ހައްދުޖެހުން އަދިވެސް ކުރިޔަށް އެބަދޭ

Loading

Facebook
Twitter
WhatsApp

އަޅުގަޑުމެން ކުޑައިރު ގެޔަށް އަންނަ އަންހެނަކު އެއްދުވަހަކު މަންމަގާތު އިނދެގެން ރޯތަން ދުށީމެވެ. އަދި އެގޮތަށް ރޯން ފެށުމުން މަންމަ އޭނާ ކޮޓަރިޔަށް ވައްދައިގެން ކޮންމެވެސް ތަނެއްގަ ބާމު އުގުޅާދީ ހެދިކަން އެނގެއެވެ.

އޭނާ ދިއުމުން މަންމަގާތު އަހާލީމެވެ. އޭނަ ރުއީ ކީއްވެގެން ހެއްޔެވެ؟

މަންމަ ބުންޏެވެ. ނުހަލާލަށް ވިހެއުމުން އޭނާގެ ގައިގައި ހައްދު ޖެހީޔޯލައެވެ. ފައިގެ ފަލަމަސްގަޑުގެ ފަހަތުން ހުރީ ވަރަށް ބޮޑަށް ރަތްވެ ދުޅަވެފައެވެ. މަންމަ ދެރަވެން ބޮނޑިތާން ކޮށްފައި ބާމު އުނގުޅާ ދިނީ އެވެ. އެދުވަހު އެނގުނު ގޮތުގައި އޭނާގެ ގައިގައި އެފަހަރު 200 އެތިފަހަރު ޖެހިއެވެ. އެއީ ދެފަހަރު ނުހަލާލަށް ވިހެއުމުގެޝަޒާ އެވެ.

ހައްދު ޖެހުމާ ބެހޭގޮތުން އަމިއްލަ ހަޔާތުގައި ފުރަތަމަ ލިބުނު މައުލޫމާތަކީ ވެސް އެއީ އެވެ. އޭރު، މިހާރު ގޮތަށް ގިނަ ގިނަ ނޫސްތަކެއް ނުހުރެއެވެ. އަމުދުން އޮންލައިން ނޫހެއް ނުހުރެއެވެ. އެހެން ކަމުން އެފަދަ ކަމެއް ހިނގާދިއަޔަސް އާންމުންނަށް އެކަން އެނގޭނެ މާގިނަ ގޮތްތަކެއް ނޯވެއެވެ.

އޭގެ ފަހުން އައި އަހަރުތަކުގައިވެސް ރާއްޖޭގައިވެސް ހައްދު ޖަހާކަން ފަހުން އެނގުނެވެ. އެއީ އިސްލާމީ ޝަރިޢާގެ ދަށުން ކަނޑައެޅޭ އަދަބެވެ.

މުސްލިމުންގެ އިންސައްތަ އެންމެ މަތި، އިންޑޮނީޝިޔާގެ އަޗޭ ޕްރޮވިންސް ގައި ނިމުނު ހަފުތާގަވެސް ވަނީ ތިން މީހަކު ހައްދު ޖަހާފައެވެ. އެއީ މީހަކާ އިދެގެން ހުރެ ހިލޭ ފިރިހެނަކާއެކު ޒިނޭ ކުރި އަންހެނަކާއި އޭނާއާ އެކު އެކަން ކުރި ފިރިހެން މީހާއެވެ. މީގެ އިތުރުން ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގި ފިރިހެނަކު ވެސް ވަނީ ސަތޭކަ އެތިފަހަރުން ހައްދު ޖަހާފައެވެ. ޒިނޭކުރި އަންހެން މީހާއާއި ފިރިހެން މީހާގެ ތެރެއިން ފިރިހެން މީހާ ކުށަށް އިއުތިރާފް ވެފައި ނުވާތީ އޭނާއަށް އައީ ތިރީސް އެތިފަހަރެވެ. އަދި އޭނާ ފަހުން އެޕްރޮވިންސްގެ ޝަރީއާ ކޯޓުގައި އެޕީލް ކުރުމުގެ ސަބަބުން އެ އަދަބުވެސް ވަނީ 15 އެތިފަހަރަށް ކުޑަކޮށްދީފައެވެ. އޭނާޔަށް އައިސްފައިވަނީ އަމިއްލަ އަނބިމީހާ ނޫން މީހަކުދެކެ ލޯބިވާކަން ހާމަ ކުރުމުގެ ކުށުގެ އަދަބެވެ.

ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގި ފިރިހެން މީހާއަށް 100 އެތިފަހަރުން ހައްދު ޖެހުމުގެ އިތުރުން 75 މަސްދުވަހުގެ ޖަލު ހުކުމެއްވެސް އިއްވާފައި ވެއެވެ

އެމްނެސްޓީ އިންޓަރނޭޝަނަލް އިން ދަނީ ހައްދު ޖެހުމަކީ ރަހުމުކުޑަ ލާއިންސާނީ އަދަބެއް ކަމަށް ބުނެ އެކަން ހުއްޓުވޭތޯ މަސައްކަތް ކުރަމުންނެވެ.

 

Loading

2 Responses

  1. ސުރުޚީގައި އޮތް ގޮތުން ހީވަނީ ކުރަންނުޖެހޭ ކަމެއް ބަޔަކު ކުރަނީ ހެންނެވެ. ލިޔުނު މީހަކު ބުނެދޭން އުޅެފައި އޮތީވެސް އެގޮތަށް ދޭހަވާނެހެން ވަރަށް އަނިޔާވެރި ކަމެއްގެގޮތް ދެއްކުމަށެވެ. ތިޔަ އަދަބަކީ ތިޔަ ލިޔުނުފަރާތާއި އަހަރުމެން ޢެންމެން ހެއްދެވި ފަރާތުން ކަނޑައަޅުއްވާފައި އޮތް އަދަބެކެވެ. ތިމާ ކިތަންމެ ނުރުހުނަސް ހެވެއެވެ.

  2. އެމްނެސްޓީ ގުރޫޕް އެގޮތަށް ބޭނުންވާނެތާއެވެ. އެއީ ފިރިފުރާ ރީތި އަންހެނެއްވިއްޔާ އަތްޖައްސާ މޮޑެލާހިތްވާނެއެވެ. ހެޕީއަވާރސް ގެ އަހުލުވެރިންނަށް އިސްލާމީ ޝަރިޢަތް ހުތުރުވާނެއެވެ. އެމީހުން އެކިއެކި އުޒުރުދައްކައިގެން އިންސާނިއްޔަތަށް ޚިދުމަތްކުރާށޭބުނެ ގައުމު ގައުމަށްގޮސް ހަދިޔާ ބަހާ ކޮންމެސްވަރަކަށް އެނެހީތެރިކަން ފޯރުވައިފަ ފިރިފުރާނުވާ ވަރުގެ އަންހެންކުދިން ރޭޕްކޮށް އަދި ވަގަށް ވިއްކާ ޚަބަރުތައް އަޑުއަހަމެވެ. ވީމާ ހައްދެއްނެތި އުޅެން ބޭނުންވާ އިންސާނުންނަށް ދެޖިންސުން ނާއި އެއްޖިއްސުން މަޖާނުކުރެވޭ ގާނޫނުތަކަށްވެސް ނުރުހޭނެއެވެ. އެއްގޮތަކަށްވެސް އެއީކީ ޢަޖައިބެއް ނޫނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް