ނައިބު ރައީސް ޔޫއޭއީއަށް

Loading

Facebook
Twitter
WhatsApp

 

ވަރލްޑް ގަވަރންމަންޓް ސަމިޓް 2022 ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ދުބާއީއަށް ފުރާވަޑައިގެންފިއެވެ. ރައީސު އޮފީހުން ބުނީ ނައިބު ރައީސްގެ މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެެއް ކަމަށެވެ.

‎މިއަހަރުގެ ވަރލްޑް ގަވަރންމަންޓް ސަމިޓްގެ ޝިއާރެއްގެ ގޮތުން ޕެންޑެމިކަށްފަހު ދުނިޔެއަށް އަންނަމުންދާ ބަދަލަށް ވެގެންދާނެގޮތް ވަޒަންކޮށް ޕެންޑަމިކް ގެ ފަހުގެ ޒަމާނެއްގެ މުސްތަގްބަލް ތަސއްވުރުކުރާނެއެވެ.

މި ސަމިޓްން އެކި ގައުމުތަކުގެ ލީޑަރުންނާއި އެކިއެކި ފަންނުތަކުން ފުންނާބުއުސް ފަރާތްތަކާއި ކަންކަމުގައި ގޮތްނިންމާ ފަރާތްތައް ބައިވެރިވާއިރު އެފަރާތްތަކުގެ މެދުގައި ހިިޔާލުބަދަލުކުރެއްވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ރައީސް އޮފީހުން ބުނީ ނައިބު ރައީސް މި ސަމިޓްގައި ބައިވެރިވުމުގެ ސަބަބުން ތަރައްގީގެ އެކިއެކި ސިޔާސަތުތައް ބައްޓަންކުރެއްވުމަށް ފުރުސަތު ތަކެއް ލިބިގެން ދާނެކަމަށެވެ.

‎މި ދަތުރުފުޅުގައި ޔޫ.އޭ.އީ.ގެ ބައެއް އިސް އޮފިޝަލުންނާއި ބައްދަލުކުރެއްވުމުގެ އިތުރުން ފަހުމުނާމާއެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުރާސްފަތު ދުވަހުއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް