ކީރިތި ރަސޫލާ މުހައްމަދު ﷺ އަށް މަލާމާތް ކުރުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނޫން!: ޕުޓިން

Loading

Facebook
Twitter
WhatsApp

ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް މަލާމާތް ކުރުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނޫންކަމަށް ރަޝިއާގެ ރައީސް ވްލަޑިމިރް ޕުޓިން ވިދާޅުވެއްޖެއެވެ.

ރަޝިއާގެ ނޫސް އޭޖަންސީއެއް ކަމަށްވާ ޓީއޭއެސްއެސް ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕުޓިންގެ އަހަރީ ނޫސްވެރިންގެ ބައްދަލުވުމުގައި، ޕުޓިން ވަނީ ކީރިތި ރަސޫލާ ﷺ އަށް މަލާމާތްކުރުމަކީ ”ދީނީ މިނިވަންކަމަށް ހުރަސްއެޅޭ ކަމެއް ކަމަށާއި އިސްލާމް ދީނަށް ތަބާވާ މީހުންނަށް އެޅޭ ހުރަހެއް“ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޕުޓިން ވަނީ ދެ ވަނަ ބޮޑުހަނގުރާމައިގައި މަރުވި ރަޝިއާގެ ސިފައިންނަށް ހަދާފައިވާ ”ދަ އިމޯޝަލް ރެޖިމެންޓް“ ވެބްސައިޓްގައި ނާޒީ ސިފައިންގެ ފޮޓޯ ބަހައްޓާފައި ވާތީ އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ.

މިފަދަ އަމަލުތަކުގެ ސަބަބުން ހައްދުފަހަނަޅާފައިވާ ފަރާތްތަކުގެ ޝިކާރައަކަށް ވުމުގެ ފުރުސަތު ބޮޑުވާ ކަމަށްވެސް ޕުޓިން ވިދާޅުވިއެވެ. މިކަމުގެ މިސާލެއްގެ ގޮތުގައި ކީރިތި ރަސޫލާ ﷺ އަށް މަލާމަތްކޮށް ކާޓޫން ކުރެހި ޗާލީ ހެބްޑޯ މެގަޒީންސްގެ ޕެރިސްގައި ހުންނަ ހެޑް އޮފީހަށް ދިން ހަމަލާ ޕުޓިން ވަނީ ފާހަގަ ކުރައްވާފައެވެ.

ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ވެސް ހައްދެއް އޮންނަ ކަމެއް ކަމަށާއި އޭގެ ސަބަބުން އެހެން ކަންކަމަށް ބުރޫ އަރައިގެން ނުވާނެ ކަމަށެވެ.

ރަޝިއާ އަކީ ގިނަ ނަސްލު ތަކެއްގެ ގިނަ ދީންތަކަކަށް ތަބާވާ ރައްޔިތުން ދިރިއުޅޭ ތަނަކަށް ވުމާ ގުޅިގެން ރަޝިއާގެ ރައްޔިތުން ތަފާތު ސަގާފަތްތަކަށް އިހުތިރާމު ކުރާކަން ޕުޓިން ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެހެން ގައުމުތަކުން ތަފާތު ސަގާފަތްތަކަށް މިފަދައިން އިހުތިރާމު ނުކޮށްފާނެ ކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

 

Loading

One Response

  1. ޑެންމާކުގައި ﷲ އަށް ގޮންޖަހައި ރަސޫލާ( ޞޢވ ) އަށް ފުރއްސާރަ ކުރި މަސްއަލާގައި ކެރަފާ ނަޝީދު އަށް ފިޔަވަޅު އެޅުމަށް ގޮވާލަން.
    ** މިކޮމެންޓު ޖަހާނެބާ?

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް