ނެތެމުންދާ ބާވަތްތައް ދިރުވާ އާލާކުރުން ވަރަށް މުހިންމެވެ.

Loading

Facebook
Twitter
WhatsApp

ﷲތައާލާ މިދުނިޔޭގައި ލައްވާފައިވަނީ ހަމައެކަނި އިންސާނުންނެއްނޫނެވެ. ގުނާ އަދަދު ނުކުރެވޭހާ ގިނަ ޖަނަވާރު ތަކާ ދޫނިތައް، ދިރޭސޫފިތަކާ ފަނިފަކުސަ ވެސް ވަނީ ލައްވާފައެވެ.މިތަކެއްޗަކީ އިންސާނުންގެ ދިރިތިބުމާ އެކި ގޮތްގޮތުން ގުޅި ލާމެހިފައިވާ ތަކެއްޗެވެ.

އެހެންކަމުން ކޮންމެ ގައުމަކުންވެސް އެގައުމަކުން ފެންނަ، އެގައުމެއްގަ އުޅޭ ދިރޭތަކެ ދިރުވާ ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ. ފޮޓޯނަމަވެސް ރިކޯޑް ކޮށް ރައްކާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.އަދި ނެތެމުންދާ ވައްތަރުތައް ދިރުވާ އާލާ ކުރުމަކީއެއަށް ވުރެ މުހިންމު ކަމެކެވެ.

1994 ވަނަ އަހަރު އޮފީސް ދަތުރެއްގައި ބުރޫނާއީއަށް ދެވުނެވެ. އެތަނުން ވަރަށް އާދަޔާ ޚިލާފް މިއުޒިއަމް އަކަށް ގެންދިޔައެވެ. އެތަނުގައިވަނީ އެގައުމުގައި އުޅޭ ހުރިހާބާވަތެއްގެ ދިރޭތަކެތި މިއުޒިއަމް ކޮށްފައެވެ. ގިނަތެކެތި ވަނީ ހިއްކާ ޕްރިޒަރވް ކޮށްފައެވެ.ބޮޑެތި ރާމާ މަކުނުންފެށިގެން ދޫނިތަކާ ޖަނަވާރުތަކެވެ. ބައެއް މަސްމަހާމެހި އަދި މޫދުގެ ދިރުންތައް ލޮނުފެނުގެ ކޮށިތަކުން ފެނެއެވެ. އަދި ނޫނީ ކުލަފޮޓޯ ތަކުން ފެންނަން ހުރެއެވެ. އިންސާނުން ފިޔަވާ އެގައުމުގަ އުޅޭ ދިރޭ އުރިހާ ބާވަތެއް، ގަސްގަހާހެހިވެސް ހިމެނޭ ގޮތުން އެތަނުގައި ޕްރިޒަރވް ކުރެވި ފެނަން ބަހައްޓާފައި ހުރެވެ.

މިއީ އަންނަން އޮތް ޖީލުތަކަށްޓަކާވެސް ކުރުން މުހިންމު ކަމެކެވެ.

އެމޭޒަންޖަންގަލި ތެރޭން ދުވެފަ އޮނަ ބިޔަ އެމެޒަން ކޯރުގަ އާދަޔާ ޚިލާފް ބިޔަމަހެއް އުޅެއެވެ. މިމަހުގެ ނަމަކީ އަރަޕައިމާ އެވެ. މިޒާތުގެ މަހަކީ ފެނުގެ ކޯރުތަކުގައި އުޅޭ އެންމެ ބޮޑު އެއްމަހެވެ. އަރަޕައިމާ އާންމުގޮތެއްގައި ތިންމީޓަރެއް ހާވަރަށް ބޮޑުވާއިރު 200 ކިލޯގެ ބަރުދަނެއް ހުރެއެވެ.

އަރަޕައިމާ މަހަކީ ކެއުމަށް ވަރަށް މީރު، އަދި އެމެޒަން ސަރަހައްދުގެ ގިނަބަޔަކު އާންމުކޮން ކެއުމަށް ގިނައިން ބޭނުންކުރާ މަހެއް ކަމަށް ވެއެވެ. އަރަޕައިމާ މަސް، ކެއުމަށާ އަދި އޭގެ ހަމުގެ ބޭނުމުގައިވެސް ހިފާއުޅެއެވެ. އޭގެ ހަމަކީ ބުލެޓް ޕްރޫފް ވެސްޓެއްހާ ވަރުގަދަ އެއްޗެއް ކަމަށް ވެއެވެ. މިމަސް ވިހާ ވަކިވަރަކަށް ބޮޑުވަނީ ވިއްސާރަމޫސުމުގައި އެމެޒަން ޖަންގަލީގައި ބޮޑުވާ ފެންގަޑުގައި ކަމަށްވެއެވެ. އަދި ފަހުން ފެންގަޑު ކޯރަށް ދެމިގެންދާއިރު އެމެޒަން ކޯރަށް ފައިބާ އޭގެ ހަޔާތުގެ ދަތުރު ފަށައެވެ.

މިޒާތުގެ މަސް އެމެޒަންކޯރުގައި އެއްއިރެއްގައި ކިތަންމެ ގިނައިން އުޅުނު ނަމަވެސް މީގެ މަސްވެސް ހުސްވި ކަމަށް ވިއެވެ. ނުވަތަ ހުސްވެދާނެތީ ބިރު ހީވި ދުވަސްވަރެއް އައެވެ. އެހެންކަމުން 1990 ގެ އަހަރުތަކުންފެށިގެން ބްރެޒިލް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މިބާވަތް ދިރުވަން ފެށިމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ވިއްސަކަށް އަހަރުތެރޭ މިހާރު ވަނީ އަނެއްކާވެސް ކެއުމަށް ބޭނުންކުރެވޭ ވަރަށް ގިނަވެފައި ކަމަށް ވެއެވެ.

ރާއްޖޭގެ ފުއައްމުލަކުން ފެންނަ ކައްޓެޅި މަހަކީވެސް މީރުމަހެއް ކަމަށް ވެއެވެ. ނަމަވެސް އެބާވަތްވެސް ދިރުވޭނެ ގޮތެއް ނުބަލާ ބޭނުންކުރަމުން ދަނީ ނަމަ ހުސްވުމުގެ ވަގުތު އޮންނާނީ އައިސް ޖެހިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް