ގިނަ އަދެއްގެ މަސްތަކުވާތަކެއްޗާއެކު ހަތް މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

މާލެ ސިޓީން ގިނަ އަދަދެއްގެ މަސްތަވާތަކެއްޗާއެކު ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ހަތް މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

ފުލުހުން ބުނީ އެމީހުން ހަތްޔަރުކުރީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އަދި ވިޔަފާރިކުރަމުންދާކަމާއި މާލެއަށް ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ބަނގުރާ އެތެރެކޮށް ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެންކަ މިމަހު 10 ވަނަ ދުވަހު ކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ހަތް މީހުންގެ ތެރޭގައި ހިމެނެނީ 55 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 53 އަހަރުގެ އަންހެނަކާއި 30 އަހަރުގެ އަންހެނަކާއި 24 އަހަރުގެ އަންހެނެއްކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި އެދެގެ ބަލައިފާސްކޮށް ދެ ކިލޯއަށްވުރެ ގިނަ ކެނަބިސް އާއި 200 ގްރާމަށްވުރެ ގިނަ ހެރޮއިން އަދި ބަނގުރާފުޅިއެއް ހޯދާފައިވާކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންނުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 29 އަހަރުގެ މީހާއަށާއި 33 އަހަރުގެ މިހާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވެއެވެ.

އަދި  މުއްދަތު ދިން ދެމީހުންގެ ތެރެއިން އެކަކު  ވަނީ މި އޮޕަރޭޝަނުގައި އެތަނުން އެކެއްގެ ގެއިން ފެނުނު ތަކެއްޗަށް އިއުތިރާފުވެފައިކަމަށް ވެސް ފުލުހުން ބުނެއެވެ.

އަދި މި އޮޕަރޭޝަނުގައި ހައްޔަރުކުރި އަނެއް ފަސް މީހުން ވަނީ ދޫކޮށްލާފައިވާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ޑްރަގް މައްސަލަތަކުގައި ހައްޔަރޔުކުރާ މީހުންގެ ތެރެއިން ބައެއް މީހުން އަމިއްލަ އަށް ހުރިހާ ތަކެއްޗަށް ޒިންމާ ނެގުމަކީ އާންމުކޮށް ކޮށްއުޅޭ ކަމެކެވެ. އެގޮތަށް ޒިންމާ ނަގަނީ ދެންތިބި މީހުން ސަލާމަތް ކުރުވަންވެގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް