އުރީދޫގެ އާ ލޯގޯއާއި ޓެގްލައިޓް ރާއްޖެއަށް ތައާރަފްކޮށްފި

Loading

August 11, 2022
profile
Facebook
Twitter
WhatsApp
ުއުރީދޫގެ އާ ލޯގޯ--- ފޮޓޯ: އުރީދޫ

މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އޭޝިއާގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ އުރީދޫ ގްރޫޕް ރީބްރޭންޑްކޮށްފިއެވެ.

އިއްޔެ ވަނީ އުރީދޫގެ އާ ލޯގޯ އާއި ޓެގްލައިންވެސް ރާއްޖެއަށް އިފްތިތާހްކޮށްފައެވެ. އަޕްގްރޭޑް ކޮށްފައިވާ އުރީދޫގެ ލޯގޯ ރާއްޖޭގައި ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދް ހަސަން އަލް ހަމީދީއެވެ.

އެ ލޯގޯ އިފްތިތާހްކޮށްފައިވަނީ، މާލޭ ފަތާ ޓްރެކް ސަރަހައްދުގައި ބޭއްވި މޫދުގެ ހަރަކާތްތަކެއްގައެވެ.

އުރީދޫން ބުނީ އެކުންފުނީގެ އާ ޓެގްލައިން ”އަޕްގްރޭޑް ޔޯ ވޯލްޑް“ ދައްކައިދޭން ބޭނުންވާ ތަސައްވަރަކީ ކޮންމެ މީހަކަށް، ވިޔަފާރިއަކަށް އަދި މުޅި ރާއްޖެއަށް ފޯރުކޮށްދޭ ކޮންމެ ހިދުމަތަކާއި ތައާރަފު ކުރާ އާ އިޖާދުތަކުގެ އިތުރުން ކަސްޓަމަރުންނާއި މުވައްޒަފުން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ މަގުސަދު އެންމެ ފުރިހަމައަށް ދައްކުވައިދިނުން ކަމަށެވެ. އޭޝިއާގައި އުރީދޫން އޮޕަރޭޓް ކުރާ ކުންފުނިތަކުގެ ތެރެއިން އުރީދޫ މޯލްޑިވްސް އަކީ، އުރީދޫގެ ބްރޭންޑަށް ގެނައި މި ބަދަލު އެންމެ ފުރަތަމަ އިފްތިތާހު ކުރި ކުންފުންޏެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދް ވިދާޅުވީ، އުރީދޫގެ އާ ލޯގާ އާއި ޓެގްލައިން ވަނީ ދިވެހި މުޖުތަމައު ކުރިއެރުވުމަށް ކުރާ މަސައްކަތާ ވަރަށް ބޮޑަށް ގުޅިފައި ކަމަށެވެ.

”ހުރިހާ ގޮތަކުންވެސް ތިޔަބޭފުޅުންގެ ދުނިޔެ އާރާސްތުކޮށް، ދިރިއުޅުމުގައި ކުރިއަށް ދިޔުމަށް އަޅުގަނޑުމެން މަގުފަހިކޮށްދިނުމުގައި، އުރީދޫ މޯލްޑިވްސްއިން ދެމި އޮންނާނެ،“ ހާލިދު ވިދާޅުވިއެވެ.

އުރީދޫން ރާއްޖޭގައި ހިދުމަތް ދޭން ފެށީ 2005ގައެވެ. މިހާތަނަށް އެކުންފުނިން ވަނީ 5ޖީ ނެޓްވޯކް ރާއްޖެއަށް ތައާރަފްކޮށް 5ޖީ އެއާފައިބާ ހޯމް ބްރޯޑްބޭންޑް މެދުވެރިކޮށް އިތުރު ފުރުސަތުތައް ފަހިކޮށްދީފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް