އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އަދި މިހާރު އެ ގައުމުގެ ސިޔާސީ ޕާޓީގެ ލީޑަރު ކަމުގައިވާ ބެންޖެމިން ނަތަންޔާހޫ، ސައުދީގެ އަމީރު، މުހަންމަދް ބުން ސަލްމާން އަށް ޝުކުރު އަދާކުރައްވައިފިއެވެ. ސައުދީގެ އަމީރަށް އޭނާ ޝުކުރު އަދާކޮށްފައިވަނީ އިޒްރޭލާއި އަރަބި ގައުމުތަކާ ދެމެދު ގުޅުން ބަދަހި ކުރުމުގެ މަގު ފަހިކޮށްދެމުން ގެންދާތީއެވެ.
އިޒްރޭލުގެ ބޮޑޫވަޒީރުގެ މަގާމުގައި ކުރިން ހުންނެވި ނަތަންޔާހޫ މަގާމުން ވަކިވެފައިވަނީ މިދިޔަ އަހަރުއެވެ. ނަމަވެސް ދެވަނަ ދައުރަކަށް ކުރިމަތިލައި ހޮވިއްޖެ ނަމަ އަރަބި ގައުމުތަކާއެކު ގުޅުން ބަދަހި ކުރާނެކަމަށް އޭނާ ވަނީ ވައުދުވެވަޑައިގެންފައެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ސައުދީގެ އަމީރަށް ޝުކުރު އަދާކޮށްފައިވަނީ މިދިޔަ ހޯމަދުވަހު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާ އަކީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އިޒްރޭލަށް ދަތުރުކުރައްވައި، ޑައިރެކްޓް ފްލައިޓަކުން ސައުދީ އަށް ވަޑައިގެންނެވުން ފާހަގަ ކުރެއްވުމަށް ބޭއްވުނު ޖަލްސާއެކެވެ.
މި ޑައިރެކްޓް ފްލައިޓަކީ އިޒްރޭލާއި އަރަބި ގައުމުތަކާ ދެމެދު ގުޅުން ވަރުގަދަ ވެފައިވާކަމުގެ ހެއްކެއް ކަން ނަތަންޔާހޫގެ ވާހަކަކޮޅުގައި ފާހަގަކުރެއްވިއެވެ. އަދި ކުރިޔަށް އޮތްތަނުގައި މި ގުޅުން އިތުރަށް ހަރުދަނާ ވެގެން ދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
2 Responses
muslimunnakee dhashun dharajaige adhuvvun kamah bunanee yahoodheen! Yahoodheen dhuvahaku vess muslimunnah heveh neydhene! Maa heyo boduvegen thi ulhenee Muslim gaumu thakeh thalhaa sunnaafathi kuran kan hama yageen.
އެހެންވީމާ ފަލަސްތީނު މިނިވަންކުރަން އުނދަގޫވަނީ. އިޒްރޭލަށް ފަލަސްތީނަށް ބޭނުންހާގޮތެއް ހަދާލެވޭ ސަބަބަކީ ތިއީއެވެ. ވަރަށް ހިތަމަ ހުއްޓެވެ.