ޕާކިސްތާންގެ ސްޕްރީމް ކޯޓަށް އައްޔަން ކުރެވުނު ފުރަތަމަ އަންހެން ފަޑިޔާރު މަގާމުގެ ހުވާކުރައްވައި މަސައްކަތާ ހަވާލުވެ ވަޑައިގެންފިއެވެ.
އުމުރުފުޅުން ފަންސާސް ފަސް އަހަރުގެ އައިޝާ މާލިކް ހިމެނިވަޑައިގަންނަވަނީ ސުޕްރީމްކޯޓުގެ ބެންޗުގައި ސޯޅަފިރިހެން ފަޑިޔާރުންނާއެކު އިންނަވާނެ ހަމައެކަނި އަންހެން ފަޑިޔާރުކަމުގައެވެ.
ގާނޫނީ އެކިފަރާތްތަކުންނާ ބައެއް އެކްޓިވިސްޓުން ބުނި ގޮތުގައި މިއީ ވެރިކަމުގައި ފިރިހެނުންގެ މެޖޯރިޓީއެއް އޮންނަ ޕާކިސްތާންގައި އަންހެނުން ނެރުމަށް ގިނަ އަހަރުތަކެއް ވަންދެން ކުރެވުނު މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެކެވެ.
ނަމަވެސް މިކަމާ ދެކޮޅު ފަރާތްތަކުން ތިބީ އެކަމަނާއަށް ވުރެ ސީނިއަރ ކެންޑިޑޭޓުން ތިއްބާ އައިޝާ މާލިކް އިޚްތިޔާރު ކުރެވުމުން އެކަމާ ހިތްހަމަ ނުޖެހިފައެވެ.
ޕާކިސްތާންގެ ޖުޑީޝަރީ ގައި ޒަމާނުއްސުރެ އޮންނަނީ ފިރިހެނުންގެ ބާރެވެ.
ހިއުމަންރައިޓްސް ވޮޗް އިން ބުނި ގޮތުގައި ޕާކިސްތާނަކީ ދެކުނު އޭޝިޔާގައިވެސް ސްޕްރީމްކޯޓަށް އަންހެން ފަޑިޔާރަކު އައްޔަން ނުކުރާ ހަމައެކަނި ގައުމެވެ.
އެގައުމުގެ ހައިކޯޓުގައިވެސް ހިމެނެނީ ހަމަ އެކަނި ހަތަރެއް އިންސައްތަ އަންހެނުންނެވެ.
ޕާކިސްތާންގެ ކޮލެޖް އޮފް ލޯ އަދި ހާވަޑް ޔުނިވަރސިޓީ އިން ތައުލީމް ހާސިލް ކުރައްވާ ފައިވާ ޖަސްޓިސް އައިޝާ މާލިކް ލާހޫރު ސިޓީގެ ހައިކޯޓުގައި ވިހި އަހަރު މަސައްކަތް ކުރައްވާފައިވެއެވެ.
One Response
ތި ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ބަޔަކު ދެކޭނެއެވެ. ރަނގަޅިއްޔާ ރަނގަޅުތާއެވެ.