އިންޑިޔާ ކަނޑުގައި އޮންނަ މި ހިތްފަސޭހަ ރީތި ޖަޒީރާ ރާއްޖެ އަކީ ދުނިޔޭގެ އެންމެހައި ބާރު ގަދަ ގައުމު ތަކުގެ ކަޅި އަމާޒު ކުރެވިފައިވާ ގައުމެކެވެ.
ރާއްޖެ މިނިވަން ކަންމަތީގައި މިހާތަނަށް މިއޮތީ އަޅުގަނޑުމެންގެ ކާބަފައިން ޖާނާއި ފުރާނައިން ގައުމަށްޓަކާ ވި ގުރުބާނީގެ ރަމްޒެއްގެ ގޮތުގައެވެ. މިގައުމު މިނިވަންކަން މަތީގައި ދެމިއޮތުމަކީ މިގައުމަށް އުފަންވި ކޮންމެ ފަރުދެއްގެ ދުޢާއެވެ.
ޒަމާން ބަދަލުވެ ދުނިޔޭގެ ބާރުގަދަ މުއްސަނދި ގައުމުތަކުން ފަގީރު ގައުމުތައް އަޅުވެތި ކުރަމުން އަންނަނީ މިސައިލާ ބޮމާ ބަޑިއަކުން ނޫނެވެ. ދުނިޔެ ތަހުޒީބުވެ ގައުމުތައް އަޅުވެތި ކުރުމުގެ ވައްޓަފާޅިއަށް ވެސް މި ވަނީ ބަދަލުވެފައެވެ. އެގޮތުން ގައުމުތައް އަޅުވެތި ކުރުމަށް މިހާރު ގެންގުޅޭ އުކުޅަކީ ފަގީރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން އަޅުވެތި ކުރުމެވެ. އެހެން ކަމުން މިއީ ރައްޔިތުން ހޭލާ ތިބެންޖެހޭނެ ކަންކަމެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި އިންޑިއާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުން ކޮންމެހެން ރައީސް ޞާލިޙުގެ ސަރުކާރުން ދަމަހައްޓާކަށް ނުޖެހޭނެއެވެ. އެގޮތަކީ ”މިސަރުކާރަށް އެގެން ޖެހޭނެ ސަރުކާރަކީ ރައްޔިތުން ކަން. ރައްޔިތުންގެ ރުހުމާ ނުލައި އެއްވެސް ގައުމަކާ ދެމެދު ޚާއްޞަކޮށް ބޭރުގެ އެއްވެސް ޢަސްކަރިއްޔާ އަކަށް ރާއްޖޭގެ ބިމުން އެންމެ އަކަ އިންޗި ވެސް ދީގެން ނުވާނެކަން.“
ރައީސް ވަޙީދުގެ ވެރިކަން ފެށުމާއެކު އިންޑިޔާގެ ޖީ.އެމް.އާރު ކުންފުންޏާއި ދިވެހިސަރުކާރާ ދެމެދު ވެފައިވާ
އެއްބަސް ވުން އުވާލިއެވެ. އޭގެ ސަބަބުން ދައުލަތުގެ ޚަޒާނާ ދިޔައީ އިނދަޖެހިގެންނެވެ. އެހެނަސް ރައްޔިތުންގެ ރުހުން ނުހޯދައި ކޮށްފައިވާ ކަމެއްކަން، ޖެހިގެންއައި ސަރުކާރަށް އެނގުމުން ގައުމުގެ ދިފާޢުގައި ދައުލަތުގެ ޚަޒާނާ ވެސް ދޮވެލީއެވެ.
”މިސަރުކާރަށް އެނގެންވީ ކަމަކީ ސަރުކާރަކީ ރައްޔިތުންކަން.“ ރައްޔިތުން ގަބޫލުނޫން އެއްވެސް ކަމެއް ސަރުކާރަށް ކުރެވިގެން ނުވާނެކަމެވެ. އެހެންކަމާ އެކު އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އުތުރު ތިލަފަޅުގައި ޑޮކް ޔާޑަކާ ބަނދަރެއްހެދުމުގެ އެއްބަސްވުން އުވާލުމަކީ ގައުމުގެ އަމަން އަމާންކަމާ މަސްލަޙަތަށްޓަކައި ސަރުކާރަށް އޮތް ގައުމީ ވާޖިބެކެވެ. ސަރުކާރު ތަކުން ވެރިކަން ނިންމާފައި ދާއިރު ކޮށްފައި ހުންނަ ގޯސް ކަންކަން ރަނގަޅު ކުރުމަށްޓަކައި މެނުވީ ޖެހިގެން އަންނަ ސަރުކާރަށް ރައްޔިތުން ވޯޓެއް ނުދެއެވެ. ކޮންމެ ސަރުކާރަކުން ވެސް ދައުލަތުގެ ބިމާއި ކަނޑާއި އެއްގަމާއި ވައިގެ މަގު މިނިވަންކަން މަތީގައި ބާއްވަން ޖެހޭނެއެވެ.
މި ގައުމަކީ އަޅުގަނޑުމެންނާ ހަމަޔަށް އަމިއްލަ ވަންތަ ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން ގެނެސްދީފައިވާ އަމާނަތެކެވެ. ސަރުކާރުގެ ބޭނުމަކަށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ އެހެން ކަމެކެވެ.
ކޮށްދެނީ ރައްޔިތުންނަށް ބޭނުންވެފައި އެހެނަސް ވެދާނެ ކަމަށް ރައްޔިތުންނަށް އުންމީދުވެސް ނުކުރެވޭ ވަރުގެ ކަންތަކެވެ. އެކަންކަމަށް ދައްކަން ޖެހޭ ލޯނުގެ ފައިސާ ގައުމާއި ރައްޔިތުންގެ ބޮލުގައި އަޅުވާފައެވެ. ގައުމަށް މުސީބާތެއް ޖެހިގެން ވިއަސް އެއްބަސްވުމުގެ މުއްދަތަށް ފައިސާ ނުދެއްކިއްޖެނަމަ މުޅި ސަރަހައްދުގައި ޖަހާނީ ކޮން ގައުމެއްގެ ދިދަ އެއް ކަމެއްވެސް ނޭނގެއެވެ. މިހިސާބުން ފެށެނީ އަޅުވެތި ކަމުގެ ފުރަތަމަ ބާބެވެ. އެހެން ކަމާއެކު ސަރުކާރުން އިންޑިޔާ ސަރުކާރާ އެކު ވެފައި ވާ އެއްބަސްވުން އުވާލަން ޖެހެއެވެ. ރައްޔިތުންގެ ވެރިކަން ކުރަން ވާނީ ރައްޔިތުން އެދޭ ގޮތަށެވެ.
One Response
މިހާރުގެ އެންމެ ރަނގަޅު ވިޔާފާރިއަކީ ކުދި ކުދި ޕާޓީ ހަދައިގެން ގައުމު ވިއްކާލުމުފައި ބައިވެރިވުން. އަވަހަށް ލާރި ހަދާލުން. ހާދައޭ ކަރަޕްޓީ! އަމާގެ ފަށްޓަރުބައިވެސް ވިއްކާލާނެ.