ޖޫން 2020 ގައި ޗައިނާއިން އެދިގެން އޭ އައި އައި ބީ (އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓުމަންޓް ބޭންކު) ން 750 މިލިއަން ޑޮލަރުގެ ލޯނު އިންޑިއާއަށް ދިނުމަށް ހުއްދަދިނެވެ. މިއި ކޮރޯނާ ވައިރަސްގެ ބަލާއާފާތާއި ކުރިމަތިލުމަށް އެހީތެރިވުމަށެވެ.
އޭގެ ދެމަސްފަހުން، ކޮރޯނާ ވައިރަސްގެ ބަލާއާފާތާއި ކުރިމަތިލުމަށް އެހީތެރިވުމަށް ދިވެހިރާއްޖެއަށް އިންޑިއާއިން ދިން 250 މިލިއަން ޑޮަލަރުގެ ލޯނުއެހީއަށް ދިވެހި ސަރުކާރުންވަނީ ހިތުގެ ފުންމިނުން އިންޑިއާއަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން، ގްރޭޓަރ މާލޭ ގުޅުވާލުމުގެ ބިޔަ ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް އިތުރު 550 މިލިއަން ޑޮަލަރުގެ ލޯނުއެހީއެއްވަނީ ދީފައެވެ. މިއީ އިއްތިފާގަކަށް ވެދާނެބާއެވެ؟
އިންޑިއާއަށް އޭ އައި އައި ބީން ދިން ލޯނުގެ ވާހަކަ އިންޑިއާގެ ޚަބަރުފަތުރާ މީޑިއާތަކުގެ އިތުރުން ރޮއިޓާރސްއާއި ބައިނަލްއަގުވާމީ ގިނަ މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.
ޗައިނާާގެ އޭ އައި އައި ބީން އިންޑިއާއަށް ލޯނު ލިބެންދެން، އިންޑިއާއިން ދޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް އިންޑިއާއިން އެހީނުވެ ތިބީ ކީއްވެބާއެވެ؟ މިއީ އުފެދޭ ސުވާލެކެވެ. އެހެންނޫންނަމަ، އެހުރިހާ ދުވަހަކު އެ އެހީ ކޮބައިބާއެވެ؟
މިއީ ޚިޔާލު ތަފާތުވާ މައްސަލައެކެވެ. ސަބަބަކީ އިންޑިއާއަށް ތާއީދު ކުރާ މީހުން ބުނާގޮތުން، ޗައިނާގެ ބާރު ހިނގާ ބޭންކަކުން ނުވަތަ ތަނަކުން ލޯނު ނެގުމަކީ ވަރަށް ނުރައްކަތެރި ކަމެކެވެ. ނުވަތަ އެއީ އޭޝިއާގެ ހުރިހާ ގައުމަކަށްވާ ދަންތުރައެކެވެ. އެހެންނަމަވެސް، އިންޑިއާއިން އެދިގެން އިންޑިއާއިންވަނީ ޗައިނާއިން މާލީ އެހީތެރިކަން ހޯދާފައެވެ.
މިހާރު ގިނަ މީހުންނަށް ގަބޫލު ކުރެވޭ ގޮތުގައި، އިންޑިއާއިން އެމީހުންގެ އަމިއްލަ ފައިސާ ދިވެހިރާއްޖެއަށް ޚަރަދު ކުރުމުގެ ބަދަލުގައި، ޗައިނާއިން ހޯދާ ފައިސާ އެމީހުންގެ ނަމުގައި ދިވެހިރާއްޖެއަށް ފޯރުކޮށްދެނީއެވެ. މިކަމުގައި އޮތީ ކޮން ގޯހެއްތޯ ބަޔަކު ސުވާލު ކޮށްފާނެއެވެ.
މި މުޅި އެޕިސޯޑަކީވެސް ވަރަށް އެހެންކަހަލަ، ދިވެހިންގެ ހިތްތަކުގައި އެތައް ސުވާލު މާކެއް އުފައްދާފައިވާ އެޕިސޯޑުތަކެކެވެ. އިގުތިޞާދީ އެތައް މައްސަލައަކުން ފުރިފައިވާ މިގައުމުގައި ދެފުއްފެންނަ ގޮތަށް ކަންކަން ނުކުރާތީ ކަންބޮޑުވުންވަނީ އުފެދިފައެވެ.
މިލޯނުތަކުގެ އިންޓްެރެސްޓު ރޭޓޭއް، އަދި މިލޯނުތަކުގެ ޝަރުތެއްކަމުގައި އިންޑިއާއިން ކަނޑައަޅާފައިވަނީ ކޮންކޮން ކަންތައްތަކެއްކަމެއް ނޭނގެއެވެ.
https://timesofindia.indiatimes.com/business/india-business/china-backed-aiib-approves-750-million-loan-for-indias-covid-19-response/articleshow/76418117.cms
https://in.reuters.com/article/health-coronavirus-aiib-india/china-backed-aiib-approves-750-million-loan-for-indias-covid-19-response-idINKBN23O0JH
https://www.ndtv.com/business/china-led-development-bank-asian-infrastructure-investment-bank-approves-750-million-loan-to-india-for-covid-19-response-2247596