ފަސްވަނަ ފަހަރަށް އެއްމާބަނޑު ދެ ކުދީން ވިހެއުމުން އަނބި މީހާ ވަރިކޮށްފި

Loading

Facebook
Twitter
WhatsApp

އިރުމަތީ އެފުރިކާގެ ގައުމެއްކަމުގައިވާ ޔޫގެންޑާގެ ކެމްޕާލާގެ އަންހެނަކު އޭނާގެ ކައިވެނީގެ ހަޔާތުގައި ފަސްވަނަ ފަހަރަށް އެއްމާބަނޑު ދެކުދީން ވިހެއުމުން އެކަމާ ރުޅިއައިސްގެން ފިރިމީހާ އޭނާގެ އަންހެނުން ވަރިކޮށްފައި ގެއިން ނިކުމެގެން ހިނގައްޖެއެވެ.

ފިރިމީހާ ސާލޯންގޯ ބުނިގޮތުގައި އޭނާގެ އަންހެނުންގެ ވިހެއުމުގެ ކަންތައް ހުރީ އާދަޔާ ޚިލާފު ގޮތަކަށެވެ. އެއީ އޭނާއަށް

ގަބޫލުކުރެވޭނޭ ކަމެއްނޫނެވެ. އޭނާ ބުނިގޮތުގައި 10 ކުދީންގެ މަންމަ ވަރިކޮށްފައި އޭނާ ދިޔައީ އަންހެނުން އެއްމާބަނޑު ކުދިން ވިހާލެއް ގިނަކަމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ. އަދި އެހާ ގިނަ ކުދީންނާއި އަނބިމީހާއަށް ޚަރަދުކޮށް ބެލެހެއްޓުމަކީ އޭނާއަށް ކުޅަދާނަ ކަމެއް ނޫންކަމަށް ވެސް ސާލޯންގޯ ބުންޏެވެ.

ސާލޯންގޯގެ 10 ކުދީންގެ މަންމަ ނާލޮންގޯ ގްލޯރިއާ ބުނިގޮތުގައި ފިރިމީހާ އޭނާ ވަރިކުރަން ނިންމީ އެންމެ ފަހުން އޭނާ ވިހަން އުޅެނީ ވެސް އެއްމާބަނޑު ދެކުދީންކަން އެނގުމުންނެވެ. އޭނާގެ ނުވަވަނަ ދަރިފުޅާއި ދިހަވަނަ ދަރިފުޅަކީ ވެސް އެއްމާބަނޑު ދެކުދީންނެވެ. އޭގެ ކުރީން އޭނާ ވަނީ ހަތަރު ފަހަރުމަތީން އެއްމާބަނޑު 8 ކުދީން ވިހާފައެވެ.

ނާލޮންގޯ ގްލޯރިޔާ ބުނިގޮތުގައި ކެމްޕާލާގައި އުޅުނަސް އޭނާއަކީ ކެމްޕާލާގެ މީހެއްނޫނެވެ. އޭނާ ކެމްޕާލާއަށް އައީ އޭނާގެ ލޯބިވާ ފިރިމީހާއާއެކު އުފާވެރި ދިރިއުޅުމެއް އުޅޭށެވެ.

ގްލޯރިޔާ ބުނި ގޮތުގައި އޭނާގެ ފިރިމީހާއަކީ ދަރީން ދެކެ ލޯބިވާ މީހެއްނޫނެވެ. ދަރިންނަށް ޚަރަދުކުރަން ވެސް ބޭނުން މީހެއްނޫނެވެ.

”އެކަމަކު އަހަންނަށް އަހަރެންގެ ދަރީން އެއްލައެއް ނުލެވޭނެ. އަހަރެން މި އުޅެނީ ވަރަށް ދެރަ ނިކަމެތި ހާލުގައި. އަހަރެން މިހިރީ މާތްރަސްކަނލާންގެއާ ވަކީލުކޮށްގެން.“ ގްލޯރިޔާ ބުންޏެވެ. ”މި ހުރިހާ ދަރީން ވިހަން ޖެހުނީތީ އަހަރެން އެއްގޮތަކަށް ވެސް ލަދެއް ނުގަނޭ. އަދި އެކަމާ މާޔޫސްވެގެންނެއް ވެސް ނޫޅެން.“

ލޯބިވާކަމަށް ފިރިހެނުން ބުނާ އަނބިން ދަރިން ވިހެއުމުން ދަރިންނަށް ޚަރަދުނުކޮށް އަނބިހާ ވަރިކޮށްފައި ދިއުމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އާންމުކޮށް ހިންގާ ވަރަށް ނާތަހުޒީބީ އަމަލެކެވެ.

Loading

One Response

  1. ފިރިހެން ކަލޭގެ ބަލާ ބޮޑުކަމުންތާ ވިހާނީވެސް. އެހެނަސް ހަޓުކާ އެބޭލީ އަންހެންމީހާއަށް. ބޭއިންސާފުގެ ކޮޅެއްނެތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް