ނަރުހަކު ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލަ ފޮރުވުމުން ޓްރީ ޓޮޕްގެ ބައެއް ވެރިންނަށް ދައުވާކޮށްފި

Loading

November 10, 2021
profile
Facebook
Twitter
WhatsApp

 

 

 

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަރުހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލުގެ ބައެއް ވެރިންނަށް ދައުވާކޮށްފިއެވެ.

 

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ޓްރީ ޓޮޕްގެ އިސް މަގާމުތަކުގައި ތިއްބެވި ތިން ފަރާތަކަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ. އެ މީހުންނަށް ދައުވާ ކުރަން ފޮނުވީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނާ މެދު ޖިންސީ އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅުންހުރި މައުލޫމާތު އެ ހޮސްޕިޓަލަށް ލިބުމުން އެ މައުލޫމާތު އެވަގުތު ރިޕޯޓް ކުރަންޖެހޭ މުއައްސަސާތަކަށް ރިޕޯޓް ކޮށްފައި ނުވާތީ ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލްގެ ”ސްޕެޝަލް ކޮމިޓީ އޮން ވޯކްޕްލޭސް ބުލީއިން އެންޑް ހެރަސްމެންޓް“ ގެ މެންބަރުން ކަމަށްވާ، އެމްއޭސީއެލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ޓްރީ ޓޮޕްގެ ހޮސްޕިޓަލުގެ ސީއީއޯ، ބ. އޭދަފުށި ފެންއާރު، އާދިލް މޫސާ އާއި ތ. ގުރައިދޫ ކޮވެލިގެ އާމިނަތު ސުހާ އަދި ސ. ހުޅުދޫ ޑޭޒީވިލާ، ނަޒީރާ ނަޖީބުގެ މައްޗަށެވެ.

މި ތިން ބޭފުޅުންގެ މައްޗަށް ދައުލަތުން އުފުލައިފައި ވަނީ އެނގިހުރެ ނޭންގުމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާގައި ބުނެފައިވަނީ ޑިސެންބަރު 22، 2020 ވަނަ ދުވަހު ޓްރީޓޮޕް ހޮސްޕިޓަލްގެ ނަރުހެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ ރޮމާ ސިމޯރާ ލަޒާޑޯ، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގިކަން އެނގެހުރެ، އެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ނުވާތީ ކަމަށެވެ.

ދައުލަތުން ބުނެފައި ވަނީ މި މައްސަލައަކީ އާންމުންގެ ބަޔަކު އެ އޮފީހަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން ގާނޫނުން ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، މިއަހަރުގެ މާޗް މަހު ފުލުހަށް އަމުރުކޮށްގެން ތަހުގީގު ކުރި މައްސަލައެއް ކަމަށެވެ.

މި މައްސަލައިގައި ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ނަރުސް މީހާ ވަނީ ރާއްޖެއިން ބޭރަށް ފުރުވާލައިފަ އެވެ.

 

Loading

2 Responses

  1. Ladhun boa falhaigen dhaavaru vey huvaa thikahala mii hun vey maran hama insaaniyathu ge kanfulheh ves rahumeh ves nethy thr alhe insaanun thr dhuni yeyga ulhanii

Leave a Reply to ރަގަނޅު ވާހަކައެއް Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް