ގައުމެއްގެ ރިޔާސީ އިންތިޚާބު 50 އިންސައްތަ އިން ކާމިޔާބު ނުކުރެވޭ ކެންޑިޑޭޓަކު ރައީސް ކަމަށް އިންތިޚާބު ވާގޮތަށް އެއްވެސް ގައުމަކު ރިޔާސީ ނިޒާމެއްގައި އޮންނައެޑެއް އަދި ނާހަމެވެ. އެގޮތަށް ގަބޫލުނުކުރެވެނީ ޔަގީނުންވެސް ސަބަބުތަކަކާއި އެކުގައި ކަން ކަށަވަރެވެ. މިރާއްޖޭގެ ރިޔާސީ އިންތިޚާބު ކޯލިޝަނަކުން ނޫނީ ކާމިޔާބު ނުކުރެވޭ މައްސަލަ ދެނެ ގަނެ އެކަން ރަނގަޅު ކުރުން މާ މުހިންމު ކަމުގައި ދެކެމެވެ.
އަދިވެސް މިފެންނަގޮތުން ބާޢީންނާއި ނުވަތަ ގާޒީންނާއި އެކުގައިނަމަވެސް ކޯލިޝަން ނުހަދާ މިރާއްޖޭގެ ރިޔާސީ އިންތިޚާބު އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބެއް ނުވާނެއެވެ. އެއީ ކޮންމެ ދެމަފިރިއަކަށް ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރެވޭގޮތަށް ގާނޫނުއަސާސީގައި ބަޔާން ކުރެވިފައި ވާތީ ދިމާވާ މައްސަލައެއް ނޫންބާއްވައެވެ؟ ޙައްލު ކުރަންވީ ކަމަކީ ޕާޓީއުފެއްދުން ޒިންމާދާރުގޮތެއްގައި ގާނޫނަކުން އިތުރަށް ފަރުމާކޮށް 10000 މީހުން ހޯދައިގެން ނޫނީ ސިޔާސީ ޕާޓީއެއް ނުހެދޭނެގޮތަށް ނިންމަންވީއެވެ. މިހާރުވެސް ދިހަ ހާސް މީހުން ހަމަނުވާ ޕާޓީތަކަށް ދައުލަތުގެ ޚަޒާނާއިން ފައިސާ ދޫނުކުރެއެވެ. ވީމާ ހަދަންވީ ގޮތަކީ ދިހަހާސް މީހުން އަބަދުމެ ޕާޓީގައި ތިބުން ލާޒިމްކޮށް އެއީ ސިޔާސީ ޕާޓީއެއް އުފަންވެ ދިރިއޮންނަން ބޭނުން ލާޒިމްކުރާ އެންމެ މަދު ޢަދަދުކަމުގައެވެ.
އާބާދީ ގައި ވޯޓްލެވޭ 2 ލައްކައެއްހާ ރައްޔިތުން ދިރި އުޅޭއިރު އެވޯޓް 13ބަޔަށް ބެހެންޖެހޭ މައްސަލަ އެއީ މި ކުޑަކުޑަ އާބާދީގެ ސިޔާސަތަށް ދިމާވެފައިވާ ބޮޑު ހަމަނުޖެހުމެކެވެ. ސާފު މެޖޯރިޓީ މަޖިލީހުން ލިބިދިނުމުން ރައްޔަތުންނަށް ފައިދާވާނޭ މިފަދަ ބަދަލުތައް ގާނޫނު އަސާސީއަށް މިހާރު ގެންނަން ޖެހޭކަމާއިމެދު އެއްވެސް ޝައްކެއްނެތެެވެ. މިރާއްޖޭ ގައި އޮންނަންވީ ގިނަވެގެން 3 ޕާޓީއެވެ. އޭރުން ކޯލިޝަން ނުހަދާ އެންމެ ތާއިދު ބޮޑު ކެންޑިޑޭޓަކަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެއެވެ. ވެރިކަން ލިބުމުން ވެރިކަން ދެމެހެއްޓުމަށް ރައްޔަތުންގެ ބައިތުލްމާލުން އެކިޔާ މަދު މީހުންކޮޅެއް ޕާޓީއަށް ސޮއިކޮށްލަައިގެން އުޅޭ ކޯލިޝަންގެ ވެރިޔާއަށް ބައި ނާޅާ ފަރުޖެއްސިދާނެކަމަށް ފެނެއެވެ.
ރައީސް ނަޝީދު ފަދަ ޑިމޮކްރެސީއަށް ލޯބިކުރައްވަމޭ އަދި ގައުމުގެ ރައީސްކަން އަދިވެސް ކުރައްވަން ބޭނުންފުޅުވެގެން އުޅުއްވާ ބޭފުޅަކު މިފަދަ ކޮސް ވާހަކައެއް ވިދާޅުވުމުގެ ކޮންމެވެސް އެހެން ސިއްރެއް ވާނެކަމަށް ބެލިދާނެއެވެ. ކޯލިޝަނަކުން ވެރިކަން ކުރުމަކީ އެމަނިކުފާނު ހިއްޕުޅާވާކަމެއް ނޫންކަމުގައި ވިދާޅުވެއެވެ. ކޯލިޝަނަކުން އަންނަ ރައީސް ހުންނަވާނީ ހަތަރެސް ފައި ބަނދެވި މިނިވަންކަން ގެއްލިފައޭވެސް ވިދާޅުވެއެވެ.
އެމްޑީޕީގެ ދެސަރުކާރާއި ނިމިދިޔަ ޔާމީނުގެ ސަރުކާރަކީވެސް ކޯލުޝަނަކުން ވުޖޫދުވި ސަރުކާރު ތަކެކެވެ. މިސަރުކާރަށް ވޯޓުހޯދަން ކުރި ކެމްޕޭން ތަކުގައި ފުދުންތެރި ރައްޔިތުންތަކެއް ދައްކާ ދޭނެ ކަމަށް ވަޢުދު ވެފައި ވެއެވެ. އޭގެ ކުރިން ތާހިރު ދިރިއުޅުމެއްގެ ތެރެއިން ހެޔޮވެރިކަމެއް ކުރަންވެސް ވަޢުދު ވެވުނެވެ. އެހެނަސް ދެފަހަރުވެސް މިފެންނަނީ ވަޢުދު ނުފުއްދި ސަރުކާރު ނިމިދާތަނެވެ.
އަނެއްކޮޅުން ގާނޫނު އަސާސީއަށް ބަދަލުގެނައުމުގައި އެއިރަކު ދިމާވާ ވަކި ކަންކަން ޙައްލު ކުރުމަށް މަސައްކަތް ކުރަމުން ދާތަންވެސް އެބަފެނެއެވެ. ނަމަވެސް މިފަދަ ރައްޔަތުމީހާއަށް އެންމެ މުހިންމުކަންތައް އިސްކުރެވޭތަނެއް ނުފެނެއެވެ.
އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒް ކުރުމަށްޓަކާ މިވަގުތަކީ ގާނޫނު އަސާސީއަށް ބަދަލު ގެންނަން އެންމެ މުހިންމު ވަގުތެވެ. އެޕާޓީގެ ފުލް މެޖޯރިޓީ މަޖިލީހުގައި އޮތް މިދަނޑިވަޅުގައި ޢަދުލުއިންސާފާއި ރައްޔިތުންނަށް ދަތިވެފައިވާ އެންމެހައި ކަންކަން އިސްލާޙު ކުރުމަށް މިއީ ރަނުގެ ފުރުޞަތެއް ކަމުގައި ދަންނަވަމެވެ.
ވެރިކަމަށް އާދެވޭނެ މަގުކޮށުމަށްވެސް މިދަނޑިވަޅަކީ އެންމެ މުހިންމު ދަނޑިވަޅެވެ. ގައުމުގެ އާބާދީއާ އެކަށޭނެ މިންވަރެއްގައި ސިޔާސީޕާޓީތަށް ބެހެއްޓެބް ވާނެއެވެ. ދިހަހާސް މެންބަރުން ނުތިބޭ ޕާޓީ ތަކެއް މިފަދަ އާބާދީ ކުޑަގައުމެއްގައި އޮތުމަކީ ގައުމުގެ މަސްލަޙަތަށް ވެސް ނުރަކާ ވާނެ ކަމެކެވެ. އެކަން މިހާރު މިވަނީ ތަޖުރިބާ ކުރެވިފައެވެ. ފިތުނަވެރިކަމާއި މިހެންގޮސް އިސްލާމީ ގައުމެއްގެ ސިފަގެއްލޭވަރަށް ސިޔަސަތު މިވަނީ ޚަރާބުވެފައެވެ.
ވޯޓު ލުމުގެ ޢުމުރު ހަމަވާ 2 ލައްކަމީހުން ނެތް ގައުމެއްގައި ދިހަބާރަ ސިޔާސީޕާޓީ އޮތުމުން އެވޯޓުތައް ބައި ބަޔަށް އެޅި އެއްވެސް ކެންޑިޑޭޓަކަށް % 50 އިންސައްތަ ލިބުމުގެ ފުސަތުލިބުމަކީ ވަރަށް ދަތިކަމެކެވެ. އަނެއް ޙައްލަކީ ޕާޓީތަކަށް ދައުލަތުން ޚަރަދުނުކޮށް ރައްޔަތުންނަށް އެ ޓެކްސް ފައިސާކޮޅު ސަލާމަތް ކޮށްދިނުމެވެ. ދިވެހިން މިހާރު މިވަނީ ސިޔާސީ ޕާޓީތަކުގެ މަތިން ފޫހިވެފައެވެ. ނަމަވެސް ކޮންމެވެސް ޕާޓީއެއްގެ މޯހިރުގައި ހުރެގެން ނޫނީ އެބަޔަކު އިންތިޚާބަކުން މޮޅުވެއްޖެނަމަ ސަރުކާރުގެ ސިޔާސީ ވަޒީފާއެއްގެ ފުރުސަތު ނުލިބޭތީ އެހެންވަކި މަންފާބޮޑުގޮތެއް ނެތުނީމާ އެގޮތުގައި ތިބެނީއެވެ.
ގާނޫނު އަސީސާ އިސްލާޙުކޮށް ގައުމުގެ އަމަން ކަމާ އިސްތުގްލާލު ރައްކާ ތެރި ކުރވޭނެ ގޮތެއް ހޯދާން ޖެހޭނެއެވެ.
2 Responses
މަވެސް ހާދަ ވެރިކަން ކުރާ ހިއްވެޔޭ މަ މިރާއްޖޭގެ ވެރިކަން ކޮށްލަން 5 އަހަރު ދީބަ…މަ ކާނީ މަ ވެރިކަން ކުރަން ދިން ބަޔަކަށްވެސް ދީގެން…
ތިހެންވާނެބާ؟ ވަރަށް ހީނުވޭ. އެންމެންވެސް ބަލާނީ އަމިއްލަ ފައިދާއަށް. ދައްކާނީ ރައްޔަތުން ދީން ގައުމު. ފޭކް ސްޓޯރީސް.