ޔާމިންގެ ގެކޮޅަށް ގެއްލުން ދިން ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 ކުރީގެ ރައީސް އަބްދުއްލާ ޔާމީން ހައްޔަރު ކުރަން ގޮވާލައި އެމަނިކުފާނުގެ ގެކޮޅު، ހ. ދޫވެއްސައް ސްޕްރޭ ކޮށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މީހާ ހައްޔަރުކޮށްފައިވަނީ ރައީސް ޔާމީން ގެ ކޮޅުގެ ދޮރަށާއި ގަރާޖު ގޭޓަށް ސްޕްރޭކޮށްފައި ވާހަކަމަށް ތުހުމަތުކޮށް ފައި ވެއެވެ.

 އޭގެ އިތުރުން އެ ގޭކައިރި ހުންނަ ޕީޕީއެމް އޮފީހަށާއި އެ އޮފީހުގައި ހަރުކޮށްފައި ހުރި ޕޯސްޓަރަކަށް ވެސް އެ މީހާ ސްޕްރޭކޮށްފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.

ފުލުހުން މިއަދު ބުނީ ޔާމީންގެ ގެކޮޅާއި އަދި ޕީޕީއެމް އޮފީހަށް ސްޕްރޭކޮށް ގެއްލުންދިން މައްސަލައިފައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. .

އިއްޔެ ހައްޔަރުކުރި އެ ޒުވާނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް އިތުރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް