ކައުންސިލްތަކަށް ބިންތަކުގެ ބާރު ދީފިނަމަ އަޅުގަނޑުމެންނަށް އޮތް ބޮޑު ރިސްކަކަށް ވެދާނެ" ގާސިމް

Loading

Facebook
Twitter
WhatsApp

 

ރާއްޖޭގެ އެކިސަރަހައްދުތަކުގައި ހުރި ފަޅުރަށްތަކާއި ބިންތަކުގެ ބާރު އެސަރަހައްދެއްގެ ކައުންސިލްތަކަށް ދީފިކަމުގައިވާނަމަ ބޮޑު ރިސްކަކަށް ވެދާނެކަމަށް  މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވިދާޅުވެއްޖެއެވެ.

ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ހުށަހެޅުއްވި ބިލަށް މަޖިލީހުގައި މިއަދު ކުރި ބަހުސްގައި ގާސިމް ވިދާޅުވީ ކައުންސިލްތަކުގެ ތިބި ބޭފުޅުންގެ ކެޕޭސިޓީ ބަލާއިރު އެގޮތަށް އެކަން ކޮށްފިނަމަ ރިސްކަކަށް ވެދާނެކަމަށެވެ.

“ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ހުރިހާ ކައުންސިލް ތަކުގައި ތިއްބެވި ބޭފުޅުންގެ ކެޕޭސިޓީއަށް ބަލާއިރު ދިގު މުއްދަތަށް 99 އަހަރަށް ނުވަތަ އެއަށްވުރެ ވެސް ދިގު މުއްދަތަށް ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީއެއް ނުވަތަ ހުއްދައެއް ނުލިބި އެކަން ކުރެވޭ ގޮތަށް އޮތުމަކީ އަޅުގަނޑުމެންނަށް އޮތް ރިސްކަކަށް ވެދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން“ ގާސިމް ވިދާޅުވިއެވެ.

ނަމަވެވެސް އެބޭފުޅާ “ އަޅުގަނޑުމެން“ މާނަ ކުރެއްވީ ކޮން ބަޔަކަށް ކަމެއް ވިދާޅެއްނުވެއެވެ. ގާސިމް އިބްރާހިމް އަކީ ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުން ބިމާއި ފަޅުރަށްތަށް ދިގުމުއްދަތަށް ނަންގަވައިގެން އުޅުއްވާ އަދި ރާއްޖޭގައި ރިސޯޓް ވިޔަފާރިވެސް ކުރައްވަމުން ގެންދަވާ މަހުޖަނެކެވެ.

ގާސިމް ވިދާޅުވީ ކައުންސިލްތަކާއި ވަކި ސަރަހައްދު ތަކުގައި އޮންނަ ބިންތައް އެ ސަރަހައްދުގެ އިދާރާތަކުން ބޭނުންވާ ގޮތަކަށް ދޫކުކުރުމަކީ ފެޑަރަލް ސިސްޓަމްގައި އޮންނަ ސިފަތަކެއް ކަމަށެވެ.

އަދި އެއީ  ޔުލިޓަރީ ދައުލަތެއްގައި އޮންނަ ސިފައެއް ނޫން ކަމަށާ ޔުނިޓަރީ ދައުލަތުގެ އަސާސްތަކާ އެއްގޮތަށް މައި ސަރުކާރުގެ ދަށުގައި ބާރުތައް ހުންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

”އަޅުގަނޑަށް މިދެއްކެނީ މި ބިލުގައި އޮތްގޮތާ ހިލާފަށް ނޫންނަމަ ލާމަރުކަޒީ އުސޫލުގެ ގާނޫނާ ހިލާފަށް ނޫންކަމެއްވެސް ނޭގެ. ވެދާނެ އެހެންކަމަށްވެސް، އެހެން ނަމަވެސް އަޅުގަނޑު ގަބޫލުކުރާ ހިތްވާގޮތުގައި މި ދެންނެވިހެން ސެންޓްރަލް ގަވަމެންޓްގަ މިނިސްޓްރީ ތަކުގަ ރައީސުލް ޖުމުހޫރިއްޔާ އެކުލަވާލައްވާފައި އޮންނަ އުސޫލުތަކުގެ ތެރެއިން ޔުނިޓަރީ ދައުލަތެއްގައި އޮންނަ އުސޫލުން އޮންނަން ޖެހޭނީ“ ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގައި އޮންނަނީ ޔުނިޓަރީ ދައުލަތެއް ކަމަށް ގާނޫނު އަސާސީގައި ސަރީހަކޮށް އެބައޮތް ކަމަށެވެ.

”އެހެންވެ ފެޑަރަލް ސިސްޓަމްގައި އޮންނަ އުސޫލަށް ކަންތައްތައް ރާވައިފިއްޔާ އަޅުގަނޑުމެންގެ އަތުން ކަންތައްތައް ބޮއްސުންލައި ހިނގާދާނެ“ ގާސިމް ވިދާޅުވި އެވެ.

އަދި  ކޮމިޓީ މަރުހަލާގައި ބިލު އިތުރަށް ދިރާސާ ކުރާއިރު އެކަންކަމަށް ރިއާޔަތް ކުރުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ވަރަށް މުހިންމުކަމެއް ކަމަށް ވެސް ގާސިމް އިބްރާހިމް މިއަދު ވިދާޅުވި އެވެ.

Loading

One Response

  1. ރަނގަޅުވާހަކައެކެވެ. ގައުމުގެ ބިންބިމާ ނުއުފުލޭ މިލްކިއްޔާތާ ބެހޭ ކަންތައްތައް ތަސައްރުފް ކުރުމުގެ އިޚްތިޔާރު އޮންނަންވާނީ ހަމައެކަނި މަރުކަޒީ ދައުލަތުގެ ބާރުގެ ދަށުގައެވެ. ކޮންމެ ކޮންމެ މީހަކަށް އެބާރުތައް ދެވިފާއޮވެގެން ނުވާނެއެވެ. އެފަދަ މިލްކިއްޔާތުތަކާގުޅިގެން މައި ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކާއި ހައްދަވާ އެއްބަސްވުންތައް ބަރާބަރަށް ހިނގާތޯ ބެލުން ކައުންސިލަށް ވިޔަސް ރަށުއޮފީހަށް ވިޔަސް ހަވާލުކުރެވިދާނެއެވެ.

Leave a Reply to ޢަލީ އަޙްމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް