ސްކޫލުކުދިންނަށް ވެކްސިންދޭން މިއަދު ފަށާފައިވާއިރު ވެކްސިން އެންމެ ފުރަތަމަ ފުރަތަމަ ޖަހަންފަށައިފައިވ ވަނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލު ދަރިވަރުންނަށެވެ.
ހުރަވީ ސްކޫލު ދަރިވަރުންނަށް މިއަދު ވެކްސިން ޖެހުމުގެ ޕްރްގްރާމް ކުރިއަށް ގެންދަނީ ހުޅުމާލޭގެ ރެހެންދި ސްކޫލުގައި ގާއިމް ކޮށްފައިވާ ވެކްސިން ސންޓަރުގަ އެވެ. އަދި މީގެ އިތުރުން ސްކޫލު ކުދިންނަށް ވެކްސިން ޖެހުން އިސްލާމީ މަރުކަޒުގައި ވެސް މިއަދު ކުރިއަށް ގެންދާނެއެވެ.
ސްކޫލުން ވެކްސިން ޖަހަމުންދާއިރު ވެކްސިން ޖަހަން ދާންޖެހޭ މަރުކަޒުތަކާއި ގަޑިތައް ސްކޫލުތަކުން ބެލެނިވެރިންނާއި ދަރިވަރުންނަށް ދަނީ އަންގަމުންނެވެ.
އެޗްޕީއޭ އިން ބުނީ ސްކޫލް ކުދިންނަށް ޖަހަނީ އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ފައިޒާ ވެކްސިންކަމަށެވެ.
ސްކޫލު ކުދިންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން އުމުރުން 12 އަހަރުންގެ މަތީގެ ދަރިވަރުންނަށް ވެކްސިން ޖެހުމަށް ވަނީ ނިންމާފައެވެ.
މި ޕްރޮގްރާމްގެ ދަށުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ސްކޫލެއްގެ ހުރިހާ ދަރިވަރުންނަށް ވެކްސިން ޖެހުން ކުރިއަށްދާނެކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
އެޑިއުކޭޝަނުން ބުނީ ދަރިވަރުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް އިންތިޒާމް ކޮށްފައިވާނީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވީހާވެސް ފަސޭހަ ކަމާއެކު ވެކްސިން ޖެހޭނެ އިންތިޒާމްތަކެއްގެ ތެރެއިން ކަމަށެވެ. އެގޮތުން ގިނައިރު ކިއުގައި ބޭއްތިއްބުމުގެ ބަދަލުގައި ކޮންމެ ދަރިވަރަކަށްވެސް ވަކިވަގުތެއް ކަޑައަޅާފައިވާނެކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދަނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރކަމަށް ވަރަށް ބޮޑަށް އިސްކަންދީގެން ކަމަށެވެ. އެގޮތުން މާލެއާއި އަތޮޅުތަކުގައިވެސް ވެކްސިން ސެންޓަރުތަކުގައި ޑޮކްޓަރުން ތިބޭނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
އުމުރުން 12 އަހަރުންމަތީގެ ސްކޫލުތަކުގައި އުޅޭ ދަރިވަރުންގެ އިތުރުން މިދިޔަ ދިރާސީ އަހަރު 10 ނިންމި ކުދިންނަށް ފައިޒަރ ވެކްސިން ދިނުމަށް ހަމަޖައްސާފައި ވަނީ ވެސް ސްކޫލްތައް މެދުވެރިކޮށެވެ.
ސްކޫލު ދަރިވަރުންގެ އިތުރުން ފައިޒާ ވެކްސިން ދެނީ ވަކި ޝަރުތުތަކެއް ހަމަވާ މީހުންނަށެވެ. ޝަރުތު ހަމަވާ މީހުންނަށް ވެކްސިން ޖަހަން ހަމަޖައްސާފައިވަނީ ކުރިއެކޭވެސް އެއްގޮތަށް ވެކްސިން ފެސިލިޓީތަކުގައެވެ.
މާލެއާއި އަތޮޅުތަކުގައިވެސް މި ވެކްސިން ޖަހަން ފެށުމަށް ނިންމާފައިވާއިރު، ސްކޫލް ކުދިން ފިޔަވާ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އެހެން ފަރާތްތަކުން ވެކްސިން ޖަހަން ޖެހެނީ އޮންލައިންކޮށް އެޕޮއިންޓްމަންޓް ހަދައިގެންގެންނެވެ. މި ވެކްސިން ޖެހުމަށް ޝަރުތުހަމަވާ ފަރާތްތަކުން book.hpa.gov.mv މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދޭނެކަމަށް އެޗްޕީއޭން ބުނެއެވެ.
ފައިޒާ ވެކްސިން ޖުހުމަށް ޝަރުތުތައް ހަމަވާ ފަރާތްތަކީ
- 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން
- ދިފާޢީ ނިޒާމު ބަލިކަށި މީހުން
- މާބަނޑު މީހުން
- ކޮވިޝީލްޑް ނުވަތަ ސައިނޯފާރމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެން ބޮޑު ސައިޑްއިފެކްޓެއް ކުރިމަތިވެފައިވާ ފަރާތްތައް
- ހަމައެކަނި ފައިޒަރ ވެކްސިން ޤަބޫލުކުރާ ޤައުމުތަކަށް ކިޔަވަންދާ ފަރާތްތައް