އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު، ހިޒް އެކްސަލަންސީ މުނު މަހާވަރް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް މިއަދު އަރުވައިފިއެވެ.
ރައީސް އޮފީހުން ބުނީ އިންޑިއާ ސަފީރުގެ ފަތްކޮޅު އެރުއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާރެއްގައި ކަމަށެވެ.
އަދި މި ރަސްމިއްޔާތުގައި އިންޑިއާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކަވައިފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
އަދި ހަމައެއާއެކު އެމަނިކުފާނުގެ ސަފީރު ކަމުގެ ދައުރުގައި ރާއްޖެއާ އިންޑިއާ އާއި ދެމެދުގައިވާ ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވި ކަމަށާ އެމަނިކުފާނު ވަނީ ރާއްޖެއާއި އިންޑިއާ އާއި ދެގައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ހާއްސަ ގުޅުމެއް ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.
ރައީސް އޮފީހުން ހާމަކުރާގިތުގައި މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ އާ ސަފީރު މުނު މަހާވަރު ދެއްކެވި ވާހަކަފުޅުގައި، އިންޑިއާގެ ރައީސާއި ބޮޑުވަޒީރުގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ދަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި، ވޭތުވެދިޔަ ތިނ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް ތައުރީފު ކުރައްވައި، ހާއްސަ ގޮތެއްގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމުގައި ހޯދާފައިވާ ގިނަ ގުނަ ކުރިއެރުންތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި މީގެ މީގެ އިތުރުން، އިޖްތިމާއީ އަދި އިގްތރިސާދީ ތަރައްގީ އާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، ދެގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް ވެސް ދެބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންނެވިކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އާ ސަފީރަށް އެމަނިކުފާނު ސަފީރުކަމާއި ހަވާލުވެވަޑައިގެންނެވުމާއި ގުޅިގެން ހެޔޮއެދުންތައް އަރިސްކުރައްވާފައިކަމަށެވެ. އަދި ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަގީން ކުރައްވާ ކަމުގައި ދެބޭފުޅުންވެސް ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ހާމަކުރެއެވެ.