މިނިވަންކަން ގެއްލެމުންދާ މިއަދު ކޮބާ؟ ނައިބުތުއްތު

Loading

Facebook
Twitter
WhatsApp

ދިވެހި ޚާއިނުން ދިވެހި ޤައުމު އެބައެއްގެ މަންފާއާއި ސަލާމަތަށް ވިއްކާލާއިރު ރައްޔިތުން ކުޅިބަލަން ތިބެއްޖެނަމަ މި ދިވެހި ބިމުގައި ލޭ އޮހޮރި އިސްލާމީ ވަހުދަތު ފިލާދާނެކަން އެއީ ކަށަވަރުވެ އެނގޭކަމެކެވެ. މިއަދު އިންޑިއާގެ ކިހިލިފަތް ދަށުވެ އިންޑީއާގެ މިލިޓަރީގެ އަޅުވެތިކަމުގައި ޖެހިި އަދި ބޮޑު ދަރަނީގެ ދަންތުރައަކަށް ފެތިގެން މިދިޔައީ، ދިވެހިން އެމީހަކަށް އިތުބާރުކޮށް އެމީހެއްގެ ފަހަތުން ދުވުނު އެމްޑީޕީގެ ރައީސް ނަޝީދު އާއި ރައީސް މައުމޫނު އާއި ޔާމީނުގެ ސަރުކާރު ވަށްޓަލުމަށް ބައިޢަތުހިފާ ކަނޑައެޅިގެން މޭޑޭގެ ޑުރާމާޖެއްސި، އެ އެއްވުމުގައި ބުހުތާންދޮގު ގެނެސްދިން ޝޭޚު އިމްރާނާއި އެމީހުންގެ ބައިވެރިން ޖަލުން ސަލާމަތްވުމަށް ކަމީ މިހާރު ދެބަސްވެވެން ނެތް ޙަގީގަތެކެވެ.

އެހެނީ އެޑްރާމާއާއި ގޮވި ގޮވެލިފަތި ދިވެހިން ގަބޫލުކޮށް ގައުމަށްޓަކާއި ދީނަށްޓަކާއި އަދި ރައްޔަތުންނަށްޓައި ހެޔޮ ސަރުކާރެއް ގެނެސްދޭން ވީ ވަޢުދުތަށް އިންޑިއާގެ ހައްދުފަހަނާ އަޅައިފައިވާ މޯދީ ސަރުކާރުގެ އަޅުވެތިކަމަށް ބަދަލުކޮށް ވިއްކާލީތީއެވެ. ދިވެހި ގާނޫނު އަސާސީ އަކަށް ދީނަކަށް އެބުނި ރައްޔަތުންނަކަށް ބެލުމެއްނެތިއެވެ. އެގްރީމެންޓް ތަކުގައި ސޮއިކުރީވެސް ވަގަށެވެ. މަޖިލީހަކަށްވެސް އަންގާކަށް ބޭނުމެއްނުވިއެވެ. އާދެ! ގައުމަށްވެވޭނޭ އެންމެ ބޮޑުތަނުން މި މީހުން ގައުމަށް ޚިޔާނާތެރިވެއްޖެއެވެ.

މީގެކުރިން 1887 ގައި ދިވެހިންގެ މިނިވަންކަން ގެއްލުނީވެސް ސިޔާސީވެރިން ޙިމާޔަތް ކުރުމަށެވެ. އެއީ އިބްރާހީމު ދޮށިމޭނާކިލެގެފާނު (ކުރީގެ ބޮޑުވަޒީރު) މާލޭގެ އެތައްމިތަނުގައި އަލިފާންޖަހާ (ބޮޑުހުޅު) އެންމެފަހުން އިބްރާހީމު ދޮށިމޭނާ ކިލެގެފާނަކީ ބޮޑުހުޅުގެ ލީޑަރުކަން ސާބިތުވެ އަނދަގޮޑިއާއެކު އައްޑޫއަތޮޅު ހިތަދުއަށް އަރުވާލީމާ އެމަނިކުފާނު މިނިވަންކުރައްވަން މިދެންނެވި އިބްރާހީމު ދޮށިމޭނާ ކިލެގެފާނުގެ ބައްޕާފުޅު އަތިރީގޭ އަޙުމަދު ދޮށިމޭނާ ކިލެގެފާނު ލަންކާގައި އަރުވާލެވިގެން ހުންނަވާ އަދި އިބްރާހީމު ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން އަބުދުލް ޙަމީދު ދިވެހިރާއްޖޭގެ އެމްބަސެޑަރަކަށް ލަންކާގައި ހުންނަވާ އިނގިރޭސީންނަށް އެކިފާޑުގެ ދޮގުމަޢުލޫމާތު ދީގެނެވެ.

ހިތާމަކޮށް ރޮއި މޮޅިވެ ދެރަވާން ޖެހޭނީ މާދަމާގެ ދަރިންކަން ކަށަވަރެވެ. މިއަދު އިންޑިއާގެ ސިފައިން ރާއްޖޭގެ އެކި ރަށްރަށުގެ ބައެއްމީހުންގެ ގެދޮރު ކުއްޔަށް ހިފައިގެން ބައެއް ދިވެހިންނަށް ފައިސާކޮޅެއް ލިބޭތީ ހަތިޔާރާއެކު އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ އެއްވެސް ކަމެއް ނޫންކަމާއި އެމީހުންގެ ފަރާތުން ލިބެނީ ފައިދާކަމާއި ރާއްޖެއަށް ދިމާވާ ކޮންމެ ޙާލަތެއްގައި އެހީވަނީ އިންޑިއާ ކަމަށް ބުނުމަކުން ދިވެހިންނަށް އިންޑިއާގެ މިލްޓަރީންގެ ނުރައްކަލެއް ނެތްކަމަކަށް ނުބެލެވޭނެއެވެ. ދިވެހިން އެގޮތަކަށް ނުވެސްދެކޭމެއެވެ.

އިންޑިއާ ސިފައިން ދިވެހިރާއްޖެއަށް އަތްގަދަކުރެވުނީތީ އުފާކުރަނީ – އިންޑިއާގެ ވެހިކަލް އިންޑިއާގެ ރަޖިސްޓުރީގައި ރާއްޖޭގައި ބޭނުންކުރަނީ

މިއަދު ރާއްޖޭގެ ކޮންމެދިމާލަކުން ފެންނަމުން މިދަނީ އިންޑިއާގެ މިލިޓަރީން ރުކުރުވާލި މަންޟަރެވެ. ލުތުފީ ބަޣާވާތް، ނޮވެމްބަރު 3 ގައި އިންޑިއާ ސިފައިންގެ އެހީއަށް އެނދުމުން އެމީހުން އައިރު ދިވެހި ސިފައިންވަނީ ޤައުމު ސަލާމަތްކޮށްފައެވެ. ނަމަވެސް އިންޑިއާގެ ސިފައިން ދިވެހި ޤައުމުން ބޭލުނީ އެތަކެއް މަސައްކަތާއި އަދި ފަންސާސް މިލިއަން ޑޮލަރު ދީގެންނެވެ. އެހީވާން ރާއްޖެއެރި އެކުވެރި ރަޙުމަތްތެރި އިންޑިއާ އެދުވަހުވެސް ބޭނުންވީ ދިވެހިރާއްޖޭގައި ދާއިމަށް ތިބުމަށެވެ. އެ ނޮވެމްބަރު 3 ގައިވެސް ދިވެހި ޤައުމު ހިޞޯރުކުރަން މާލެއެރި ތަމަޅައިންނަށް ކާމިޔާބު ކުރުމަށް ފުރުޞަތުދީ އިންޑިއާ ސިފައިންތިބީ ވަމުންދާގޮތް ބަލާށެވެ. ބޭނުމަކީ ތަމަޅައިންނަށް ފުރުޞަތުދީ ތަމަޅައިންނަށް ކާމިޔާބު ލިބުނުނަމަ އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ގެންދިއުމެވެ.

ރައްޔިތުންނޭ ވިސްނަވާ! އިންޑިއާގެ އަޅުވެތިކަމުގައި ކަސްމީރުގެ މުސްލިމުން މިއަދު ތަޙައްމަލް ކުރަނީ އިޒުރޭލުގެ ސިފައިން ފަލަސްތީނަށް ދޭ ޢުދުވާންތަކާ ތަފާތެއްނެތް ލާއިންސާނީ އަނިޔާވެރިކަމެވެ. ގެދޮރުގައި އަލިފާން ރޯކުރުމާއި އަންހެންދަރިންގެ ޢިއްފަތް ފޭރުމާއި މުސްލިމުން ކަތިލުމެވެ. ދިވެހި މަލިކަކީ ދިވެހި ދިރިއުޅޭ ދިވެހިންގެ ރަށަކަށް ވިޔަސް މިއަދުމިވަނީ އިންޑިއާގެ ބާރުގެދަށުގައެވެ. މަލިކު ގެއްލިގެންދިޔައީވެސް މިފަދަ ޙީލަތްތެރި ރޭވުމެއްގެ ތެރެއިން މިހާރު އެނގެއެވެ. މަލިކުމީހުންނަށް ވެސް ވޭތުވެދިޔަ ދިގުޒަމާނުގައި އިންޑިއާގެ ފަރާތުން ހިތްހަމަޖެހޭ ދިރިއުޅުމެއް ނުލިބުނެވެ. ރަށުގެ ތަރައްޤީއަށް އިންޑިއާގެ ސަރުކާރުން އެއްވެސް ސަމާލުކަމެއް ނުދެއެވެ. އަޅުވެތިކޮށްފާ ބޭތިއްބުން ނޫން ކަމެއްނުކުރިއެވެ. އެހެންކަމުން މިއަދުވެސް މަލިކުގެ ރައްޔިތުން އެގެންދަނީ އިންޑިއާ އާދެކޮޅު ޙަރަކާތް ކެނޑިނޭޅި ހިންގަމުންނެވެ. މޯދީގެ ސަރުކާރުގެ ޚުދުމުޚުރާތު ޑިކްރީތަކުން މަލިކުގެ ރައްޔަތުންނަށް އެމީހުންގެ ޙައްގުތަށް ގެންދަނީ ލޫޓުވަމުންނެވެ. މިއަދުވެސް އިންޑިއާގައި ފަނަރަ މިސްކިތެއް ރޯކޮށް މުސްލިމުން ނިކަމެތިކޮށްފިކަން މީޑިއާތަކުން އެނގެއެވެ. މޯދީ ސަރުކާރުން ގަބޫލުކުރަނީ 30% އަށްވުރެ ގިނައިން މުސްލިމުން އުޅޭގައުމެއް އެއީ ހައްދުފަހަނާ އަޅާފައިވާ ބައެއްގެގޮތުގައެވެ. އަދި އެ % ބަދުކުރަން ޖެހޭކަމަށް ގަބޫލުކުރެއެވެ. މިއީކީ އަހަރެމެން ހަދަހަދައިގެން ދައްކާވާކައެއް ނޫނެވެ. މީޑިއާ އަޑުއަހާ ކޮންމެ މީހަކަމް އެފަދަ އިންޓަވިއުތަށް އެހުރީ ފެނި އަޑު އިވޭށެވެ.

އިންގިލާބީ ޙަރަކާތުގެބާނީން އަޑުފުލަން ތައްޔާރުވަނީ

މިއަދު މިފެންނަނީ ހިތްވަރާއި ކެރުމާއި ޤައުމިއްޔަތުގެ ދިފާޢުގައި ހިތާއި މޭ އަށްޑަަނައަކަށް ހަދައިގެން އިންޑިއާ އަދި ދިވެހި ސަރުކާރުގެ ފިއްތުމާއި ހުރަސްތައް ފޫދުއްވާލައި ކެރިގެން ނުކުންނަވާ ތިއްބެވި އިންޤިލާބީ ކޮމެޓީގެ ހިތްވަރުގަދަ ލީޑަރުންކަމަށްވާ އެންމެން ދަންނަ މީމު ސައްޕޭ އަދި ފުރަހަނި ޝުޢައިބު ”އަލަޑަބިޔާ“ ހިފައިގެން މަގުތަކަށް ނުކުންނަވާ އިންޑިއާގެ މިލްޓަރީން ރާއްޖޭގެ އެކި ސަރަހައްދުގައި ތިބުމާއި ދެކޮޅަށް ރައްޔިތުން ހޭލެއްތެރި ކުރަމުން މަސައްކަތް ފައްޓަވައިފައެވެ. އާދެ! އަހަރެމެނާއި މާދަމާގެ ދިވެހި ދަރިން ދަރިންގެ ޙައްޤުގައެވެ.

ރައްޔިތުން ހޭލާ ތިއްބަވާ! ދިވެހިންނަކީ އަބަދުވެސް ކެރުމާއި ހިތްވަރާއި ފަންވަރު ދައްކުވައިދޭ ކާބައިން ދިރިއުޅުއްވި ފަޚުރުވެރި ފަސްގަޑެއްގެ ދިރިހުރި މިސާލުތަކެކެވެ. އޭގެ ހެއްކަކީ އެންމެފަހުން މިނިވަންކަން ގެއްލިގެން ދިޔަ ވަގުތު ނައިބުތުއްތު ދެއްކެވި މިސާލެވެ. ނައިބުތުއްތު އެދުވަހު ރަދުންނަށް އިލްތިމާސްކޮށް ދަންނަވަމުން ގެންދެވީ އިނގިރޭސީންގެ ހިމާޔަތުގެ އެއްބަސްވުމުގައި ސޮއި ނުކުރެއްވުމަށެވެ. މިނިވަންކަން ވިއްކާ ނުލެއްވުމަށެވެ. އެދުވަހުވެސް ނަތީޖާއެކަށް ވީ އޭގެބަދަލުގައި އެދުވަހު ނައިބުތުއްތު މުއްދަތެއްނެތި ބ. ފެހެންދުއަށް އަރުވާލުމެއެވެ.

ނަމަވެސް މިއަދުވެސް އެ ހިތްވަރުގަދަ ޤައުމީ ބަތޮލުންގެ ޒިކުރާ އެދަނީ އާކުރެވެމުން ޤައުމަށްޓަކައި ވެލެއްވި ޤުރުބާނީ ރަންއަކުރުން ލިޔެވެމުންނެވެ. ދިވެހި ގައުމު މިނިވަންކަމުގައި އަބަދަށް. އާމީން

މިއަދުވެސް އިންޑިއާގެ މިލްޓަރީން ދިވެހި ފަސްގަޑަށް އަތްގަދަކުރަމުން ދާއިރު ވިސްނުންތެރި ކަމާއެކު ހުރިހާ ދިވެހިން އަތުގުޅާ ދިވެހި ޤައުމުގެ މިނިވަކަން ހިމާޔަތް ކުރަށްވަން ނުކުންނަވާ އިންޑިއާގެ މިލްޓަރީން ބޭރުކުރައްވާ! ކޮންމެބޭފުޅަކީ ނައިބުތުއްތުގެ އަސަރުގަދަ ބަސްތަކާާއި ހިތްވަރާއި ކެރުމުން ހިތްވަރުލިބި ޤައުމުގެ ދިފާޢުގައި އިންޑިއާގެ މިލްޓަރީން ބޭރުކުރުމަށް އަޑުއުފުއްލަވާ ނައިބުތުއްތުއަކަށް ވެލައްވާ! ދިވެހި ޚާއިނުންގެ ކިބައިން މި ލޮބުވެތި ފަސްގަޑު މިނިވަންކުރައްވަން ޖިހާދަށް ނުކުންނަވާ! ޤާނޫތައް ބުނަނީ ދިވެހިރާއްޖޭގައި ބޭރުގެ އެއްވެސް މިލްޓަރީ ބާރެއް ތިބެންވާނީ ރައްޔިތުންގެ މަޖިލީހުން ކުރިން ހުއްދަދީ ރައީސް ތަސްދީޤު ކުރައްވައިގެން ކަމުގައެވެ.

ނަމަވެސް ޤާނޫނާ ޙިލާފަށް މިއަދު ޚާއިނުންގެ ބައެއްގެ ރުހުމާއެކު ދިވެހިންގެ މިނިވަންކަން ވިއްކާލި ދިވެހި ޚާއިނުންނަށް ދިވެހިން ދުވަހަކުވެސް މާފެއް ނުކުރާނެއެވެ. އުއްމީދަކީ މިފަދަ ޚާއިނުންނަށް ރައްޔިތުންގެ ހިތްފުރޭވަރުގެ ޙުކުމެއް ކަޑައެޅި ތަންފީޒު ވުމެވެ. ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ދެކެ ލޯތްބެއްނެތް ބަޔަކަށް މަޢާފުކުރާނެ ރައްޔިތަކު ދިވެހިރާއްޖޭގައި ދިރިއެއް ނޫޅޭނެއެވެ. ދިވެހިންނަކީ އަބަދުވެސް މިނިވަންކަން ދަމަހައްޓަން ލެއިން ޤުރުބާންވީ ބަޔެކެވެ. ރައްޔިތުންނޭ! އިންޑިއާގެ މިލްޓަރީން ދިވެހި ފަސްގަޑުގައި ތިބުމާ ދެކޮޅަށް ކެރޭޭ ހީވާގި ޤައުމަށް އިޚުލާސްތެރި ބަޔަކު އިންޤިލާބީ ޙަރަކާތެއް ފަށްޓައިފިއެވެ.

ހުރިހާ ރައްޔިތުން މި ޙަރަކާތާއި ބައިވެރިވެ ދިވެހި ފަސްގަޑު އަޅުވެތިކަމުން ސަލާމަތްކުރަން ނުކުންނަވާ! ވަގުތު ފާއިތުވުމުން ލިބޭ ހިތާއާއި ކެކުޅުން ތަހައްމަލު ކުރަން ތިބޭނީ ކާފަދަރިން! އެދުވަހު އެ ކާބައިން ނަށް ކާފަދަރިން މާފެއް ނުކުރާނެއެވެ. ބުނަމުންނެވެ. ތިމަންނަމެން މި އަނދިރި ނިކަމެތި މިނިވަންކަމެއް ނެތް ޤައުމަށް ދޫކޮށްލީ ތިމަމެންގެ މައިން ބަފައިންނެވެ. ދިވެހި ޤައުމަށްޓަކައި އަހަރެމެންގެ ހިތްވަރުގަދަ އަބުތޯލުން ދެއްކެވި މިސާލުން ހިތްވަރު ލިބިގެންނެވެ. ޔާ ﷲ އަޅަމެންގެ ދިވެހިންގެ ފަސްގަޑު މިނިވަކަންމަތީ އަބަދުގެ އަބަދަށް ލަހައްޓަވާ ދިވެހިންނަކީ މިނިވަންކަމަށް އެންމެ ފަހު ލޭތިކިވެސް ޤުރުބާން ކުރާ ބަޔެއް ކަމުގައި ލައްވާށި!

 

Loading

4 Responses

  1. ބޯކިބާ އޅަނީ ގޭގަހުރެގެން ރަސްގެފާނު އިނގިރޭސީންގެ ހިމާޔަތުގެ ދަށަށްދާ އެގްރީމެންޓުގައި ސޮއިކުރާ ތަނުގަނުހުންނަންވެގެން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް