ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހުއްޓާ ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ފަތުރު ވެރިޔާ އަކީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރަން ގޮސް އެއާޕޯޓްގައި ހުރި ފަތުރުވެރިޔެކވެ.
އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ ފިރިހެނެކެވެ. އެ މީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނީ މި ފަތުރުވެރިޔާގެ މަރާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން އެ މީހާ މަރުވެފައިވަނީ ގުދުރަތީ މަރަކުން ކަމަށެވެ.
އެ ފަރުވެރިޔާ މަރުވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައ ސިގިރޭޓްބޯން ހާއްސަކޮށްފައި ހުންނަ ސަރަހައްދުގައި ހުއްޓާ ކަމަށެވެ.