އިދިކޮޅު ކޯލިޝަނުން ކަނޑުމަތީގައި އިހުތިޖާޖު ކޮށްފި!

Loading

Facebook
Twitter
WhatsApp

ޕީޕީއެމް އަދި ޕީއެންސީގެ އިދިކޮޅު ކޯލިޝަނުން ކަނޑުމަތީގައި އިހުތިޖާޖު ކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން އިހުތިޖާޖު ކޮށްފައިވަނީ ރައީސް ޔާމީން ހައްޔަރުކޮށްފައި ހުރި ކ.މާފުށީގެ ބޭރުގައެވެ. މި މުޒާހަރާގައި ވަނީ ކޯލިޝަނުގެ ގިނަ ބަޔަކު ދޯނި ފަހަރުގަޔާއި ލޯންޗް ފަހަރުގައި މާފުށީ ކައިރިއަށް ގޮސް ބައިވެރިވެފައެވެ. މި އިހުތިޖާޖުގައި މައިގަނޑު ގޮތެއްގައި ގޮވާލަމުން ދިޔައީ ރައީސް ޔާމީން މިނިވަން ކުރުމަށެވެ.

މި އިހުތިތާޖަަށް ފެށުމަށް ތައްޔާރުވަމުން ދަނިކޮށް، ފުލުހުން ވަނީ އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުން ފުލުހަށް ހާޒިރު ކޮށްފައެވެ. އަދި އިހުތިޖާޖު ކުރިޔަށް ދިޔަ ތަނުގައި ވެސް ފުލުހުން ގޮސް ފުލުހުންގެ ލޯންޗް ތަކުގައި ވަނީ ހަރަކާތްތެރި ވެފައެވެ. އިހުތިޖާޖުގެ ތެރެއިން ވެސް ފުލުހުންގެ ލޯންޗަކަށް ލީޑަރޝިޕްގެ ބައެއް މީހުން އަރުވައި، ފުލުހުން ވަނީ ވާހަކަ ދައްކައިފައެވެ.

އިދިކޮޅު ކޯލިޝަނުން ދަނީ މާލެ ފިޔަވާ އެހެން ރަށްރަށުގައި ސުލްހަވެރި އިހުތިޖާޖެއް ހުކުރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް