ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް މުއްދަތު އިތުރު ކުރުމަށް މަޝްވަރާކުރަނީ

Loading

December 12, 2021
profile
Facebook
Twitter
WhatsApp
Maldives Dhivehi News

 

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް މަޝްވަރާ ކުރަމުންދާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ދީފައިވާ މުއްދަތު މި މަހުގެ ނިޔަލަށް ހަމާވާނެ ކަމަށާ ނަމަވެސް ތަކެތި ލިބުން ދަތިވުމާއި އަދި އެކި ކަހަލަ ސަބަބުތަކާހެދި ފްލެޓްތައް ލިބުނު ގިނަ އަދެއްދެއްގެ ބަޔަކަށް ފްލެޓްގެ ފިނިޝިން ނިމިފައި ނުވާކަމަށެވެ

. އަދި ފްލެޓްތަކުގެ ފިނިޝިން ނިންމުމަށް އިތުރު ފުރުސަތެއް ދިނުމަށް ގިނަ ބަޔަކު އެދެމުންދިއުމާއެކު އިތުރުމުއްދަތެއް ދިނުމަށް ސަރުކާރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން އަންނަކަމަށެވެ.

ހިޔާ ފްލެޓެއްގެ މަހު ކުއްޔަކީ 8500 ރުފިޔާ އެވެ. ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނިންމައި، ކުލި ނެގުމަށް ކުރިން ހަމަޖެއްސީ އޮކްޓޯބަރުގައެވެ. ނަމަވެސް އެ މުއްދަތު އިތުރުކޮށް މިއަހަރު ނިޔަލަށް މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ހިޔާ ފްލެޓްތައް ލިބުނު ގިނަ ފަރާތްތަކަކުން އަންނަނީ ފްލެޓް ކުލި ކުޑަކުރުމަށާއި ފިނިޝިން ނިންމުމަށް އިތުރު ވަގުތު ދިނުމަށް ތަކުރާރުކޮށް ސަރުކާރަށް އެދެމުންނެވެ. އަދި މާލޭ ސިޓީ މޭޔަރު މުއިއްޒުވެސް ވަނީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް މުއްދަތު އިތުކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހުން އެދިފައެވެ.

އެޗްޑީސީން ހިޔާފްލެޓްތަކުގެ ފިނިޝިން އަށް މުއްދަތު އިތުރުކުރުމަށް މަޝްވަރާކުރަމުން އަންނަކަމަށް ހާމަކޮށްފައި މިވަނީ ސިޓީ ކައުންސިލާއި އެޗްޑީސީއާއި ދެމެދު ގިނަ ހަމަނުޖެހުންތަކެއް ހިނގައިފައިވާ ދަޑިވަޅެއްގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް