަދަރިކަލުން ހުސައިނުގެ ފާނާއި އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި 72  ބެފުޅުން ކަރުބަލާގެ ހަނގުރާމައިގާ ޝަހީދުވުމުގެ ހިތާމަ ފާޅުކުރުމުގެ ގޮތުން ޝިޔާއީން އަމިއްލައަށް ގައިގާ ތަޅާ އަނިޔާ ލިބިގަތުމަކީ ޢާންމުކޮށް ކުރާކަމެކެވެ.                                                        

އިންޑިއާ ސަރުކާރުން ގާނޫނު ތަންފީޒުކުރުމުގެ ބަހަނާގައި މުސްލިމުންގެ ދީނީ އެއްބައިވުންތައް މަނާކުރަމުން ގެންދާއިރު ހަމަ ކަޝްމީރުގައި އޮންނަ ހިންދޫންގެ ހިމާލަޔަން އަމަރުނާތުގެ ފައްޅިއަށް ހައްޖަށްދާ މީހުންނަށް މަގު ފަހިކޮށްދީ އިތުރު މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށްދެމުން ގެންދާތީ މުސްލިމުން ޝަކުވާކުރަމުން ގެންދާތާ އެތައް ޒަމާނެއް ވެއްޖެއެވެ.                                                

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް