އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތާއީދުކުރެއްވި ކެންޑިޑޭޓުންނަށް ވި ބޮޑު ނާކާމީޔާއެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކޮންޓްރޯލް އެ މަނިކުފާނަށް ގެއްލިއްޖެއެވެ.
އެމްޑީޕީގެ އެތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދާ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި އިންތިހާބުގައި ފާޅުގައި ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން އެބޭފުޅަކު ތާއިދު ކުރައްވާނެ ކެންޑިޑޭޓުން ހާމަކޮށްގެން ކުރިއަށްގެންދިޔަ އިންތިހާބުގައި ބޮޑޫތަފާތަކުން ރައީސް ސާލިހް ސަޕޯޓްކުރެއްވި ކެންޑިޑޭޓުންވަނީ އިންތިހާބު ކާމިޔާބުކުރައްވާފައެވެ.
އިންތިހާބާއެކު ކުރިއަށް އޮތް ގައުމީ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތުވެސް ރައީސް ސޯލިހަށް ލިބިގެން ދިޔައީއެވެ. ތަފާތު ބޮޑޫކޮށް ގޮޑިތަށް ކާމިޔާބުކުރައްވައިގެންނެވެ.
އެމްޑީޕީގެ އޮފިޝަލަކު ޔަގީންކުރައްވައި ހާކަކުރެއްވިގޮތުގައި އެޕާޓީގެ ގައުމީ މަޖިލީހުގެ 139 ގޮޑީގެ ތެރެއިން 120 ގޮނޑި ކާމިޔާބު ކުރެއްވީ ރައީސް ސޯލިހްގެ މެންބަރުންނެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުން އެންމެ ބޮޑަށް އެގިގެންދިޔައީ ރައީސް ނަޝީދު ގެންގުޅުއްވާ ސިޔާސަތާމެދު އެޕާޓީގެ އާންމުން ތާއީދު ނުކުރައްވާކަމެވެވެ.
މި އިންތިހާބުގައި މި އިންތިހާބުގައި އެކި ދާއިރާތަކަށް ވާދަކުރެއްވި، ރައީސް ސާލިހުގެ އަރިސް ބޭފުޅުންވަނީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ. އޭގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ފަދަ ބޭފުޅުން ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.
އަދި މީގެ އިތުރުން އެސްޓީއޯގެ އެމްޑީ ހުސައިން އަމްރާއި ފެނަކައިގެ އެމްޑީ އަހުމަދު ސައީދު އަދި އާރުޑީސީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) ގެ ވެސް ވަނީ ރައީސްގެ ފަޅިން ގޮޑިތައް ކާމިޔާބު ކުރެއްވި ބޭފުޅުންގެ ތެރޭގައެވެ.
One Response
ހިޔަޅަށް އުޅެނީ މޭބިސް ކަދުރު ހިތި ވެގެންނޯ….ބަރުލަމާނީ މީހުންނޯ ހޮވުނީ..އެއީ ތިމަންނާގެ މީހުންނޯ…..އިބޫ މަހަށް ދާށޯ.