މިދިޔަ އާދިއްތަ ދުވަހު ފޮރިން މިނިސްޓްރީގެ ދެމަގާމަކަށް ރައސް އިބްރާހީމް މުހައްމަދު ޞާލިހް ބަދަލުގެންނަވައިފިއެވެ. މި ގޮތުން އެމަނިކުފާނު ވަނީ އެމްބެސެޑަރު އެޓް ލާޖް ކަމަށް އަލްފާޟިލް އަބްދުލް ޣަފޫރު މުހައްމަދު އަދި ފޮރިން ސެކެޓަރީ ކަމަށް އަލްފާޟިލް އަހުމަދު ލަތީފް އައްޔަން ކުރައްވާފައެވެ.
މީގެ ކުރިން އަބްދުލް ޣަފޫރު ހުންނެވީ ފޮރިން ސެކެޓަރީ ކަމުގެ މަޤާމުގައެވެ. އެބޭފުޅާ ވަނީ ހެޑްކުއާޓާރސް ހިމެނޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.
މީގެ އިތުރުން، ޣަފޫރު ވަނީ ކައުންސެލަރ ކަމާއި ލަންކާއަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ ހައި ކޮމިޝަނަރުކަން ކުރައްވާފައެވެ. އަދި ފަހުން ވަނީ މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ ހައި ކޮމިޝަނަރުކަން ވެސް ކުރައްވާފައެވެ.
ފޮރިން ސެކެޓަރީ ކަމުގެ މަޤާމަށް އައްޔަނު ކުރުމުގެ ކުރިން އަހުމަދު ލަތީފު ވަނީ ފެޑެރަލް ރިޕަބްލިކް އޮފް ޖާރމަނީ އަށް ކަނޑައަޅާފައިވާ ރާއްޖޭގެ އެމްބެސެޑަރުކަން ކުރައްވާފައެވެ.އަދި މީގެ ކުރިން ފޮރިން ސާރވިސްގެ އެކިއެކި މަގާމުތައް ފުރުއްވުމުގެ އިތުރުން އެހެނިހެން ގައުމުތަކުގެ އެމްބަރސަޑަރކަން ވެސް ކުރައްވާފައެވެ.
One Response
އެހެންވީ މާ ލަތީފަކަށް އެހޭ ދެރަގޮތެއް ނޫނެއްނޫންތޯ އެހެއްދެވީ އަކީ. އަންނިގެ މީހެއްވީމާ ޖަރުމަނުން ގެނައީއޭ ކިޔައިގެން އަންނި ފެކްޝަނުން ފޭކް ޖެއްސީނޫންތޯއެވެ. ލަތީފް އަދި ގަފޫރަކީވެސް ޚާރިޖީ ޚިދުމަތުގެ ތަޖުރިބާ ކާރު ދެބޭފުޅުންނެވެ. މަރުޙަބާ!