ގައުމީ ކުތުބުހާނާއި ގައުމީ ދާރުލްއާސާރު ހުޅުވައިފި

Loading

Facebook
Twitter
WhatsApp

 

ކޮވިޑް-19ގެ ބަލިމަޑުކަމާއިގުޅިގެން ބަންދުކުރި ގައުމީ ކުރުބުހާނާ  އާއި ގައުމީ ދާރުލް އާސާރު މިއަދު ހުޅުވައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ލައިބްރަރީ މިއަދު ހުޅުވައިލީ ކޮވިޑުގެ މިހާރުގެ ހާލަތަށް ބަލާބަލާފަ ކަަމަށް ހެރިޓޭޖު މިނިސްޓްރީން ބުނެއެވެ.

ހެރިޓޭޖުން ބުނީ ދާރުން އާސާރު ހުޅުވަނީ ބަދަލުތަކަކާ އެކީގައި ކަމަށާ އެގޮތުން ކުރިން ދާރުލްއާސާރުން ފެންނަން ނެތް ބައެއް އާ އެއްޗެހި މިހާރު ބަހައްޓާފައި ވާނެކަމަށެވެ.

ހެރިޓޭޖު މިނިސްޓްރީން ބުނީ ލައިބްރަރީގެ ހިދުމަތް ކޮންމެ އާދިއްތަ ދުވަހަކުން ބުރާސްފަތި ދުވަހަށް 9:00އިން 15:00އަށް ހުޅުވާފައި ހުންނާނެއެވެ.

އަދި ދާރުލްއާސާރު ހުޅުވާފައި ހުންނާނީ އެދުވަސްތަކުގެ ހެނދުނު 10:00އިން ހަވީރު 16:00 އަށް ކަމަށް ވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުން އެޅި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ގައުމީ ޚުތުބުޚާނާ ބަންދުކުރުމަށްފަހު މިދިޔަ އަހރުގެ ނޮވެމްބަރުމަހުވެސް އެތަން ހުޅުވިއެވެ.

ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވުމުން މާގިނަ ދުވަހެއް ނުވެ ތަން ބަންދުކުރީއެވެ.

 

 

Loading

Leave a Reply

ފަހުގެ އަޕްޑޭޓް