ގަދީމީ ޓްރައިބްއެއް އެމީހުންގެ ގޮތްތައް ދެމެހެއްޓުމަށް މަސައްކަތް ކުރަނީ

Loading

Facebook
Twitter
WhatsApp

ޖަނަވާރަށް ތަން ހެދުމަށްޓަކާ އިންސާނީ ޓްރައިބެއް އުޅެމުން އައި ތަނަކުން ނެރެވިދާނެ ކަމަށްބައެއްމީހުން

ހީނުކޮށްފާނެއެވެ. ނަމަވެސް ޔުގަންޑާގެ ބަޓްވާ ޓްރައިބް، އެމީހުން އުޅެމުން އައި ޖަންގަލީގެ ސަރަހައްދުން މީގެ ތިރީހަކަށް އަހަރުކުރިން ނެރެވުނީ މިސަބަބަށްޓަކައެވެ.އެސަރަހައްދުގައި އުޅޭ ގޮރިއްލާތައް ނެތި ދިއުމުގެ ބިރުއޮތުމާއެކު އިންސާނުންގެ އަމަލުތަކުން އެސޮރުމެންގެ ވެށި ހަލާކު ކޮށްނުލާ ބޭއްވުމަށެވެ

ބަޓްވާ ދަރިކޮޅު، އެމީހުން ޒަމާނުއްސުރެ އުޅެމުން އައި ގެދޮރުން ބޭރުކުރެވުމުން މިހާރު އެމީހުން ދަނީ އެހެން ސަހައްދެއްގައި ޝަރަފްވެރިކަމާއެކު އުޅެވޭތޯ މަސައްކަތް ކުރަމުންނެވެ.

އެމީހުންގެ ޤަދީމީ ޝަގާފަތް ދެމެހެއްޓުމަށް މިހާރުވެސް މަސައްކަތް ކުރަމުންދިޔަނަމަވެސް މިހާރު ކިޔާ ލަވަތަކީ ގިނަފަހަރަށް ކުރީގަހާ ޖޯޝާފޯރިއާއެކު ކިޔާލަވަތައް ނޫން ކަމަށް އެސަރަހައްދުތަކަށް ދާ ފަތުރުވެރިންނާއެހެންވެސް ފަރާތްތަކުން ބުނެއެވެ.

ބަޓްވާ ޓްރައިބްގެ ގިނަ މީހުންނަކީ ކުރިން ޖަންގަލިތެރޭން މާމުއި އެއްކޮށް، އަދި އޭގެ ތާޒާކަމާ މީރު ކަންބުނެދިނުމަށް ފޯރީގައި ލަވަތައް ކިޔާއުޅުނު ބަޔެކެވެ.ނަމަވެސް މާމުއި ނެގުންވެސް މިހާރު މަނާކޮށްފައިވުމާއެކު ލަވަތަކުގައި ހުންނަނީ ހިތާމަވެރި ރާގުކަމަށްވެއެވެ.

މިހާރު އެމީހުން ކުރާކަމަކީ އެހިސާބަށްދާ ފަތުރުވެރިންނަށް އެމީހުން ކުރިން އުޅުނު ހިސާބު ދައްކާލުމަށް ޓުއަރތައް ދިނުމެވެ. ނަމަވެސް މިހާރު އެމީހުން ދައްކާލާ ނެށުންތަކާ ޑާންސް ތަކަކީ ކުރިން ފަރިތަކޮށްފަ ހުންނަ ނެށުންތަކެވެ.

ދުނިޔޭގަ އިހުގަ އުޅުނު ”އިންޑިޖީނަސް“ އޭކިޔާ ޤަދީމީ ޓްރައިބްތަކުގެ މީހުންގެ ދިރިއުޅުމުގެ ކަންތައް ތަކަކީ އެކަންތައް ބެލުމަށް ގިނަބަޔަކު ޝައުގުވެރިމާ ކަންތައް ތަކެވެ. ނަމަވެސް ބަޓްވާ ދަރިކޮޅަށް މިއަދު ޖެހިފައިނީ ހަގީގީ ވެށި ދައްކާލުމުގެ ބަދަލުގައި އޭރުގެ ހެދުންތައް އަޅައިގެންތިބެ ސްޓޭޖްޝޯއެއް ކުޅޭށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް