ސަމާލުވޭ! ކޮވިޑް އެންމެ ބޮޑަށް ފެތުރެނީ މާފަންނުގައި!

Loading

Facebook
Twitter
WhatsApp

ކޮވިޑް އެންމެ ބޮޑަށް ފެތުރެނީ މާފަންނުގައިގައިކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ހާމަކޮށްފިއެވެ.

މާލެ ސިޓީގައި ކޮވިޑް އެންމެ ބޮޑަށް ފެތުރިފައިވަނީ މާފަންނުގައި ކަމަށާއި މާލެ ސިޓީން ކޮވިޑްގެ ބަލި މީހަކު ފުރަތަމަ ފެނިފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

”ހާއްސަކޮށް ފާހަގަކޮށްލެވޭ ގޮތުގައި މާފަންނުގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު އެހެން ހިސާބުތަކަށްވުރެ އިތުރު ކަމަށް ފާހަގަކުރެވޭ“ ކަމަށާއި ”ޝަހީދު ވިދާޅުވީ އެންމެ ބޮޑަށް ބަލި ފެތުުރިފައިވަނީ މާފަންނުގައި.“ ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ މެންބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވިއެވެ.

”އޮގަސްޓް މަހު އެ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފައި.“ ކަމަށާއި ”މި އޮގަސްޓް މަސް ނިމެމުންދާއިރު މާލޭގެ މީހުން ދިރިއުޅޭ ހުރިހާ ތަނެއްގައި ކޮވިޑްގެ ބަލި ފެތުރިފައި“ ކަަމށްވެސް ޓެގް އިން ހާމަކުރެއެވެ.

ކޮވިޑް19 ފެތުރޭ މިންވަރު އިތުރުވެފައިވާ އިރު ދެވަނަ ފަހަކަށް މާލެ ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ސިއްހީ މާހިރުން ދަނީ ދެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް