އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ ކާކުކަން އަންގައިދޭ ލިޔުންތައް ބޭނުން ކުރެވޭނެ ގޮތް ހަދައިފިއެވެ.
ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުންދާ އޭވިއޭޝަން ސެކިއުރިޓީން ބުނީ މުއްދަތު ހަމަވެފައިވާ ކާކުކަން އަންގައިދޭ ލިޔުންތައް ބޭނުންކުރެވޭގޮތް ހެދީ ކޮވިޑްގެ ހާލަތާއި ގުޅިގެން އެފަދަ ލލިޔެކިޔުން ހޯދުމުގައި އާންމުންނަށް ދަތިތަކެއް މެދުވެރިވާތީ ކަމަށެވެ.
އެތެރޭގެ އުދުހުންތަކުގައި މުއްދަތުހަމަވެފައިވާ ކާކުކަން އަންގައިދޭ ލިޔުންތަކުގެ ގޮތުގައި ބޭނުންކުރެވޭނެ ލިޔުންތައް:
- ޕާސްޕޯޓް
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް
- ވާކް ވިސާ ކާޑް
- ލައިސަންސް ކާޑް
- އެއާޕޯޓް ސެކިއުރިޓީ ފާސް
- ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑް ނަންބަރުޖެހި ރަސްމީ ލިއުމެއް
މި ލިޔެކިޔުންތަކުގައި މުއްދަތު ހަމަވެފައިވީ ނަމަވެސް މި ލިޔުންތައް ގަބޫލުކުރަނީ އޭގައި ހިމެނޭ މައުލޫމާތު ސާފުކޮށް އެނގެން ހުންނަ ނަމައެވެ.
އެފަދަ ލިޔުންތައް އެތެރޭގެ ވައިގެ ދަތުރު ކުރުމުގައި ޓިކެޓް ގަތުމަށާއި އެއާލައިނަށް ޗެކް-އިން ކުރުމާއި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން ކާކުކަން ދެނެގަތުމަށް ބޭނުން ކުރެވޭނެ އެވެ.