ކުޑަކުދިންނަށް ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށްގެން ހިންގުމަށް އަންގައިފި

Loading

December 13, 2021
profile
Facebook
Twitter
WhatsApp
Maldives Dhivehi News

 

ކުޑަކުދިންނަށް ކިޔަވައދޭ ތަންތަން ރަޖިސްޓްރީކޮށްގެން ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އުގަންނައިދޭ ތަންތަން ރަޖިސްޓްރީ ކުރުމަށް އަންގައި މިކަމާގުޅޭ ގަވާއިދު ”ސްކޫލްތައް ފިޔަވާ، ކިޔަވައިދޭ އެނޫންތަންތަން ރަޖިސްޓްރީ ކުރުމާއި ހިންގުމުގެ ގަވާއިދު“ ވަނީ މިހާރު ގެޒެޓްގައި އާއްމުކޮށްފައެވެ.

މިގަވާއިދުގެ މަގްސަދަކީ، ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރުމާއި ހިންގުމުގައި އަމަލުކުރާނެ އެންމެހައި އުސޫލުތައް ބަޔާންކުރުމެވެ.

މި ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކުރަންޖެހޭ ތަންތަން:

  • ބޭބީ ނާސަރީއާއި ނާސަރީއަށް ކިޔަވައިދޭ ތަންތަން
  • ޕްރީ ސްކޫލާއި ޅަފަތުގެ ތަޢުލީމުގެ ބޭނުމަށް ހިންގާ އެ ފެންވަރުގެ ތަންތަން
  • ޓިއުޝަންދޭ ތަންތަން
  • ގުރުއާން ކްލާސްތައް
  • ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމާއި ތަމްރީންދޭ ތަންތަން
  • 18އަހަރުން ދަށުގެ ކުދިންނަށް ދެވޭ ތައުލީމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް ހިންގާ އެހެނިހެން ތަންތަން

މީގެތެރޭގައި އޮންލައިންކޮށް ކިޔަވައިދޭ ތަންތަނާއި ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭ ތަންތަން ވެސް ހިމެނެއެވެ.

މި ގަވާއިދުގެ ދަށުން ކުޑަކުދިންނަށް ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކުރާއިރު، މިނިސްޓްރީން ކަނޑައަޅާ ވަކި މިންގަނޑުތަކަކަށް ބަލާނެއެވެ. އެގޮތުން ކިޔަވައިދޭ ތަންތަނުގައި ކިޔަވައިދޭ ޕްރޮގްރާމްތަކާއި މިންގަނޑުތަކަށްވެސް ބަލާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ތައުލީމުދޭ މިފަދަ ތަންތަނުގެ ތެރެއިން ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ ތަންތަން ދެ މަސްދުވަގެ ތެރޭގައި، މި ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީކުރުމަށްވެސް އަންގާފައެވެ. އަދި މިހާރުވެސް ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ތަންތަން، ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީ ކުރުމަށް 20 ދުވަހުގެ މުހުލަތެއްވަނީ ދީފައެވެ.

ގަވާއިދުގައިވާ ގޮތަށް ރަޖިސްޓްރިކުރުމާއި ނުލާ ހިންގާ ތަންތަނާމެދު ފިޔަވަޅުއަޅާ، އެފަދަ ތަންތަން ވަގުތުން ބަންދުކުރުމަށް އެންގުމާ އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށައެޅުމުގެ ބާރު މިގަވާއިދުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީއަށް ލިބެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް