ރަޝިއާ ޔޫކްރޭނަށް އަރައިފިނަމަ ހުޅަނގުގެ ގައުމުތަކުން ގިނަ ފިޔަވަޅުތަކެއް އަޅަން ތައްޔާރަށް

Loading

Facebook
Twitter
WhatsApp

ހުޅަނގުގެ ގައުމުތަކުގެ އިސްވެރިން ވަނީ ރަޝިއާއިން ޔޫކްރޭނަށް އަރާނެކަމުގެ ބިރުހީވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން އަވަސްކޮށްފައެވެ.

އެމެރިކާއިން ވަނީ ރަޝިއާ ޔޫކްރޭނަށް އަރައިފިނަމަ ޔޫރަޕް ސަރަހައްދުގެ ކަރަންޓް ހިފަހައްޓަން އެހީ ވާނެކަމަށް ބުނެފައެވެ. އަދި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ރަޝިއާގެ ރައީސް ވްލަޑިމިރް ޕުޓިންއަށް ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވިދާޅުވެފައެވެ.

ޔޫކްރޭނަށް ރަޝިއާއިން އަރާނެކަމަށް ބަލައި އެފަދަ ހާލަތަކަށް ސިފައިން ތައްޔާރަށް ބައިތިއްބާނެ ކަމަށް ނޭޓޯއިން ހޯމަދުވަހު ވަނީ ހާމަކޮށްފައެވެ. އަދި އިރުމަތީ ޔޫރަޕްގެ ސަރަހައްދަށް ފައިޓާ ޖެޓްގެ އިތުރުން މޫދު އުޅަނދުވެސް ފޮނުވާނެކަމަށް ނޭޓޯއިން ވަނީ ހާމަކޮށްފައެވެ.

ޔޫކްރޭނަށް އަރަން ނުރާވާކަމަށް ރަޝިއާއިން ވަނީ ތަކުރާރުކޮށް ބުނެފައެވެ. ނޭޓޯ އަދި އެމެރިކާގެ މި އަމަލުތައް ގާތުން ބަލަމުން އަންނަކަމަށް ކްރެމްލިންގެ ތަރުޖަމާނު ޑްމިޓަރިވް ޕެސްކޮވް ވަނީ ބުނެފައެވވެ. އަދި މަސްލަހަތު އިތުރަށް ގޯސްވަމުން އަންނަނީ ނޭޓޯ އަދި އެމެރިކާއިން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ސަބަބުންކަމަށްވެސް އޭނާ ވަނީ ބުނެފައެވވެ.

ޔޫކްރޭނުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އަންގާރަ ދުވަހު ދިން ނޫސްބަޔާނެއްގައި ވަނީ އެހެން ގައުމުތަކުން ކަންބޮޑުނުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ރަޝިއާގެ އިތުރުން ޖާރމަނީ އަދި ފްރާންސްގެ ރައީސުންނާ ބައްދަލު ކުރެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރަޝިއާ ޔޫކްރޭނަށް އަރައިފިނަމަ ރަޝިއާއަށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަނުންވަނީ ބުނެފައެވވެ. މި މައްސަލައިގައި ހުޅަނގު ގައުމުތަކުގެ މެދުގައި ހިޔާލު ތަފާތުވުމެއް ނެތް ނަމަވެސް ޔޫރަޕުގެ ބައެއް ގައުމުތަކުގެ މެދުގައި އަމަލުކުރާނެ ގޮތަކާ މެދު ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

އަންގާރަ ދުވަހު ބައިޑެން ވަނީ އެމެރިކާ ސިފައިން ޔޫކްރޭނަށް ނުފޮނުވާނެ ކަމަށް ބުނެފައިވާ ބުނުން ތަކުރާރުކޮށްފައެވެ. ނަމަވެސް ރަޝިޔާއިން ޔޫކްރޭނަށް އަރައިފިނަމަ ބޮޑެތި ގޮންޖެހުންތައް ރަޝިއާއަށް ކުރިމަތިވާނެކަމަށް ބައިޑެން ވަނީ ވިދާޅުވެފައެވެ.

އިނގިރޭސި ވިލާތުގެ ޕްރައިމް މިނިސްޓަރ، ބޯރިސް ޖޯންސަން ވަނީ ރަޝިއާއިން ޔޫކްރޭނަށް އަރައިފިނަމަ ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ޔޫރަޕްގެ އެހެން ގައުމުތަކަށް ގޮވާލާފައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް