ވެކްސިން ނުޖަހާ މީހުންނަށް ޓެކްސީތަކުން ދަތުރުނުކުރެވޭނެ

Loading

Facebook
Twitter
WhatsApp

 

ކޮވިޑްން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ޓެކްސީތަކުން ދަތުރު ނުކުރެވޭނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.

ޓްރާންޕޯޓްން ބުނީ ކޮވިޑްން ދިފާއުވުމަށް ޖަހަންޖެހޭ ވެކްސިންގެ ޑޯޒް ނުޖަހާ ފަރާތްތަކަށް އަންނަ ބުދަ ދުވަހުން ފެށިގެން ޓެކްސީ ދަތުރުތައް ނުކުރެވޭނެކަމަށެވެ.

ޓްރާންސްޕޯޓްން ވަނީ އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރާ ގުޅޭ އާންމު ހިދުމަތްދޭ ފަރާތްތަކުން، ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ޑޯޒްތައް ފުރިހަމަ ނުކުރާ ފަރާތްތަކަށް ހިދުމަތްދިނުމާ ގުޅޭ އުސޫލެއް އެކުލަވާލާފައެވެ.

މި އުސޫލުގައި ބުނެފައިވަނީ ވެކްސިން ޖެހުމަށް ޝަރުތުހަމަވެ، ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކާމެދު، ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންގާފައެވެ.

އެގޮތުން ޓެކްސީގެ ހިދުމަތްތައް ދޭފަރާތްތަކުންވެސް ހިދުމަތް ދޭންވާނީ ކަސްޓަމަރަކީ ވެކްސިން ޖަހާފައިވާ މީހެއްކަން ކަށަވަރު ކުރުމަށްފަހުގައިކަމަށް މި އުސޫލުގައި ބުނެފައި ވެއެވެ.

އަދި އެއްގަމާއި ކަނޑުދަތުރު ކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންނާއި އަދި އެތެރޭގެ  ވައިގެދަތުރު ކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންވެސް އެޗްޕީއޭގެ ގައިޑްލައިންގައި ޝަރުތު ކޮށްފައިވާ ކަންކަން ކަށަވަރު ކުރުމަށްފަހު މެނުވީ ހިދުމަތް ނުދިނުމަށް ވެސް  މިނިސްޓްރީން ވަނީ އަންގާފައެވެ.

މިނިސްޓްރީން ބުނީ މިގޮތައް އަމަލުކުރަން ނިންމީ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް ބާރު އެޅުމުގެ ގޮތުންކަމަށެވެ.

ވެކްސިން ނުޖަހާ އާންމުންނާމެދު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ޓްރާސްޕޯޓްން ނިންމާފައި މިވަނީ ވެކްސިން ނުޖަހާ ފަރާތްތަކަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރާނެކަމަށް ސަރުކާރުން ބުނެފައި ވަނިކޮށެވެ. އެހެންކަމުން ވެކްސިން ނުޖަހާ ފަރާތްތަކާމެދު އަޅާފިޔަވަޅުތައް އަދި އިތުރުވާނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގައި މިހާތަނަށް 301،189 މީހުން ވަނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާއިރު  381،902 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް