އިންޑިޔާގެ ނެގަލޭންޑްސްގެ ޕޮލިސް ޑިޕާޓްމެންޓް ގެ ޗީފް، ޓީޖޭ ލޮންގް ކުމާރް މިދިޔަ އާދިއްތަ ދުވަހު އެ ގައުމުގެ މީޑިޔާތަކަށް މައުލޫމާތު ދެއްވި ގޮތުގައި މިދިޔަ އަހަރު އެ ގައުމުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިނެ އާންމުންގެ ބަޔަކު މަރާލި މައްސަލައިގާ ޝާމިލްވާ 30 ފުލުހުންގެ މައްޗަށް މިހާރު ވަނީ ކުށް ސާބިތުވެ ދައުވާ އުފުލާފައެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ހާދިސާގައި މަރުވެފައިވަނީ ކޮންޔަކް ޓްރައިބްއަށް ނިސްބަތްވާ 13 މީހުންނާއި ސިފައިންގެ މީހެކެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ފުލުހުންނަށް އެމީހުންނަކީ ހަނގުރާމަވެރި ބައެއް ކަމަށް ޝައްކު ކުރެވުނު ހިސާބުން ފުލުހުންގެ ގަވައިދުތަކަށް އަމަލުކުރުމުގައި އެމީހުން އިހުމާލުވުމުގެ ސަބަބުންކަމަށް ޕޮލިސް ޗީފް ވިދާޅުވިއެވެ.
ހާދިސާގައި މަރުވި އާންމުންގެ މީހުންނަކީ އެއްވެސް ބާވަތެއްގެ ހަތިޔާރެއް ހިފައިގެން ތިބި ބައެއް ނޫންކަމަށާއި އެމީހުން ދަތުރުކުރަމުން ދިޔައީ ކައިރި މިޔަންމާ ޑިސްޓްރިކްޓްގައި ވަޒީފާ އަދާކުރުމަށް ފަހު އެމީހުންގެ ސަހަރަށް ދިޔުމަށް އައި ޕިކަޕެއްގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެކަމުގައި ބައިވެރިވި 30 ފުލުުހުންގެ މައްޗަށް މިހާރު ކުށް ސާބިތުވެފައިވާ ކަމަށާއި ހުކުމް ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ ގައުމުގެ މީޑިޔާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.