މަޝްހޫރު ރިއަލިޓީ ސްޓާރ ކިމް ކަރްދޭޝިއަން އަނެއްކާވެސް ހުސް

Loading

Facebook
Twitter
WhatsApp

މަޝްހޫރު ރިއަލިޓީ ސްޓާރ ކިމް ކަރްދޭޝިއަން އަނެއްކާވެސް ”ހުއްސަރިބައި“ ވެއްޖެއެވެ. ކާންޔޭ ވެސްޓް ނުވަތަ އާންމުނަމުންނަމަ ޔީ އާ ކައިވެނިކޮށްގެން ގާތްގަޑަކަށް އަށް އަހަރު އުޅުމަށްފަހު އެމިހުންގެ ވަރީގެ ކަންތައް ނިމިފައިވަނީ ބުދަ ދުވަހު ވަރޗުއަލް ކޮން ބޭއްވި ކޯޓު އަޑުއެހުމެއްގައެވެ.އަދި އެއާއެކު ކިމް ވަނީ އޭނާގެ ނަމާ ގުޅުވާ ކިޔަމުން އައި ”ވެސްޓް“ މިނަމާ ރަސްމީކޮން ވަކިވެފައެވެ.

ކިމް ކަރްދޭޝިއަން، އުމުރުން 44 އަހަރުގެ ރެޕަރ ކާންޔޭ ވެސްޓް ގެ ކިބައިން ވަރިވުމަށް ހުށައަޅާފައިވަނީ މިދިޔަ އަހަރުއެވެ. އަދި އަނެއްކާވެސް ސިންގަލް ވާން އެދޭކަން އޭނާވަނީ މިދިޔަ ޑިސެމްބަރުމަހު އާންމުކޮށްފައެވެ.

ވަރިވުމަށްފަހު ދެމީހުންގެ މުދާ ބަހާނެ ގޮތަކާ އަދި ދެމީހުންނަށް ލިބިފައިވާ ހަތަރު ކުދިން ބަލާނީ ކާކުކަން އަދިވަނީ ކަޑަނޭޅިއެވެ.

މިއީ އުމުރުން 41 އަހަރުގެ ކިމް ކަރްދޭޝިއަން ބޭނުންވެގެން ކުރި ވަރިއަކަށް ވާއިރު، ޔީ ވަނީ އަލުން އެބުރި އައުމަށް ކިމްގެ ކިބައިން އެދިފައެވެ. ނަމަވެސް އޭނާ ސިންގަލް ވާން ވަރަށް ބޮޑަށް ބޭނުން ކަމަށް ކިމް އައީ ތަކުރާރު ކޮށް ބުނަމުންނެވެ.

މިދެތަރިން ޑޭޓް ކުރަން ފަށާފައިވަނީ 2012 ވަނަ އަހަރުއެވެ. އަދި ދެއަހަރުފަހުން ކައިވެނި ކޮށްފައި ވެއެވެ.

ކިމްގެ(ކުރީގެ)ފިރިމީހާ ޔީ އަކީ ރެޕް މިޔުޒިކްގައި މަޝްހޫރު ނަމެކެވެ. މީގެ އިތުރުން އޭނާ ވަނީ ފެޝަން ޑިޒައިނަރެއްގެ ގޮތުންވެސް މަޝްހޫރުކަން ހޯދާފައެވެ.

ކިމް ކަރުދޭޝިއަން ފުރަތަމަ މަޝްހޫރުވެގެން ގޮސްފައިވަނީ 2007 ވަނަ އަހަރު ކަރްދޭޝިއަން އާއިލާގެ މައްޗަށް ހަދާފައިވާ ޓީވީ ރިއަލިޓީ ޝޯއަކުންނެވެ.އަދި އޭގެ ފަހުން އޭނާވަނީ ފެޝަން އަދި ބިއުޓީ ބްރޭންޑްތައް ލޯންޗް ކޮށް އިތުރަށް މަޝްހޫރުވެފައެވެ.

 

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް