އިންސާނީ ވަގުފާރީގެ މައްސަލައަކާ ގުޅިގެން ދެ ދިވެއްސަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

އިންސާނީ ވަގުފާރީގެ މައްސަލައަކާ ގުޅިގެން ދެ ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އިންސާނީ ވަގުފާރީގެ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ ރޯޝަނީމާގޭ މޫސާ ފަތުހީ ( 35)  އާއި ހ. ސީސްޕީޑް މުހައްމަދު ވަހީދު ( 65) އެވެ.

މި މައްސަަލައިގައި އެ ދެ މީހުން ހައްޔަރުކޮށް އެމީހުން ހައްޔަރުކޮށް މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ މިދެމީހުންނަށް 10 ދުވަހުގެ ބަންދެއް ޖަހާފައެވެ.

 

ކޯޓް އަމުރުގައި ބުނެފައިވަނީ މޫސާ ފަތުހީ އާއި މުހައްމަދު ވަހީދު އާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަށް ބަލާއިރު، ކުށުގެ ިކާރައަކަށވީ މީހާ އާއި ހެކިވެރިން ދިން ބަޔާންތަކުން ދެ މީހުންނަށް ކޮށްފައިވާ ތުހުމަތަށް ބާރު ދޭކަމަށެވެ.

މި މައްސަލާގައި ހިމެނޭ ވަހީދަކީ އުމުރުން ދުވަސްވީ ބަލި މީހެއް ކަމަށް ކޯޓުގައި ބުނެފައި ވާތީ 10 ދުވަހަށްފަހު އޭނާގެ ބަންދު ރިވިއުކުރުމަށް އޮންނަ އަޑުއެހުމަށް ބަލި ހާލަތާ ގުޅޭ ލިޔެ ކިޔުންތައް ހުށައެޅުމަށް ކޯޓުން ވަނީ އަންގާފައެވެ.

ފަތުހީއަށް ކުރާ ތުހުމަތުތަކަށް އިންކާރުކުރަމުން އޭނާގެ  ވަކީލުން ބުނެފައިވަނީ އޭނާއަކީ މިކަމުގައި ބައިވެރިވާ މީހެއް ނޫން ކަމަށާއި ފަތުހީގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ވަހީދު ބުނެގެން ކޮށްދިން ކަމެއްގެ ސަބަބުންކަމަށެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލާގައި އިންސާނީ ވަގުފާރީގެ ޝިކާރައަށްވީ މީހާއަށް ބިރުދައްކަން އަދިވެސް މައްސަލައިގައި ހިމެނޭ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް