އިންތި ވަކި މީހަކަށް ވަޒީފާއެއް ހޯދުމަށް މަސައްކަތް ނުކުރާކަމަށް ވިދާޅުވުމުން ހޫނުފެނަށް

Loading

Facebook
Twitter
WhatsApp

އިންތި ވަކި މީހަކަށް ވަޒީފާއެއް ހޯދުމަށް މަސައްކަތް ނުކުރާކަމަށް ވިދާޅުވުމުން ހޫނުފެނަށް

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވަކި މީހަކަށް ވަޒީފާ ހޯދުމަށް މަސައްކަތް ކުރި މީހެއް ނޫންކަމށް ވިދާޅުވެ ވާހަކަފުޅު ދެއްކެވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން އޭނާ އަށް އަމާޒުވެއްޖެއެވެ.

ސަރުކާރުން ވަޒީފާ ހޯދަން އޭނާ އެދިވަޑައިގެންފައި ނުވާނެކަމަށް ވިދާޅުވެ އިންތި ވާހަކަފުޅު ދައްކަވާފައިވަނީ ޗެއާޕާސަން ކަމުގެ އިންތިހާބުގެ ކެންޕޭން ދަތުރެއް އިއްޔެ އިނގުރައިދޫއަށް ކުރައްވައި އެރަށުގައި އެމްޑީޕީގެ މެންބަރުންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އެއްވެސް މީހަކަށް ވަޒީފާ ހޯދައި ދިނުމަށް މަސައްކަތް ނުކުރައްވާކަން ސާބިތުކޮށްދެއްވުމުގެ ގޮތުން އިންތިގެ އަމިއްލަ އާއިލާގެ މީހަކަށް ވެސް ވަޒީފާ ހޯދުމަށް މަސައްކަތްކޮށްފައި ނުވާނެކަމަށް ވިދާޅުވެފައިވެއެވެ.



”އަޅުގަނޑަކީ ހަމަހިލާ ރިސޯޓެއް ހޯދި މީހެއް ނޫން. ފަޅުރަށެއް ހޯދި މީހެއް ނޫން. ޕްރޮޖެކްޓެއް ހޯދި މީހެއްނޫން. ބިޑެއް ކާމިޔާބުކުރަން ދުވަހަކު މީހަކަށްގުޅާ މީހެއް ނޫން. ވަޒީފާއެއް އާއިލާގެ މީހަކަށް ހޯދުމަށްޓަކައި ގުޅިމީހެއް ނޫން“ ޖޯޝާއި އެކީ ވާހަކަފުޅު ދައްކަވަމުން އިންތިވިދާޅުވިއެވެ.


އިންތިގެ އިޚްލާސްތެރިކަން އަންގަވައި ދެއްވުމަށް ދެއްކެވި މި ވާހަފުޅުތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި މިހާރުދަނީ އިންތި މަޖިލީހުގައި ދެއްކެވި ވާހަކަފުޅަކާއި އެކު ވީޑިއޯއެއް ދައުރުވަމުންނެވެ. އެ ވީޑީއޯއިން ފެންނަނީ އިންތި ގުރައިދޫގައި ދެއްކެވި ވާހަފުޅާއި އަދި އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވަކިމީހަކަށް ވަޒީފާއެއް ހޯދަވަން މަސައްކަތް ކުރެއްވިކަމަށް އަމިއްލަފުޅަށް އެއްބަސްވެ ވާހަކަފުޅު ދައްކަވަނިކޮށެވެ.



”އަޅުގަނޑުގެ ރިކުއެސްޓަކަށް ސިޔާސީ މަގާމެއް މީހަކަށް ދޭން ހުށަހެޅީމަ މާ ފަހުން ފުރަތަމަ ދައުރަށް ހޮވިވަޑައިގެންނެވި ބޭފުޅުން އަޅުގަނޑުގެ މައްޗަށް އިސްކޮށްފައި އެބަ ވަޒީފާދޭ. ހިނގާފައި އެބަހުރި މިކަކަން.“ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވިއެވެ.

މިވީޑިއޯ ސޯޝަލް މީޑިއާގައި ވައިހިފައިފައިވާއިރު އެމްޑީޕީގެ ބައެއް މެންބަރުންވެސް ވަނީ އިންތިއަށް ފާޑު ވިދާޅުވެ ކޮމެންޓްތައް ކޮށްފައެވެ. އެގޮތުން އަމިއްލައަށް މާ އިޚްލާސްތެރިއަކަށްވާން މަސައްކަތް ނުކުރުމަށް އެކަކު ކޮމެންޓް ކޮށްފައިވާއިރު އެހެން މީހަކު ބުނެފައިވަނީ ރާއްޖެތެރޭ މީހުން ހައްދައިގެން ވޯޓު ހޯދުމަށް މަސައްކަތް ކުރައްވަނީ އެމީހުންނަކީ މަޖިލީހުގައި ހާވާ ހަޑި ނޭގޭ ގަމާރުންކަމަށް ހީކުރައްވައިގެންތޯ ސުވާލު އުފައްދާ ކޮމެންޓް ކޮށްފައެވެ.
އެ ވީޑިއޯ ޝެއާކުރި އެހެން މީހަކު ބުނެފައިވަނީ އެފަދަ ގޮތަކަށް އޮޅުވާލައިގެން ދޮގުހަދާ މީހަކު އެމްޑީޕީގެ ޗެއާޕާސަންކަމަށް ގެންނަން ހެޔޮނުވާނެ ކަމަށެވެ.

Loading

One Response

  1. ލަނޑާ އެއްވިއްޔާ ގަލުންފެހިކާނެއެވެ. ރާޅާއެކު ދުރަށްޖެހިލާފާ އަނެއްކާވެސް ގަލުން ފެހިކާން އެނބުރި އަންނާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް