ރަޝިޔާގެ ޗާޓް ދެން ޑޮންބަސް ސަރަޙައްދަށް ވުރެން ފުޅާކުރާނަން 

Loading

Facebook
Twitter
WhatsApp

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގީ ލަވްރޯވް ވިދާޅުވަނީ ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމަ  ޑޮންބާސް ސަރަޙައްދަށް ވުރެން ފުޅާކުރަން މިހާރު ރަޝިޔާއިން ގަސްދުކޮށްފައި ވާކަމުގައެވެ. އަދި މިހާރު ރަޝިޔާގެ ބާރުގެ ދަށަން ގެނެވިފައިވާ ދެކުނުގެ ޚަރސަންއާއި ޒަޕޯރިޚްޒިޔާ އެއީ ރަޝިޔާގެ ތަންތަން ކަމުގައި ކަނޑައެޅުންވެސް އެބަ ކުރިއަށް ދާކަމުގައެވެ. 

ކީވް ހިފުމަށް ރަޝިޔާ ސިފައިން ކުރި މަސައްކަތް އަދި ކާމިޔާބު ނުވުމުން ޕޫޓިންގެ އެންގެވުމާއި އެއްގޮތްވާ ގޮތުގެ މަތިން ދެން ސިފައިންގެ އަމާޒަކަށްވީ ދެކުނުގެ ޑޮންބަސް ސަރަޙާއްދު ހިފުމެވެ. އަދި އެ ސަރަޙައްދުގެ ލުހާންސްކް އެއްކޮށްހިފުމަށްފަހު އިރުމަތީގެ ގިނަ އިގްތިސާދީ ސަރަޙާއްދު ތަކެއް މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. 

ލަވްރޯވް ވިދާޅުވާ ގޮތުގައި މާރޗް މަހުގެ ތެރޭގައި ތުރުކީގައި ބޭއްވުނު ސުލްޙައިގެ ވާހަކަތަކުން ރަނގަޅު ނަތީޖާއަކާ ހަމަޔަށް ނުދެވުމުން މިހާރު ރަޝިޔާގެ އަމާޒުވެސް އިތުރު ސަރަޙާއްދުތައް ހިފުމަށް ބަދަލު ކުރެވުނީއެވެ. އޭރު މަސައްކަތް ކުރެވުނީ ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދާ  ޑޮނެސްކާއި ލުހަންސް ގެ ރައްޔިތުންގެ ޖުމްހޫރިއްޔާ އަށް މިނިވަންކަން ހޯދާދިނުމަށެވެ. 

ނަމަވެސް މިހާރު އަހަރެމެންގެ އަމާޒު މުޅިން ތަފާތެވެ. މިހާރުގެ އަމާޒުގެ ތެރޭގައި ޑޮންބަސް ސަރަޙާއްދުގެ ބޭރުން ޚަރސަން އާއި ޒަޕޯރިޚްޒިއާ އާއި އިތުރު އެހެން ސަރަޙައްދު ތައްވެސް ހިމެނެއެވެ. އޭގެ ތެރެއިން ބައެއް ސަރަޙައްދު މިހާރު އެ އޮތީ އެއްކޮށް ރަޝިޔާގެ ބާރުގެ ދަށުގައެވެ. އެހެން ސަރަޙައްދުތަކުންވެސް ބޮޑުބައެއް މިހާރު އެއޮތީ ހިފާފައެވެ. 

ރަޝިޔާގެ ސިފައިންގެ ޙަރަކާތްތައް ކުރިއަށްދަނީ އެކަށައަޅާފައިވާ ރޭވުމަކާ އެއްގޮތަށެވެ. އަދި ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް އެހީވަމުން ގެންދާނަމަ އަދިވެސް އިތުރު ސަރަޙައްދު ތަކަށް ރަޝިޔާގެ ލަޝްކަރުތައް ދެމިގަންނާނެއެވެ. ލަވްރޯވްއަކީ މިހާތަނަށް ހަނގުރާމައާއި ބެހޭ ގޮތުން ވާކަހަ ދެއްކެވި ރަޝިޔާގެ އެންމެ އިސް ޑިޕްލޯމެޓެވެ. 

މީގެ ކުރިން ރައީސް ޕޫޓިން ވިދާޅުވެފައިވަނީ ޔޫކްރެއިނުން ނާޒީ ވަންތަކަން ނައްތާލާނެ ކަމުގައެވެ. މިކަމަށް ރައްދު ދެއްވަމުން ހުޅަނގުގެ ބައެއް ލީޑަރުން ވިދާޅުވެފައިވަނީ ޕޫޓިންގެ ވާހަކައަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް ދެއްކެވި ވާހަކައެއްނޫންކަމުގައެވެ.                                                              

ލުހަންސްކް ރަޝިޔާގެ ބާރުގެ ދަށަށް ދިޔަކަމުގައި ވިޔަސް ޑޮންބަސްގެ ޑޮނެސްކް ސަރަޙައްދު އެއްކޮށް ހިފުމަށް އަދިވެސް ބުރަ މަސައްކަތް ތަކެއް ރަޝިޔާ ސިފައިން ކުރަން ޖެހޭނެއެވެ. އަދި މިހާރުވެސް އެގެންދަނީ ކެނޑިނޭޅި އެ ސަރަޙައްދަށް މިސައިލްގެ ޙަމަލާތައް ދެމުންނެވެ.          

ޔޫކްރެއިންގެ އިތުރު ސަރަޙައްދު ތައްވެސް ރަޝިޔާގެ ތަންތަންކަމުގައި ޢިއުލާނު ކުރުމުގައި ބޭނުންކުރާނީ ކްރީމިއާ އާއި ދޭތެރޭވެސް ކަންތައް ކުރި އުސޫލުކަމަށް ހުޅަނގުން ބުނެއެވެ. އެއީ ރައްޔިތުން ބޭނުންވަނީ ރަޝީޔާއާއި އެކުގައި ތިބުމަށްކަން ދޭހަކޮށް ދިނުމުގެ ގޮތުން ޢާންމުންގެ ”ވަގު“ ވޯޓެއް ނެގުމެވެ. މިގޮތަށް ކަންތައް ނުކުރުމަށް ވައިޓްހައުސް އިން ގެންދަނީ ރަޝިޔާއަށް އިންޒާރު ދެމުންނެވެ.                         

ރަޝިޔާގެ ބަސްމަގު މިގޮތަށް ހުރި ވަގުތެއްގައި ޔޫކުރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވަނީ މިހާތަނަށް ރަޝިޔާއިން ހިފާފައިވާ ބިންތަކުން ނުފައިބަނީސް ހަނގުރާމަ ހުއްޓާލުމަށް އެއްބަސް ވެއްޖެނަމަ އެއީ ރަޝިޔާ ސިފައިން އަރާމުކޮށްލަން ދެވޭ ފުރުސަތެއް ކަމުގައެވެ. ދެންފަށައި ގަންނައިރު މާބޮޑަށް ބިރުވެރި ވާނެއެވެ. އެމެރިކާއިން ފޯރުކޮށްދެމުން ދާ ހިމާރު މަރުކައިގެ މިސައިލްގެ ސަބަބުންވެސް ޔޫކްރެއިނަށް ކުރިއެރުންތަކެއް ލިބެމުން އެބަ ދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.                                                                     

ރަޝިޔާއާއި ޔޫކްރެއިނުން މިދިޔަ ހުކުރު ދުވަހު ކަޅުކަނޑުގެ މަގުން ޔޫކްރެއިންގެ މުދާ ބޭރުކުރުމުގެ ހުއްދަ ލިބޭގޮތަށް އެއްބަސްވުމެއް ތުރުކީ ވިލާތުން ގާއިމްކޮށްދީފިއެވެ. މިކަމުގެ ސަބަބުން މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަމަށް ރަނގަޅު ޙައްލެއް ލިބިގެން ދާނެކަމަށް ގަބޫލުކުރެވެއެވެ.

Loading

One Response

  1. އަދިވެސް މި ހަނގާރަ ހުއްޓާލެވިދާނެގޮތެއް ނުފެނޭދޯ. ވާނީވެސް އެހެންތާ..ކޯވީޑްގެ ބަލި މަޑުކަމަށްފަހު ރަނގަޅު ވިޔަފާރިއަކަށް އަދިކިރިޔާ މަގު ހުޅުވިގެން މިދިޔައީ… އެވެސް ބޯ ސަކަރާތް މީހަކާއެކު. މިހާރުވެސް އެބުނަނީ ރަޝިޔާ ބަލިކުރެވޭނެއޭ. އެކަމަކު ހަނގުރާމައާ ގުޅޭ ފޮޓޯތަކުން ފެންނަނީ ޔޫކްރެއިން ބިމާހަމަވަމުންދާތަން…..ފޮޓޮ ނަގާ މީހާއާއި ޚަބަރު ލިޔާމީހާއަކީ ދެމީހަކަށް ވެދާނެދޯ…..

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް