ރޯދަ އަށް ހާއްސަކޮށް އިތުރު ވައްތަރުތަކުގެ މަސްދަޅުތަކެއް ތައާރަފްކުރަނީ

Loading

Facebook
Twitter
WhatsApp

 

 

ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން އާ ވައްތަރުތަކެއްގެ މަސްދަޅު ތަކެއް ބާޒާރަށް ނެރެން މިފްކޯއިން ތައްޔާރުވެއްޖެއެވެ.

މިފްކޯއިން ބުނީ ރޯދަމަހަށް ހާއްސަކޮށްގެން ނެރުމަށް ހަމަޖެހިފައިވަނީ ީ ބަނޑައިދޫ މަސް ދަޅާއި ސްޕައިސީ ލެމަން ވޯޓާ މަސްދަޅު ކަމަށާ މި މަސްދަޅުތައް އަންނަ ހޮނިހިރުދުވަހު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ގިނަ ބަޔެއްގެ މެދުގައި މިހާރު މަޝްހޫރު ވެފައިވާ ހޮޓް ޕެކާއި މިހާރު ބާޒާރަށް ނެރޭ ލެމަން ވޯޓާ މަސްދަޅަކީ ވަރަށް އެއްގޮތް މަސްދަޅެވެ. މިފްކޯއިން ބުނީ މި ދެ ވައްތަރުގެ ތަފާތަކީ ޓޫނާ އިން ސްޕައިސީ ލެމަން ވޯޓާ ތައްޔާކޮށްފައިވަނީ ފެނުގައި ކަމަށް ވުން ކަމަށެވެ.

ރޯދަ މަހާ ދިމާކޮށް މިފްކޯއިން އާ ވައްތަރުތައް ތައާރަފް ކުރަން ނިންމާފައިވާއިރު ރޯދަ އާ ދިމާކޮށް މިފްކޯގެ މަސްދަޅުތަކުގެ ޑިމާންޑް ވަރަށް ބޮޑަށްއަރައިގެން ދެއެވެ. އަދި ރޯދައާ ދިމާކޮށް މިފްކޯއިން ވަނީ މިއަހަރުގެ ރަމަޟާން މަހަށް ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އެއްލައްކަ ރުފިޔާ ދިނުމަށް ވެސް މިފްކޯއިން ވަނީ ހަމަޖައްސާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް