ދިވެއްސަކަށް ވީތީ ހަމަ ކޮންމެމީހަކަށް ވެރިކަން ނުކުރެއްވޭނެ ކަމަށައި ދައުލަތެއް ހިންގޭނީ ދައުލަތެއް ހިންގޭނެފަދަ ތަޢުލީމާ ހުނަރާ އެކަމުގެ ގާބިލިއްޔަތު ލިބިފައިވާ މީހަކަށް ކަމުގައި ނަޒާކީ މުޙައްމަދު ޒަކީ ވިދާޅުވެއްޖެއެވެ. މިގޮތުން މިހާރު ރައީސް ކަމަށް ކުރިމަތި ލައްވަވާނެކަން ޢިއުލާނު ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ރައީސް ޔާމީނަށް ސަޕޯޓުކުރައްވާ ނަޒާކީ ޒަކީ މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓުވީޓުގައެވެ.
ޑިމޮކްރެސީއަށް ގައުމުކުރި ދަތުރުގައި ޖަނާއި މާލުން އެތެކެއް ގުރުބާނީތަކެއް ވެފައިވާ ބޭފުޅެކެވެ. ޒަކީ އަކީ ރައީސް ނަޝީދުގެ ކުރީގެ އަނބިކަނބަލުން މެޑަމް ލައިލާ ޢަލީގެއަންކަލް (ބޮޑުބޭބެ) އެއްވެސް މެއެވެ. މައުމޫނުގެ ދައުރުގައި ދުލާއި ގަލަމުގެ މިނިވަންކަމަށް ގޮވާލާއި އަދި އޭރު ސަރުކާރުން މީހުނަށް ދެމުންގެންދިޔަ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް ތެދުވި ފުއްދުންތެރި ވިޔާާފާރިވެރިއެވެ.
2002 ގައި ސަންދާނު ނިއުސްލެޓަރ ނެރެގެން ދިވެހިދައުލަތާއި އިދިކޮޅު ޢަމަލެއް ހިންގިކަމަށް މައުމޫނުގެ ވެރިކަމުގެ ފަރާތުން ބަނދުކޮށް އަހަރަކަށްވުރެގިނަ ދުވަސް ދޫނިދޫ ޖަލުގައި ހޭދަކުރެއްވިއެވެ. އަދި މައުމޫނުގެ ސަރުކާރުން ޢުމުރުގެ ޖަލުޙުކުމެއް ސަންދާނުގެ ބައިވެރީންނަށް ދެވިގެންދިޔަ ދިއުމުން ނަޒާކީ ގެ އެންމެހާ ވިޔާފާރިއެއް ބަނގުރޫޓްކޮށްލެވިފައި ވެއެވެ.
ޒަކީ ސިޔަސީ ޙަޔާތް ފެށުނީ 1989ގައި ޑރ. މުޙައްމަދު ވަޙީދު މާލޭގެ މެމްބަރުކަމަށް ކުރިމަތި ލެއްވުމުން އޭނާއަށް މާލޭގެ ގޮނޑި ހޯދަދެއްވަން ކުރައްވަން ފެއްޓެވި ސިޔާސީ މަސައްކަތުންނެވެ. އެކެމްޕޭނުގައިވެސް ކާމިޔާބު ހޯއްދެވީ ޑރ. ވަޙީދުގެ ޓީމުންނެވެ. އާދެ! ޒަކީ އާއި އޭނާގެ ބައިވެރީންގެ ޓީމުންނެވެ. ނަމަވެސް ނަތީޖާއަށް ފަހު ރައީސް މައުމޫނުގެ ޅިޔަނު އިލްޔާސް އިބުރާހިމް އަށް މާލޭގެ ގޮނޑި އެއްވަނައިގާ ކާމިޔާބު ނުކުރެއްވުމުން ޑރ. ވަހީދުގެ ޓީމަށް އެތަކެއް މުސީބާތެއް މައުމޫނުގެ ސަރުކާރުން ޖެއްސިއެވެ.
އޭގެ ތެރޭގައި ވެލަބުލި ޢަލިފުޅާއި، މަޖީދު ޝަމީމުއާއި ލިލަކް އާދަމްފުޅާއި އޭނާގެ ދޯސް ޚަލީލުމެން ވަގުތުން ހައްޔަރުކޮށް ދޫނީދޫގައި ކީސްބިޑި އަޅުވާފައި ބޮޑެތި އަނިޔާތަށް ދިނެވެ. އަދި އެވޭންދެނިވި އަނިޔާތަކަށް ފަހު ފުލުސްކޯޓަށް ޙާޒިރުކޮށް ބޮޑެތި ޙުކުމްތައް ކަނޑައެޅިއެވެ. ޒަކީގެ ނަސީބު ރަނގަޅުކަމުން އެ އަނިޔާވެރި އޮޕަރޭޝަން ސިފައިން ހިންގިރޭގެ ކުރިން އޭނާވަނީ ގައުމުން ފުރާފައެވެ. އެ ކީސްބިޑިންނާއި ބޭއިންސާފުގެ ބޮޑު ޙުކުމުން އެފަހަރު ޒަކީ އަށް ސަލާމަތް ވެވުނީ ޢާއިލީ ބޭފުޅެއް ކިޔައިދިންގޮތުގައި އޭރުގެ ސިފައިންގެ ބޮޑެއްކަމުގައިވާ ކާނަލް ޙުސެއިންފުޅު ގެ ހެޔޮލަފާކަމުންނެވެ.
2006 ގައި ސަންދާނު މައްސަލައިގެ ޖަލުގެ ޙުކުމުން މިންޖުވެވުމުން ޒަކީ އަވަސްވެގަތީ އިސްލާޙީ މަސައްކަތާއިގެން ދެމިހުރުމަށެވެ. އަދި މައުމޫނުގެ އަނިޔާވެރި ވެރިކަން ނިންމުމަށެވެ. އެގޮތުން އެމްޑީޕީ އާއި ގުޅިވަޑައިގަތީއެވެ. ސިޔާސީ މަސއްކަތް އިތުބާރާއި އެކު ދެން ކުރެއްވީ މުޙައްމަދު ނަޝީދު (އްންނި) އާއި އެކުގައެވެ. މިހާރު އެންމެން ދެނެފަރިތަ ރައީސް ނަޝީދުއެވެ.
2008 ގައި އެމްޑީޕީ ވެރިކަން ކާމިޔާނު ލިބުމުން މެލޭޝިޔާއަށް ރާއްޖެއިން ކަނޑަ އެޅުއްވި ސަފީރުކަމުގެ މަގާމްއަށް ޒަކީ އިސްކުރެވުނެވެ. އެމްޑީޕީގެ ސިޔާސީ ޙަރަކާތްތަށް މެކުހަށް ޖައްސައި މައުމޫނުގެ ސަރުކާރާއި ގަދަޔަށް ޗެލެންޖްކުރި ދުވަސްވަރުގައި ޒަކީ އަކީ އެމްޑީޕީގެ ސައުތުއޭޝިޔާ އަށް ކަނޑަ އަޅުއްވާފައި ހުންނަވާ ސްޕެޝަލް އެންވޯއިއެވެ. އަދި މެލާޝިޔާ ދިވެހި ސަފީރުކަމުގެ ޚިދުމަތްގެ އަގުވަޒަންކުރައްވައި މެލޭޝިޔާގެ ރަސްގެފާނުގެ ދާތޯ ލަގަބުގެ ނަންވެސް ފުރަތަމަ ދިވެހިރާއްޖެއަށް ހޯދައިދެއްވީވެސް ނަޒާކީ ޒަކީއެވެ. އާދެ މިހާރު މެލާޝިޔާގެ ބޮޑުންވެސް ދަންނަ ދާތޯ ޒަކީ އެވެ.
ދާތޯ ޒަކީ ގެ މެސެޖްގައި ވިދާޅުވެފައިވަނީ ”މިއަދު ގައުމަށް މިދިމާވި މުޞީބާތަކީއެކަން އަޅުގަނޑުމެނަށް ބޮޑުވަރިހަމަ ކޮށްލެވުނުކަން“. އެގޮތުން ތަޢުލީމާ ތަޖްރިބާ އާއި ދައުލަތެއް ހިންގޭވަރުގެ ފެންވަރެއް ގާބިލުކަމެއް ނެތް ބައެއް، ވެރިކަން ކުރަންއުޅުނީމާ ރައްޔަތުންނަށާއި ގައުމަށް ދިމާވާނެ އެންމެހާ ދެރަގޮަތްތައް ދިމާވަމުން ދަނީކަމަށެވެ.ގައުމު މިހާރު ފާލުން ނެއްޓި ބޮލުރޮދި ކެނޑިގެންދާއިރު އަޅާނުލާ ބޮޑުވަރިހަމައިގާ ރައްޔަތުން ބަލަން ތިބެގެން ނުވާނެ ކަމަށެވެ.
ރައީސް ޔާމީން 2023 މިހެން އިޝާރާތް ކުރައްވާ ޒަކީ ކުރެއްވި މެސެޖްގައި އެނާވިދާޅުވަނީ ރައީސް ޔާމީނަކީ ދިވެހިރާއްޖޭގެ ވެރިކަން ކުރެވޭނެފަދަ ޢިލްމާއި ހުނަރާއިއަދި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަމަށާއި ކޮންމެ ކޮންމެ މީހަށް ދިވެހި ދައުލަތް ނުހިންގޭނެ ކަން ގައުމަށް އިޚުލާސްތެރި އެންމެހާ ބޭފުފުޅުން ގަބޫލު ކުރަންވަން ޖެހޭނެކަމަށެވެ.

އެމެސެޖްއާއި ބެހޭގޮތުން އިތުރު ސުވާލެއް ދެންނެވެމުން ޒަކީ ވިދާޅުވީ “ ފަހަލަ، ވިސްނާލަބައްލަވާ، ހަމަ ކޮންމެ މީހަކާ ފިހާރައެއްގެ ކޭޝިއަރުކަން ވެސް އެފިހާރައިގެ އޯނަރު ޙަވާލެއް ނުކުރާނެ ނޫންތޯއެވެ؟“ ވީއިރު ރައްޔަތުން ވޯޓުލައިގެން ދިވެހި ދައުލަތް ހަމަ ކޮންމެ މީހަކާ ޙަވާލުކުރަން ހެޔޮނުވާނެކަމަށެވެ.
10 Responses
ވަރައް ބޮޑުތެދެއް. ގައުމާއި ދީންދެކެ ލޯބިން އުޅޭ ގިނަ ރައްޔިތުންނާއި ބައެއްއިލްމްވެރިން ވެސް ފުރުސަތުގު ބޭނުން ހިފަނީ ސަރުކާރާއިދައުލަތް ދަވާލަން!!ހީވާކަހަލަ ތިމާމެންގެ ވާރުތަ މުދާހެން!އާރޓިކަލުން ވަރައް ބޮޑުބައި މަދު އަދި މިސްޓޭކުވެސް އެބަހުރި
kihineh ebbai madhukan engunee, Fahala buneetha. Is it written by you
Aseyla genes fanditha hedeemaa qaabilvaanee
ވެރިކަމުގެ ދަހިވެތިކަމާއިހެދި ގައުމުގެ މިނިވަނަކަމާއި ސިޔާދަތު ގެއްލުވާލަނީވެސް. އިބޫއަށްވެސް އެނގޭ އަންނިއަށް ކުރިމަތި ނުލެވޭތީކަން އޭނަހޮވީ. އެއްވެސް ޙާލެއްގައި އަންނިއަށްވުރެ ކުޑަތަންކޮޅެއްވެސް އިބޫއަށް ދިވެހި ދައުލަތް ހިންގާލުމުގެ ހަކަތަ އެއް ހުރީމަކާ ނުންކަންވެސް. އެހެނަސް އިންޑިއާ މިލިޓެރީއަށް ދިވެހި ރާއްޖެ ވިއްކާލައިގެން ވިލިމާލެ އަޅާ ބުރިޖްގެ ބުޑުތަކާއި ތަނބުތައް އިންޑިއާގައި އަޅައިފާ ބީމްތައް ރާއްޖޭގައި އަޅަންވެސް އިބޫއަށް ހަމަ އޯކޭ!! އެހެނަސް ގައުމަށްޓަކައި ވެރިކަމުން ދުރައްޖެހިލާކަށް ބެނުމެއްނޫނެވެ. ގައުމެއް ހަލާކުގެ ތެރަށް ގެއްޓެނީ ތިންކަމަކާހުރެއޭ ބުނެއުޅެއެވެ.
1. ގައުމުގެ ކަމުވޮށިގެންވާ މީހުނަށް ބޮޑުވަރިހަމަ ވުން:
2. ހަކުރު ދެންޏާ ބޮޑުބޭބެ
3. ގައުމުގެ ފުންނާބުއުސް ވިޔާފާރިވެރީން އެއިރެއްގެ ހުންނަ ވެރިޔަކާއި ގުޅިގެން ދައުލަތް ރޭޕްކުރުން:
ވަރަށް ބޮޑު ތެދެއް.
ހަމަ ތެދެކެވެ. މިހާރު ވެރިކަމަށް އަންނަން އުޅޭ މީހުންގެ ތެރެއިން ހަމަ އެކަނި ޗޮއިސް އަކީ ޔާމީނުއެވެ. އެހެނަސް އަހަންނަށް ހީވަނީ އިބޫމެންގެ ޗައްކަރުގައި ފަހުވަގުތު ޔާމީނަށް ޙަރާމް ޙުކުމެއް ދޭނެހެނެވެ. ދެން އެ ޙުކުމް އިސްތިޢުނާފު ކުރީމާ ހައިކޯޓުންވެސް ޝޭޚުންނަށް ހެދިހެން އެ ޙަރާމް ޙުމުމް ދަމަހަށްޓާނީއެވެ. ދެން ސުޕްރީމް ކޯޓާއި ހަމައަށް ދާނެ ޗާންސް ނުދީ އިލެކްޝަނަށް ގޮވާނީއެވެ. މަތުލަބު، ޔާމީނަށް ޙުކުމެއް އޮތުމުން ޑިސްލޮލިފައިވާނީއެވެ. މިކުޅިގަނޑުގެވެސް މޭސްތިއަކަށް ވާނީ މައުމޫނެވެ. އިންވެސްޓަރަކީ އިންޑިއާ އާއި މުކައްބަ ސޭޓްތަކާއި ދީންވިއްކައިގެން އުޅޭ އަދާލަތު ބައިގަނޑެވެ. ދިވެހި ދައުލަތް މިވަނީ ގެރިގޮރަށް އަޅުކަން ކުރާމީހުންގެ ޙިމާޔަތަށް ދޫކޮށްލެވިފައެވެ. ދެން އިތުރަކަށް ކިޔާނެއެއްޗެއް ނެތެވެ.
“ އަމާބުނީތީ ފަރަށްދިއުން “ މިއީ ޑިމޮކްރެސީގެ ހަމައެވެ. އެހެންގޮތަކަށްބުނާނަމަ ރައްޔިތުންނަށް ވެރިކަން އޮޅުވާލުމުގެ ހަމައެވެ. ވަކިން ޚާއްސަކޮށް އަޅުގަނޑުމެންގެ ތެރޭން ބަޔަކު ނުގެނެވިގެން އުޅޭ ބަރުލަމާނީ ޑިމޮކްރެސީ ގެ ހަމައެވެ. ވިސްނާލައްވާށެވެ. ވޯޓުލާ ރައްޔިތުންނަށްވެސް މިކުރެވޭ ކަންތައް ރަނގަޅަށް އެނގޭކަމަކަށް ނުބުނެވޭނެއެވެ. ކޮންމެވެސް ފައިސާހުރި ދެތިން ގުރޫޕަކުން މީހުން ނެރެފާ މިބުނަނީ އެމީހުނަށް ވެރިކަމުގެ ވޯޓުދޭށެވެ. ރައްޔިތުން ނެރެން ބޭނުންވާ މީހާ ހުރިތަނެއް އެކަކަށްވެސް ނޭގެއެވެ. މިބުނި ދެތިން ގުރޫޕަކުން ނެރުނު ކޮންމެވެސް އެކަކު ހޮވުނީމާ ދެން އެއޮތީ އަމާބުނީތީ ފަރަށް ދެވިފައެވެ. ފަހަލަގެ މި ލިއުއްވުމުގައި މަރްހޫމް ހުސޭންފުޅުގެ ނަން ގެންނެވިކަން ވަރަށް ދެރައެވެ. ކުރިއަށް އޮތްތަނުގައި ދިމާވެދާނެ ޙާލަތަކުން އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް އެފަދަ މަގާމެއްގައި ހުންނަވާ ބޭފުޅަކު ދެވަނަ ވިސްނުމަކަށް ވަޑައިގަންނަވަން ޖެހިދާނެތީއެވެ.
މަރުހޫމް ހުސެއިންފުޅުގެ ރަނގަޅުވާހަކަ މިހާރު ގެނެސް ދިނުމަކުން މައްސަލައެއްކަމަށް ނުފެނެއެވެ. އެހެނީ ހުސެއިންފުޅު ވަނީ ނިޔާވެފައެވެ. ސަރުކާރުން އިތުރަށް އެބޭފުޅާއަށް ކުރެވޭނެ ދުއްތުރާލެއް ނެތެެވެ. އެގޮތުން މިހާރުވެސް ހުސެއިންފުޅު ކަހަލަ ގައުމުދެކެ ލޯބިވާ ޖެނެރަލުން ތިއްބަވާނެއެވެ. ބޮޑު ސިއްރެއްކަމަށް ބާއްވާށެވެ. އެހެނަސް އެއަކީ ސިއްރެއްނޫނެވެ. ގައުމުވިއްކާލައި އަދި މިނިވަންކަމާއި މެދު އެންމެނެއް އަޅާނުލާ ނުތިބޭނެއެވެ. ޖޮބްގައި ލިބޭ މުސާރަ ބޭނުންފުޅުވާތީ ވެރިކަމުގައި ތިބޭ ޚާއިނުންގެ ގާތުގައި ހުރުން މަޖުބޫރުވެދާނެ ނޫންތޯއެވެ.
ތިއީ 1989ގައިވެސް ގައުމުގެ ޙާލަތެވެ. މިއީ 2022 އެވެ. އަދުލު އިންސާފުގެ ނިޒަމަށް ގެނެވުނީ ކޮން ހެޔޮބަދަލެއްތޯއެވެ. ހަމަ ވެރިކަމުގައި ތިބޭބައެއް ބަލަން ބޭނުން ކަމެއް ބަލައިފާ ބަލަން ބޭނުން ނޫންކަމެއް ނުބަލާ ދޫކޮށްލަނީ ނޫންތޯއެވެ. ދެން ރައްޔަތުން އެއަރ ރޯޔަލް ރޭޕް. ރޯޔަލް ކުޅި، މިފަދަ ނަންނަމުން ޖޯކެއް ޖަހާލުންފިޔަވާ ކުރެވޭކަމެއް ނުފެނެއެވެ. ވޯޓްލާންވީމާ ދައުލަތުގެ ޚަޒާނާއިން އެމީހެއްގެ ސައިޒުން ކުރެވުނެ ވައްކަމަކުން ލިބުނު ފައިސާއަކުން އެއިން އެތިކޮޅެއް ރައްޔަތު މީހާއަށް ދީ ވޯޓުގަނެލާނެއެވެ. ގައުމުގެ މެޖޯރިޓީ ރައްޔަތުންގެ ޙާލަކީވެސް މި ނޫންތޯއެވެ. ދެން ޙާލަތު ބަދަލުކޮށްލަން ފޮމިއުލާއެއް އެބަ އޮތްތޯއެވެ.
ތި ލިންކް ދުންޔާ މައުމޫނަށް ފޮނުވާލަބަލަ. ޑިމޮކްރެސީ އޭ ގައުމޭ ކިޔައިގްން އެވާހަކަ ދައްކަނީ.
Mee nazaki Zaki promote kuran liyefa oy profile eh tha noonee habarehtha?