ކެނެޑާގައި މުޒާހަރާ ކުރާމީހުން މުހިންމު ބްރިޖެއް ބަންދުކޮށްގެން ތިބި ތިބުމަށް ނިމުމެއް

Loading

Facebook
Twitter
WhatsApp

ކެނެޑާގައި ކޮވިޑް ވެކްސިން ޖެހުމަށް މަޖްބޫރު ކުރާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށްބުނެ މުޒާހަރާ ކުރަން ނިކުތް މީހުން ކެނެޑާ އަދި އެމެރިކާ ގުޅުވާދޭ ސަރަހައްދީ ރޮގުހުރަސްކޮށް އަޅާފައިވާ އެމްބެސެޑަރ ބްރިޖް ބަންދުކޮށްގެން ތިބިތިބުން ނިމުމަކަށް ގެނެސް ،ކޯޓު އޯޑަރަކާ އެކު ފުލުހުން ނިކުމެ އެއްވުން ރޫޅާލަން ފަށައިފި އެވެ. ކޯޓު އަމުރެއް ހޯދުމަށް މަސައްކަތް ކޮށްފައިވަނީ ކާރުގެ ސްޕެއަރ އުފައްދާ ފަރާތްތަކުގެ ޖަމިއްޔާ އޮޓޯމޯޓިވް ޕާޓްސް މެނުފެކްޗަރާސް އެސޯސިއޭޝަން ގެ ފަރާތުންނެވެ. އެފަރާތުން ބުނި ގޮތުގައި މުޒާހަރާކުރާ ފަރާތްތަކުން މަގުތައް ބަންދު ކޮށްގެން ތިބުމުން އެމީހުންގެ ވިޔަފާރިތަކަށް ދުވާލަކަށް ފަންސާސް މިލިއަނެއްހާ ޑޮލަރުގެ ގެއްލުން ވާކަމުގައެވެ.

ކޯޓު އޯޑަރާއެކު ކެނެޑާ ފުލުހުން ވަނީ މިގޮތަށް މަގުބަންކޮށްގެން ތިބުމަކީ ޖިނާއި ކުށެއްކަން މުޒާހަރާ ކުރާ މީހުންނަށް އަންގާދީފައެވެ. އަދި ކުށް ސާބިތު ވެއްޖެ ނަމަ އެމީހުންގެ ވެހިކަލްތައް ނެގޭނެ ކަމަށާ އެއާއެކު ކުށުގެ ރެކޯޑެއް ގާއިމްވެ، އެމެރިކާއަށް އެތުރެވުމުގެ މަގުވެސް ބަންދުވީކަން ބުނެދީފައިވެއެވެ. އަދި މުޒާހަރާ ރޫޅާލާ އެބުރި މަސައްކަތު ނިކުތުމަށް ނަސޭހަތްތެރިވެފައި ވެއެވެ.

ވިޔަފާރީގެ މުހިންމު ބޭނުންތަކަށް ގާއިމް ކޮށްފައިވާ ބްރިމަގު ކެނެޑާގެ އޮންޓޭރިއޯ އިން އެމެރިކާގެ ޑިޓްރޮއިޓް އަދި މިޗިގަން ގުލުވާ ދެއެވެ. ޓްރަކް ދުއްވާ މީހުން މައިގަޑު ގޮތެއްގައި ބައިވެރިވި މުޒާހަރާގެ ބައިވެރިން މުހިންމު ތިން ދިމާލަކުން މަގުތައް ބަންދު ކުރިއެވެ.

ކެނެޑާގެ ފުޅާވަމުން ދިޔަ މުޒާހަރާ ތަކާބެހޭ ގޮތުން ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވެސް ވަނީ އެމެރިކާގެރައީސް ޖޯބައިޑަން އާ މަޝްވަރާ ކުރައްވާފައެވެ. އަދި މުޒާހަރާ ކުރާމީހުންނަށް ވިސްނާ ދެއްވޭތޯ ބައްލަވާފައި ވެއެވެ. އެމީހުންގެ އަޑު އައްސަވައިފިން ކަމަށާ ދެން އެބުރި މަސައްކަތު ނިކުތުމަށް އެދި ވަޑައިގެންފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް