މާލޭ ސިޓީގައި އަންހެނަކު ރޭޕުކުރި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެއެވެ، ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.
ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބެލެވޭ އަންހެން މީހާ މިއަދު ވަނީ އެކަން ހިނގައިދިޔަ ގޮތް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އޭނާ މިއަދު ކުރި ޓުވީޓެއްގައި ބުނީ، އޭނާ އާއި އޭނާގެ ލޯބިވެރިޔާ ދިޔައީ އަށް ވަރަކަށް މީހުންގެ ”ގެޓްޓުގެދާ“ އަކަށް ކަމަށެވެ. ގެޓްޓުގެދާ ނިމުމުން އެވަގުތު އެތަނުގައި ހުރި އެހެން އަންހެނަކު ގެއަށްލާން އޭނާގެ ލޯބިވެރިޔާ ދިޔަ ވަގުތު އެތަނުގައި ހުރީ އޭނާ އާއި އިތުރު ފިރިހެނެއް އެކަނި ކަމަށް އޭނާ ބުންޏެވެ.
”އެވަގުތު އޭނާ އަހަރެންގެ ފައިގަ ހިފި. އަދި ގަދަކަމުން ސޯފާ މައްޗަށް އެއްލައިލި. އޭނާ ކައިރިން ސަލާމަތްވާން ހަޅޭ ލަވައި އޭނާ ދުރުކުރަން މަސައްކަތް ކުރިން، އެކަމަކު އޭނާ ގަދަކަމުން އަހަރެން ރޭޕް ކުރީ،“ އޭނާގެ ޓްވީޓްގައި ބުންޏެވެ.
އެ ޓުވީޓުގައި އޭނާ ބުނީ، އޭނާގެ ލޯބިވެރިޔާ އެނބުރި އައިއިރު އޭނާ ހުރީ ޝޮކެއްގައި ކަމަށާއި އެވަގުތު ވާހަކަވެސް ނުދެއްކުނު ކަމަށެވެ. އަދި ކުރެވުންހާވެސް ކަމަކީ ރުންކަމަށް ބުންޏެވެ.
އެ އަންހެން މީހާ ވަނީ އޭނާ ރޭޕްކުރިކަމަށް ބުނާ ފިރިހެން މީހާގެ ވަނަވަރު ހާމަކޮށްފައެވެ.
One Response
ރޭޕްކުރުންވެސް މިދަނީ ހައްދުންނައްޓާލައިގެންނެވެ. މިއީ ވަރަށް ސީރިއަސްކޮށް ތަހްގީގު ކުރެވި ކުށްވެރިންނަށް އަދަބު ލިބެންޖެހޭ މައްސަލައެކެވެ. މައްސަލަތައް ދިގުލައިގެންގޮސް ހަނދާން ނެތޭ ހިސާބަށް ދިއުމަކީ އިންސާފެއް ނޫނެވެ. މިގޮތަށް މެދުވެރިވާ ޙާދިސާތަކުގެ ފަރުދީ ޒިންމާ އާމެދު ވިސްނާލުން ރަނގަޅެވެ. ސަބަބަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތައްވެސް މިކަމުގައި ޙިއްސާކުރާތީއެވެ. އިއްޒަތުންނަފްސަށް ރައްކާތެރި ނުވެވެނީއެވެ.