ޕާކިސްތާނުގެ ދެކުނު ބަލޯޗިސްތާނަށް އާދަޔާ ޚިލާފަށް ކުރަމުންދާ ވިއްސާރައިގާ ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ޙަރަކާތްތެރިވަމުންގެންދިޔަ ޕާކިސްތާނުގެ މިލިޓްރީ ހެލިކޮޕްޓަރެއް ގެއްލިއްޖެއެވެ. ސިފައިންގެ ބަޔާނުގައިވާގޮތުން އެ ހެލިކޮޕްޓަރ އާއި އެއަރޓްރެފިކް ކޮންޓްރޯލް ގެ ގުޅުން ކެނޑުނފަހުން މިހާރު ހަ ގަޑިއިރުވެއްޖެއެވެ.
ހެލިކޮޕްޓަރ ހޯދުމުގެ މަސައްކަތް ކުރަމުންގެންދާ ފުލުހުންގެ ފަރާތުން ޕަރވޭޒް އުމްރާނީ ވިދާޅުވެފައިވަނީ އަދި މިހާތަނަށް ހެލިކޮޕްޓަރުގެ އެއްވެސް ހިލަމެއް ނުވާކަމުގައެވެ. ހެޕިކޮޕްޓަރުން ދަތުރުކުރި ސިފައިންގެ 6 މީހުންގެ ތެރޭގައި ކޯސްޓްގާރޑުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ އަމްޖަދު ހަނީފް ސައްޓީ އާއި ޔުނިޓް ކޮމާންޑަރ ލެފްޓިނެންޓް ޖެނެރަލް ސަރފާޒް އަލީ ހިމެނެއެވެ. މޫސުން ގޯސްކަމުން ހެލކޮޕްޓަރ ފެނޭތޯ ކުރަމުންގެންދާ މަސައްކަތްވެސް މިހާރު އޮތީ ވަގުތީގޮތުން ހުއްޓާލަން ޖެހިފައެވެ. ވިއްސާރައިގެ ސަބަބުން އެތައްބަޔަކުމަރުވެ ގިނައަދަދެއްގެ ގެދޮރު ވަނީ ހަލާކު ވެފައެވެ.