ފ.ނިލަންދޫގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އިމާރަތްކުރުމަށް މާލާ ހައި ރައިޒިން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.
ނިލަންދޫގައި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީއެވެ. މާލާ ހައި ރައިޒިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަލީ އިސްމާއިލް އެވެ.
މިސްކިތުގެ އަމަލީ މަސައްކަތް އަންނަ މަހުގެ 14 ފެށުމަށް ހަމަޖެހިފައިވާރިރު އެއްބަސްވުމުގައި ވާގޮތުން 365 ދުވަހުގެ ތެރޭ މަސައްކަތް ނިންމަންޖެހެއެވެ.
ދިވެހި ދައުލަތުން 11.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރުމަށް ނިންމާފައިވާ މި މިސްކިތުގައި އަންހެނުންނަށް ހާއްސަ ސަރަހައްދެއްވެސް ހިމެނެއެވެ.
3 Responses
Surukheegai filladhoo liumugaif nilandhoo midheythi kiuntherin gulhuvaaneekihineh
Ey nubaikoh thiothy. Ismail sir mi khabaru kiyaalan feney
ސަންދާނުގެ ހަބަރުތައް ލިޔެ އެޑިޓް ކުރަނީ ނުކިޔަވާތިބި ކުދިންކޮޅެއް ކަންނޭނގެ.. ހެޑިން ކިޔާލިއިރު މި ހިތައްއެރީ މިއަދު އެހެންރަށެއްގަވެސް މިސްކިތެއް އަޅަނީ ބާވައޭ.. ކިތައްމެ ލާދީނީ ސަރުޖާރަކަސް ޔާމިނުގެ ވެރިކަމައްވުރެއް ގިނަ މިސްކިއްތަކާ ދީނީ ކަންކަމައް ކުރިޙަރަދު އެތައްތަނެއް ބޮޑު މިސަރުކާރުގަ.. ދެނެއް ޔާމިނެއް މިގައުމުގެ ވެރިކަމެއް ނުޖުރާނެ….