ޖަޕާނުގައި 2008 ވަނަ އަހަރު މާރާމާރި ހިންގައި ހަތް މީހުން މަރާލި މައްސަލައިގައި ހައްޔަރު ކުރި މީހެއްގަ މައްޗަށް މަރުގެ ހުކުމް ގާއިމްކޮށްފިއެވެ. ޓޮމޮހިރޯ ކޮޓޯ ނަމަކަށް ކިޔާ މި މީހާގެ މައްޗަށް ޖަޕާނުގެ ކޯޓުން ވަނީ 2015 ވަނަ އަހަރު މަރުގެ ހުކުމް އިއްވައި އޭނާ ހައްޔަރުކޮށްފައެވެ.
މިކަމާ ގުޅިގެން ޖަޕާނުގެ ޖަސްޓިސް މިނިސްޓަރ، ޔޮށިހިސާ ފުރުވަކާ އެ ގައުމުގެ ނޫސްވެރިންނާ މުޚާތަބް ކުރައްވާ ބުނެފައިވާ ގޮތުގައި ކަޓޯ ގެ މައްޗަށް މަރުގެ ހުކުމް ގާއިމް ކުރަން ނިންމާފައިވަނީ މައްސަލަ ވަރަށް ގާތުން ބެލުމަށް ފަހުއެވެ. އަދި މިކަމަށް މަޢާފްކުރެވޭނެ އެއްވެސް ޖާގައެއް ނެތީމައެވެ.
2008 ވަނަ އަހަރު ކަޓޯ ދިން މި ރުޅިވެރި ކަމުގެ ހަމަލާގައި އާންމުންގެ ހަތް މީހުން ވަނީ މަރުވެފައެވެ. ފުލުހުން މައުލޫމާތުދީފައިވާ ގޮތުގައި އެމީހުން މަރާލުމުގެ ކުރިން ޓޮމިހީރޯ ވަނީ މީހުން އެއްވެފައި ތިބި ތަނަކަށް ކާރު ދުއްވައި ކާރުން ޖައްސައި އެތައް ބަޔަކު ޒަހަމްކޮށްލާފައެވެ. މީހުން ގަޔަށް ވަޅި ޖަހައި މާރާމާރި ހިންގާފައި ވަނީ އޭގެފަހުންނެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އޭނާ އެކަން ކުރަން ޖަޕާނުގެ އަކިހަބަރާ ސަހަރަށް ދިޔުމުގެ ކުރިން މީހުން މަރާނެ ކަމަށް ބުނެ އިންޓަނެޓުގައި ޕޯސްޓްކޮށްފައިވެއެވެ.
ކަޓޯގެ މައްޗަށް ތަންފީޒުކޮށްފައިވާ މަރުގެ ހުކުމަކީ އެ ގައުމުގައި މި އަހަރު މި ހުކުމް ގާއިމް ކުރެވުނު ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރު އެ ގައުމުގައި ތިން މީހަކަށް މި ހުކުމް ގައިމްކޮށްފައިވެއެވެ. މަރުގެ ހުކުމް އިއްވާފައިވާ މީހުންނަށް އެކަން އަންގަނީ ހުކުމް ތަންފީޒުކުރުމުގެ ދެތިން ގަޑިއިރު ކުރިންނެވެ. އަދި އެމީހުންގެ އާއިލާތަކަށް އެކަން އަންގަނީ ހުކުމް ތަންފީޒުކުރުމަށް ފަހުއެވެ.